އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ވާދަކުރި ޓެނިހުގެ ޓީމް އިވެންޓުން ރާއްޖޭގެ ޓެނިސް ޓީމަށް މެޑެއްޔެއް ނުލިބި ނިންމާލަން ޖެހިއްޖެއެވެ.

މި މަހުގެ 25 އިން އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް މަޑަގަސްކަރައިގައި ކުރިއަށްދާ އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމުތައް ބައިވެރިވާ މި ގޭމްސްގައި މިކްސް ޓީމް އިވެންޓް ބައިގައި ރާއްޖޭގެ ޓެނިސް ޓީމަށް މެޑެއްޔެއް ނުލިބި ނިންމާލަން ޖެހުނީ ތިންވަނަ ހޮވާ މެޗުން މޮރީޝަސް އަތުން ބަލިވުމުންނެވެ.

ޓެނިހުގެ މިކްސް ޓީމް އިވެންޓްގައި މިއަދު ކުޅުނު ތިންވަނަ ހޮވާ މެޗުގައި ރާއްޖޭގެ ޓީމު އަތުން މޮރީޝަސް މޮޅުވީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ސިންގަލްސްގައި ރާއްޖޭގެ އަބްދުﷲ ފާއިހް ފަޒީލް އަތުން މޮރީޝަސްގެ ކްރިސްޓޮފާ ފޮކްކޯ މޮޅުވީ 0-6، 6-2 އިންނެވެ.

ފައިނަލް މެޗުގައި ކުޅެވުނު ދެވަނަ ސިންގަލްސްގައި އާރާ އާޒަލް އަތުން މޮރީޝަސްގެ ލެނޯ ޒަރާ 1-6، 2-6 އިން މޮޅުވިއިރު، ޑަބަލްސް މެޗުން ރާއްޖޭގެ ނޫހް ނާޒިހް އާއި ނަބާ ނިޝާންގެ މައްޗަށް މޮރީޝަސްގެ ސާޝާ ލެފެބުރޭ އާއި ސޮލީން ލެފެބުރޭގެ ޕެއާ ވަނީ 1-6، 2-6 އިން ވަނީ ކުރިހޯދާފައެވެ.

މި ގޭމްސްގެ މިކްސް ޓީމް ބައިގައި އިއްޔެ ކުޅުނު ސެމީގައި މަޑަގަސްކަރަ އަތުން ރާއްޖެ ބަލިވީ 2-0 އިންނެވެ.

މި ފަހަރުގެ އައިއޯއައިޖީގައި ރާއްޖޭގެ ޓެނިސް ކުޅުންތެރިންގެ އިންޑިވިޖުއަލް އަދި ޑަބަލްސް ނަތީޖާތަކަށް ބަލާއިރު، ކުއާޓާ ފައިނަލަށް ވުރެ ދުރަށް ދެވިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސުކުން

    ތިހެންނުން ވާނީ އެސޯސިއޭޝަންގެ ވެރިންގ ގުޅުން އޮންނަ ފެންވަރެއް ނެތް ދޮންމީހެކޭ ކިޔާއފައި ލައްކައެއްހާ ރުފިޔާ ހަރަދުކޮފައި ބަހައަޓާފައި ހުންނަނީ.

  2. ސައްކެޔޮ

    ފެންވަރެއް ނެތް ދޮން ކޯޗެއް 2 އަހަރު ވަންދެން މަހެއްގެ މައްޗައް ލައްކަހެއްހާ ރެފިޔާ ނަގައިގެން ތި ނެރުނު ނަތީޖާ މެދު ހައިރާނެއްނުވާ