މެންޗެސްޓާ ޔުނައިޓެޑާއި ޕޯޗްގަލްގެ މަޝްހޫރު ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް އަލަށް ލިބުނު ދަރިފުޅާއެކު ނެގި ފޮޓޯ އަށް އާންމުންގެ ބޮޑު ސަމާލު ކަމެއް ލިބިއްޖެއެވެ.

ރޮނާލްޑޯގެ 431 މިލިއަން މީހުން ފްލޯ ކުރާ އިންސްޓަގްރާމް އެކައުންޓުގައި އާންމު ކުރި ފޮޓޯގައި ފެންނަނީ މިދިޔަ ހަފުތާގައި ލިބުނު އަންހެން ދަރިފުޅާއި ލޯބިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒް އާއި ހަތަރު ކުދިން އިށީނދެ ތިބެ ނަގާފައިވާ ފޮޓޯއެކެވެ. އެ ފޮޓޯގައި އެންމެންގެ މޫނު މަތިން ވެސް ހިނިތުން ވުން ފެނިގެން ގޮސްފައިވެއެވެ.

ރޮނާލްޑޯ ފޮޓޯ ކެޕްޝަންގައި ބުނެފައި ވަނީ އަންހެން ދަރިފުޅު މިހާރު ހުރީ އާއިލާއާ އެކުގައި ކަމަށެވެ. އަދި މި ދަތި އުނދަގޫ ވަގުތު އެންމެންގެ ފަރާތުން ލިބުނު ހިތްވަރާއި ލޯތްބަށް ޝުކުރު އަދާކުރިއެވެ.

"ތި އެންމެންގެ ސަޕޯޓު ވަރަށް މުހިންމު. އަހަރުމެންނަށް އިހްސާސް ކުރެވުނު ތި އެންމެން ވެސް އެމީހެއްގެ އާއިލާ އަށް ކުރާ އިހްތިރާމް. ދުނިޔެއަށް އާދެވުމުުން ވަރަށް ބޮޑު އުފަލެއް ލިބިގަންނަން ޖެހޭ،" ރޮނާލްޑޯ އެންމެ ފަހުން އިންސްޓަގްރާމްގައި އާންމުކުރި ފޮޓޯއާއެކު ކެޕްޝަންގައި ލިޔެފައިވެއެވެ.

މި ފޮޓޯއަށް މިހާތަނަށް އައި އިރު، 15 މިލިއަނަށް ވުރެ ގިނަ ލައިކްސް ލިބިފައިވެއެވެ.

ރޮނާލްޑޯ އަށް އެންމެ ފަހުން ލިބުނު ކުއްޖާގެ ނަމެއް އަދި ހާމައެއް ނުކުރެއެވެ. އޭނާގެ އެހެން ދަރިންނަކީ ކްރިސްޓިއާނޯ ރޮނާލްޑޯ ޖޫނިއާ، 11، މެޓިއޯ ރޮނާލްޑޯ، 4، އަލާނާ މާޓިނާ ޑޯސް ސަންޓޯސް އަލްވެރޯ، 4، އަދު އީވާ މާރިއާ ޑޯސް ސަންޓޯސް، 4 އެވެ.

ރޮނާލްޑޯއަށް ލިބުނު އެއްމާބަނޑު ދެކުދިންގެ ތެރެއިން އެއް ކުއްޖަކު މަރުވީ މިދިޔަ ހޯމަ ދުވަހުގެ ރެއެވެ. އެ ދެމީހުންނަށް ލިބުނު އެއްމާބަނޑު ދެ ކުދިންގެ ތެރެއިން ފިރިހެން ކުއްޖާ މަރުވީ ވިހެއުމުގެ ތެރޭގައެވެ.

އެހެންވެ، ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން އެންމެ ފަހުން ލިވަޕޫލްއާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯ ނުކުޅެއެވެ. އެކަމަކު، އެ މެޗަށް ފަހު ބޭއްވި ފަރިތަކުރުންތަކުގައި ރޮނާލްޑޯ ބައިވެރިވެފައިވެއެވެ.

އެހެންވެ، މެންޗެސްޓާ ޔުނައިޓެޑުން މިއަދު އާސެނަލްއާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާ ފެނުމުގެ ފުރުސަތު ބޮޑެވެ. މި މެޗު ފަށާނީ ރާއްޖެ ގަޑިން މިއަދު ހަވީރު 16:30 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޢައްބާސް

    ކަލޯ މީ ހުސް ވަގުދަރިންދޯ! އެ ބުނީތާ އަދިވެސް މީހަކާ ނީނދޭ، އޭނާގެ ލޯބި ބެރިޔާއޭ! އެކަހަލަ ކުދިންނަށް ދިވެހި ބަހުގެ ރަދީފުގައި ކިޔަނީ ވަގުދަރި.

    10
    3
    • Anonymous

      އަޑު އަހަނީ ރަށްމެދު

  2. ޕޮގުބާ

    އެމީހުންގެ ދީނޭ ކިޔައިގެން އުޅޭ ދީނުގަ ކައިވެނިކުރުން ހުއްދައެއްނޫން އެއީ ހަރާމްކަމެއް އެމީންވެސް ހަރާމްކަމެއް ނުކުރާނެތާ

    7
    2
  3. އިބްރޭ

    އަހަންނައް ހީވަނީ އެޓެންސަން ހޯދަން ޓްވިންސް އެކޭކީވެސް، ފޭކް ސޯނޯގްރާމް އެއް ދައްކައިގެން، ދެން ހަމަ ވިހާ ދުވަހައް އެއްކުއްޖެއް މަރުވީއޭ ބުނަން ވެގެން، މީހުންގެ ސިންޕަތީ އާ އެޓެންސަން ހޯދަން، އެކަން އެނަ ކާމިޔާބް ކޮއްފި..

    7
    12
  4. 4އަނބިން ގޯސް

    ރޮނާލްޑޯގެ އަލަތު ކައިވެނީގެ ރަސްމިއްޔާތުގައި އަތްތިލަބަޑި ޖަހާނެ ކުދިންކޮޅެއް ހޯދައިފިއެއްނު...ހެހެހެ

  5. ހަސީ

    ހުސް ޒިނޭ ކޮއްގެން ހޯދި ދަރިން ދޯ!

    • ބުޅާ

      އަދި ކިރިޔާތަ ކަލެއަށް އެނގުނީ؟؟؟