ކެތޭ ޕެސިފިކްއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އިން ހޮންގކޮންގ އަށާއި، ޗައިނާއަށް ދަތުރުކޮށްލަން ބޭނުންވާ ފަރާތްތަކަށް ހާއްސަ އަގެއް ހަމަޖައްސައިފިއެވެ.

އިކޮނޮމިކް ކްލާހުގައި ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްެގެން ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި ހޮންގކޮންގއަށް 556 ޑޮލަރަށް ދެކޮޅު ޓިިކެޓް ލިބޭނެއެވެ. އަދި ޗައިނާގެ ބެއިޖިންގ، ޝަންހާއި އަދި ގުއަންގޒައުއަށް ދަތުރުކޮށްލަން ބޭނުންވާ ފަރާތްތަކަށް 784 ޑޮލަރަށް ދެކޮޅު ޓިކެޓް ލިބޭނެއެވެ.

ކެތޭ ޕެސިފިކް އިން ބުނީ، މި އަގުގައި ދެކޮޅު ޓިކެޓް ލިބޭނީ ސެޕްޓެމްބަރު 30 ގެ ކުރިން ޓިކެޓް ނަގާ ފަރާތްތަކަށް ކަމަށެވެ. އަދި މި އަަހަރުގެ ޑިސެމްބަރު މަހުގެ 31 ގެ ކުރިން އެ ދަތުރު ކުރަން ޖެހޭނެކަމަށްވެސް ކެތޭ ޕެސިފިކް އިން ބުނެއެވެ.

ކެތޭ ޕެސިފިކް އިން އޭޝިޔާ، އެމެރިކާ، ޔޫރަޕް، އަދި އެފްރިކާގެ 200 މަންޒިލަކަށް ދަތުރުކުރާއިރު، އެ އެއާލައިންއިން ރާއްޖެއަށް އޮޕަރޭޓް ކުރަމުން އަންނަތާ މިހާރު ފަސް އަހަރު ވެދާނެއެއެވެ.