ވެމްކޯ އިން ގެނައި ކޮޅުވެއްޓިތައް

ފުރަމާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފެދޭ ކުނި، ތިލަފުއްޓަށް ގެނައުމުގެ މަސައްކަތް ކުރުމަށް، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ފަސް ކޮޅުވެއްޓި (ލޭންޑިންގ ކްރާފްޓް) ގެނެސްފިއެވެ.

މި ފަސް ކޮޅުވެއްޓި ގެނެސް، އަންނަ އޭޕްރީލް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބޭނުންކުރުމަށްވަނީ ނިންމާފައެވެ.

ކުނި މެނޭޖްކުރުމަށް ވެމްކޯ އިން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ކުނި އުފުލުމަށް އެކުންފުނިން ގެނެސްފައިވަނީ 250 ޓަނުގެ ދެ ލޭންޑިންގ ކްރާފްޓް އާއި 400 ޓަނުގެ ތިން ލޭންޑިންގ ކްރާފްޓެވެ.

މިކަމާ ގުޅިގެން ވެމްކޯ އިން އިތުރަށް ބުނެފައިވަނީ މިކަމުގެ ސަބަބުން މަސައްކަތްތަކުގެ ބާރުމިން އެތައް ތަނެއް ހަލުވި ވެގެންދާނެކަމަށާއި އަދި މަސައްކަތްތަކަށް ދާ ޚަރަދުވެސް ކުޑަވެގެންދާނެކަމަށެވެ.

"މި ބަދަލާއިއެކު ކުނި އުފުލުމަށް ވެމްކޯ އިން ކުރަމުންދިޔަ ޚަރަދު، އެތައް ތަނެއް ކުޑަވެގެންދާނެއެވެ. އަދި ކުނި އުފުލުމަށް މިވަގުތު ދިމާވެފައިވާ ދަތިތަކަށް ލުޔެއްލިބި މި ޚިދުމަތްތައް އިތުރަށް ހަލުވިވެ ފުރިހަމަ ވެގެންދާނެއެވެ." ވެމްކޯ އިން ވިދާޅުވެފައިވެއެބެ.

އެކުންފުނިން އިތުރަށް ވިދާޅުވެފައިވާ ގޮތުގައި ކުރިން ކުނި އުފުލުމަށް ބޭނުންކޮށްފައިވަނީ ކުއްޔަށް ނަގާފައިވާ އުޅަނދުތަކެކެވެ.

ވެމްކޯ އިން ދަނީ މާލެއާއި އަތޮޅު ތެރޭގެ ބައެއް ރަށްތަކުގައި، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ކުނި ނެގާ، މެނޭޖްކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަބްދުއްލާ

    މިއީ ޕީޕީއެމް ގެ ސަރުކާރެއް ކުރިއަށް އޮތް 5 އަހަރުވެސް ގެންނަންޖެހޭ ސަބަބަކީ އެމްޑީޕީ ސަރުކާރު އައުމުން ގައުމަށް ލިބުނު ގެއްލުމުން އަދިވެސް އަރައިނުގަނެވޭ އެމްޑީޕީ ސަރުކާރު އައި އިރު ކުނިމެނޭޖް ކޮޅުވެއްޓިތަކާ ލޮރީތައް ހަލާށކުކޮށް މާލެ ކުނިކޮށްލި މިއަދު އެހެން ނޫންކަން މިފެންނަނީ ، މިއީ އެގުމާ ނޭގުމުގެ ތަފާތު. ނަސީދަކީ ކަމެއް ކުރަން ދަންނަ މީހެއްނޫން އެމީހާއަށް ވަޑާންގެއަކާ ކުންފިންޏެއް ނުހިންގުނު .ޔާމީނާ ދިމާވި ކޮންމެކަމަކުން ކުރިހޯދާ ވީމާ2018 ޔާމީނަށް ދޭންޖެހެނީ

  2. ރީދޫ ގުރޫޕަށް ފެނޭތަ ތަންދޮރު ދަންނަ މީހުން ގައުމުގެ ރައީސް ކަމައް އައިސް ކަންކުރާގޮތް ގައުމައް ފައިދާހުރި ގޮތަށް ކަންތަށްތަށް ކުރާތަން އިންޑިޔާގެ ކުމާރު މެންނަށް ޔާމީނު ވިހި މިލިޔަން ޑޮލަރެއް ނުދެޔޭ، ކޮބާތަ އަންނި ޓަޓުވާޔައް ދިން ޑޮލަރުތަށް.....

  3. ނުޒުހާސަލީމް

    ތަރައްޤިއަށް ކަނުލޯ ދަރައިގެން ތިބި މީހުންނަކަށް ނުފެންނާނެ!

  4. ބާބޫ ނާޒް

    މިފަދަ ތަރައްގީ ގަވްމަށް ގެނެސްދެވޭނެ ހަމައެކަނި ވެރިޔަކީ ރައީސް ޔާމީން.

  5. ހަލީލު އަލީ

    ހަމަސާ ބަސް ރައީސް ޔާމީނު ތިކުރާ މަސައްކަތަށް މަރުހަބާ

  6. އަނެއްކާވެސް ލާރީގަނޑެއް ދަވާލީތޯ..

  7. ކިހާވަރެއްބާ ޖީބައް