ޅ. ކުރެންދޫގެ ނަރުދަމާ އަދި އއ. ބޮޑު ފުޅަދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ބަޔަކާއި މިއަދު ހަވާލުކޮށްފިއެވެ.

މިއަދު އެންވަޔަރަމެންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ޅ. ކުރެންދޫގެ ނަރުދަމާ އަދި އއ. ބޮޑު ފުޅަދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެމްޑަބްލިއުއެސްސީއާއެވެ.

ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް: އަމީން ފަހުމީ

މި ދެރަށުގެ އެބަސްވުމުގައި އެންވާރަމެންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެންވަރަމެންޓް މިނިސްޓަރ ތޯރިގް އިބްރާހިމް އެވެ. އަދި އެމްޑަބްލިއުއެސްސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ އެމްޑީ ފަޒުލް ރަޝީދެވެ.

ޅ. ކުރެންދޫގެ ނަރުދަމާގެ ނިޒާމު ގާއިމް ކުރުމަށް ދިވެހި ދައުލަތުގެ ބަޖެޓުން 32,166,033.97 ރުފިޔާ ހަރަދު ކުރާ އިރު މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވާ ތާރީހަކީ ކޮންޓްރެކްޓުގައި ސޮއިކުރާ ތާރީހުން ފެށިގެން 365 ދުވަހުގެ ތެރޭގައެވެ.

ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް: އަމީން ފަހުމީ

އއ. ބޮޑު ފުޅަދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިއުއެސް އާއި މިއަދު ހަވާލުކުރެވުނު އިރު މި އެއްބަސްވުމުގެ ދަށުން އެރަށުގެ ފެނާއި ނަރުދަމާ އަދި ސާވޭގެ ހުރިހާ މަސައްކަތެއް ކުރެވޭނެެެވެ.

އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށްފަހު މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ ރަށްރަށުގައި ފެނާ ނަރުދަމާގެ ނިޒާމު ގާއިމްކުރުމުގެ މަސައްކަތަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތްތަކެއް ކަމަށެވެ. އަދި ވިދާޅުވީ މިފަދަ މަސައްކަތްތަކެއް ކުރިއަށް ގެންދެވޭނީ ރައްޔިތުންގެ އެއްބާރުލުން ލިބިގެން ކަމަށެވެ.

ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް: އަމީން ފަހުމީ

2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ވެވަޑައިގަތް ވައުދުގެ ތެރެއިން ނަރުދަމާއިން އުންމީދީ ދިރިއުޅުން މި ޝިއާރުގެ ދަށުން ރާއްޖޭގެ 20 ރަށެއްގައި ނަރުދަމާ ގާއިމު ކުރުމަށް މީގެ 2 މަސްކުރިން ވަނީ ބަޔަކާއި ހަވާލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފެނޭތޭތޭ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ދަ ބަތާހަރާމީ ދަ ހަރާމްކޯރޭ ދަ ބަނޑު ދޮންނައޭ ތަމެންނަށް ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް..