އަބަދުވެސް ހެނދުނު ނާސްތާއެއް އެކައްޗެއް ބޭނުން ކުރާތީ ފޫހިވޭ ދޯއެވެ؟ އެކަން ބަދަލުކޮށްލަމާ ހިނގާށެވެ. ސިއްހަތަށް ފައިދާ ހުރި މީރު ހެނދުނު ނާސްތާއަކަށް ބޭނުންވާނެ އެއްޗެއްގެ ވާހަކަ ދައްކަމާ ހިނގާށެވެ. މިއީ ރާއްޖެއަށް އޭޑީކޭ ޖެނެރަލް ޓްރޭޑިންގގެ ފަރާތުން އެތެރެކޮށް ވިއްކަމުން އަންނަ ފިޓް އެންޑް ފްލެކްސްގެ ބްރޭންޑްގެ ގްރެނޯލާ އާއި މިއުސެލީ އަދި އޯޓްސްގެ ބާވަތްތަކުގެ ވާހަކައެވެ.

އޭޑީކޭ ޖެނެރަލް ޓްރޭޑިންގއިން ފިޓް އެންޑް ފްލެކްސް އަކީ ދުޅަހެޔޮ އަދި ހިތްހަމަޖެހޭ ނާސްތާއަކަށް ވަރަށް ކަމުދާ އެއްޗެކެވެ. އަދި އެ ބާވަތުގެ ގްރެނޯލާ އާއި މިއުސެލީގެ ފްލޭވާތަކުގެ އޭޑީކޭ ޖެނެރަލްއިން ލިބޭނެއެވެ. މީގެ އިތުރުން މިނި-ބައިޓްސްވެސް ލިބޭއިރު، މިއީ ވަގުތުން ކާލެވޭ ގޮތަށް ހުންނަ، ޗޮކްލެޓް ނުވަތަ ޔޯގަޓް ކޯޓް ކޮށްފައި ހުންނަ ގުޅަ ތަކެކެވެ.

ފިޓް އެންޑް ފްލެކްސްއިން ހެނދުނުގެ ނާސްތާ ފުރިހަމަ ކުރަންވީ ސަބަބުތައް ބައިވަރެވެ. މިއީ ސިއްހަތަށް ފައިދާ ހުރި ފަސޭހައިން ތައްޔާރުކޮށްލެވޭ އުފެއްދުމެއްކަން ފާހަގަކޮށްލެވެއެވެ. އަދި މިއީ، ހެނދުނު އާއްމުކޮށް ބޮއެ އުޅޭ ކިރުތައްޓަށް އަޅައިގެން ކެއުމުގެ އިތުރުން ހުހަށްވެސް ކެވޭ އުފެއްދުންވެސް ހުރެއެވެ.

މި ބާވްތަތަކަކީ ރަހަ ރަނގަޅުވުމުގެ އިތުރުން ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް ލިއްބައިދީ ހަޖަމުކުރުމުގެ ނިޒާމަށް ވެސް އެހީތެރިވެދޭ އުފައްދުންތަކެވެ.

ފިޓް އެންޑް ފްލެކްސްގައި ވައްތަރުތަކުގެ ތެރޭގައި ހިމެނޭ ގްރެނޯލާއިން ޕްރީބަޔޯޓިކް ފައިބަރު އިތުރުކޮށްފައިވާއިރު، މިއީ ހަޖަމުކުރުމަށް އެހީތެރިވެދޭ ފައިބަރުގެ ބާވަތެއް އެކުލެވިގެންވާ އެއްޗެކެވެ. މިއާއެކު ބަނޑުގައި ފައިދާހުރި ބެކްޓީރިއާ އުފެދުމަށް ބާރުއަޅާއިރު، ހަޖަމުކުރުމުގެ ތަފާތު މައްސަލަތަކަށް ފަރުވާ ދިނުމަށް އެހީތެރިވެދީ، ދިފާއީ ނިޒާމު ވެސް ވަރަށް ބޮޑަށް ރަނގަޅުކޮށްދޭނެއެވެ.

ގްރެނޯލާގެ ސިއްހަތަށް ފައިދާހުރި މާއްދާތަކުގެ ތެރޭގައި އޯޓްސް، ނަޓްސް، ސީޑްސް އަދި ހިކި މޭވާ ހިމެނެއެެވެ. މިއީ ޕްރޮޓީން، ދަގަނޑު، ސިއްހަތަށް ފައިދާހުރި ފެޓްސް އަދި ފައިބަރު ފަދަ މުހިއްމު ނިއުޓްރިއެންޓްސް ފޯރުކޮށްދޭ ބާވްވަތަކެވެ.

އެހެންކަމުން ފިޓް އެންޑް ފްލެކްސް އަކީ ހަމައެކަނި މީރު ނާސްތާ އޮޕްޝަނަކަށް ވެގެން ނިމުނީއެއް ނޫނެވެ. ފިޓް އެންޑް ފްލެކްސް ސީރިއަލްސް އަކީ ދުޅަހެޔޮ ދިރިއުޅުމެއް ގެންގުޅެން ބޭނުންވާ ކޮންމެ މީހަކަށް ވެސް ވަރަށް ފުރިހަމަ ޗޮއިސްއެކެވެ. ފިޓްނަސްއަށް ޝައުގުވެރިވާ މީހަކަށް ވިޔަސް ނުވަތަ ހަމައެކަނި ނިއުޓްރިޝަނަލް ނާސްތާއެއް ހޯދަން އުޅުނަސް ފިޓް އެންޑް ފްލެކްސްއިން އެކަން ކަށަވަރު ކޮށްދެއެވެ.

ފިޓް އެންޑް ފްލެކްސް ހޯލް ސޭލް ކޮށް އޭޑީކޭ ޖެނެރަލް ޓްރޭޑިންގ ބޮޑުތަކުރުފާނު މަގުން ލިބޭނެއެވެ. އެ ކުންފުނީގެ އުފެއްދުންތައް ޖީޓީ ސްނެޕްގެ އިތުރުން ގަންނަ މާޓުންވެސް ލިބޭނެއެވެ. ބިޒީކޮށް އުޅޭ ފަރާތްތަކަށް ގަންނަ މާޓް އެޕް މެދުވެރިކޮށްވެސް ތަކެތި ގަނެ ޑެލިވާ ކުރުމުގެ ފުރުސަތު އޮންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު