ދިރާގުން ހިއްސާއަކަށް 7.5ރ. ބަހަން މިރޭ ފާސްކޮށްފިއެވެ.

ދިރާގުން މިގޮތަށް ފާސްކުރީ މިރޭ ކުރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ދިރާގުގެ 35 ވަނަ އަހަރީ ޢާންމު ޖަލްސާގައެވެ.

ޖުމްލަ 335 ހިއްސާދާރުން ބައިވެރިވި އެ ޖަލްސާގައި މިގޮތަށް ފާސްވީ 96% ވޯޓުންނެވެ.

ޑިޓެކްޓަރުންގެ ބޯޑުން ހުށަހަޅައި މުޅި އަހަރުގެ ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 7.5ރ. ޑިވިޑެންޑްގެ ގޮތުގައި ބެހުމަށް މިރޭ ފާސްކުރިއެވެ. މުޅި އަހަރުގެ ޑިވިޑެންޑް ބިނާވެގެންވަނީ 34 ވަނަ އޭޖީއެމްއަށް ބޯޑުން ހުށަހަޅާފައިވާ ފައިދާއިން ހިއްސާއަކަށް 5.84ރ.ގެ ފައިނަލް ޑިވިޑެންޑާއި 2023 ވަނަ އަހަރުގެ ކުރީކޮޅު އިއުލާން ކޮށްފައިވާ ހިއްސާއަކަށް 1.6ރ. އިންޓެރިމް ޑިވިޑެންޑް ހިމެނޭގޮތަށެވެ.

ދިރާގަށް މިދިޔަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި ލިބުނު 2.6 ބިލިއަން ރުފިޔާ ލިބުނެވެ. އަދި ޖުމްލަ ފައިދާގެ ގޮތުގައި 896 މިލިއަން ރުފިޔާ ލިބުނެވެ.