ސްޕެޝަލް އިކޮނޮމިކް އެންޑް ފައިނޭންޝަލް ސާވިސަސް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރާ ކ. ފުނަދޫ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އަދި ވެރި ރަށް މާލެ މޮނޯރެއިލްއިން ގުޅާލުމަށްދުބާއީގެ އިންޓަނޭޝަނަލް ފްރީޒޯން އޮތޯރިޓީ (އިފްޒާ) އާ ހަވާލުކޮށްފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވީ ފުނަދޫ ތަރައްގީ ކުރުމުގެ ގޮތުން އެ ރަށުގައި މިހާރު ހުރި ފިއުލް ފާމް ވެސް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަަމަށެވެ.

އެއާޕޯޓުގެ ތަރައްގީ މެކުހަށް، މިއީ ރައީސް މުއިއްޒުގެ ވިސްނުންފުޅު!

އެ މަސައްކަތް 18 މަސް ދުވަހުގެ ތެރޭގައި ނިންމައި އެއާ އެކުއެކީގައި ފުނަދޫގެ އިމާރާތްތަކުގެ ކުރެހުންތަކާއި އެހެނިހެން މަސައްކަތްތައް ކުރިއަށްދާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

އެސްއީޒެޑްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތައް ތަރައްގީކޮށް ހިންގުމަށް ހަވާލުކުރީ ވެސް އިފްޒާއާއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި - އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު - ވަގުތު އިމޭޖްސް: މުހައްމަދު އަލިފް

ސަރުކާރުން ވިދާޅުވީ މި ހުރިހާ މަސައްކަތަކަށް ފައިސާ ހަރަދު ކުރާނީ އިފާޒްއިން ކަމަށެވެ.

އެއްބަސްވުމުގެ ދަށުން އިފާޒްއިން ތަރައްގީކުރަނީ ކ. ފުނަދޫގައި ތަރައްގީކުރާ ސްޕެޝަލް އިކޮނޮމިކް އެންޑް ފައިނޭންޝަލް ސާވިސަސް ޒޯނާއި އިހަވަންދިއްޕޮޅުގައި ތަރައްގީކުރާ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" އެވެ.

މިނިސްޓަރު ވިދާޅުވީ އިހަވަންދިއްޕޮޅުގައި ތަރައްގީކުރާ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" އަށް އިންޓަރނޭޝަނަލް ފްރީ ޒޯން އޮތޯރިޓީން އިންވެސްޓްމަންޓް ފައިނޭންސް އާއި އިންވެސްޓަރުން ގެނެސްދޭނެ ކަމަށެވެ. މަޝްރޫއާއެކު ގިނަ އަދަދެއްގެ އާ ވަޒީފާތައް އުފެދިގެންދާނެ ކަމަށް ވެސް ވަޒީރު ސައީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. 1111

    ހަހަހަހަހަ!!!!!!ގުޑްވަން ރޯޒް!!!!

  2. އަލީ

    އެނގިދާނެތާ. ޔާމީނުގެ ދުވެލި ނުދެއްކިއްޖިއްޔާ ތިވާނީ އަނގައިން ތަރައްގީ ގެނެސްދޭ ބަޔަކަށް. އަދި ހީނުވޭ އެހާ ގާބިލް ބައެއްހެނެއް.

    20
    17
    • ނާގަބާޑި އާދަނު

      މާލެ ހުޅުލެ ހުޅުމާލެ މިހާރުވެސް މިއޮތީ ބްރިޖަކުން ގުޅާލެވިފަ މިހިން އޮއްވާ ފުނަދޫ ކުޑަކުޑަ ތަންކޮޅެއް މިތަނައް ވައްދައިގެން މިފަދަ ބޮޑު ހަރަދެއް ކުރުންމީ ހަމަ ރަނގަޅު ގޮތެއްބާ

      • ަިއިބޫ

        ޚަރަދެއް ކުރާ ވާހަކަ އެއް ބުނެފިތަ

        • ޚަރަދުގެ ބައްޕަ

          ޚަރަދެއްނުކޮށް ވާނެ އެއްކަމެއްވެސް ނޯންނާނެ. ޢެންމެ ކުޑަމިނުން މިސްކިތްތަކަށްވެސް ކަރަންޓުބިލު ދައްކާ

  3. ބަބޫ

    އަދިވެސް މާލެ މާލެ.

    18
    10
  4. ވަހީދުބެ

    ތިއުޅެވެނީ އެބުނާގޮތަށް ކުއްލިއަކަށް ބޮންތީގަ ހިފަން. އަނގަވަތަށް ނުވެއްޓޭގޮތަށް ޤައުމު އަޅުވެތިނުވާނެގޮތަށް ތަރައްޤީކުރުމަށް މަސައްކަތްކުރުމާއި ޤައުމަށް ލިބޭ އާމްދަނީއަށް ބަލައި ބޯހިކޭގޮތަށް ކަންކަންކުރުން މާބުއްދިވެރިވާނެ.

    33
    7
  5. އަސް

    އަޑިން ޓިއުބެއް ނޫންތަ؟

  6. މާކަ ބޮޑުކަމެއް ނުވާނެ

    ސަބަބަކީ އިންތިހާއަށް ބޭނުންޖެހިފައިވާ އެތަކެއްހާސް ބައެއްގެ ބޯހިޔާވަހި ކަމުގެ ޙައްޤުތައް ހިފަހައްޓާފައި ވާތީއެވެ. މީހުންގެ ޙައްޤަށް އަރައިގަނެފައިވާ ބަޔަކަށް ކާމިޔާބެއް ނުވާނެ އެވެ.

  7. ވިސްނާ ވިސްނާ

    ފައިސާ ހަރަދުވާ ވަރަކާއި އެދައްކަންޖެހޭ ދުވަހަކާއި ޖުމްލަ އެންގިގެންތަ ދޯ ވާނީ. ގައުމު ނުދަރާނެ ދަރަންޔެއް ނުވެސް ނަގާނެ !!!!
    500 މިލިއަން ޑޮލަރު ބްރިޖް އައް .
    300 މިލިއަން ޑޮލަރު ފުނަދަަޫ ތަރައްގީ ކުރަން
    ކަޓް އައް 200 މިލިއަން
    ލިބޭ އެތި މާލެ އައް 1 ހެކުޓަރ
    ބިލިއަން ޑޮލަރްގެ ދަރަނި އިތުރު ކޮއްލެވޭނެ
    ބިލިއަނަރުންނައް ދެތިންމީހުންވާނެ
    ބިނދި ބިނދިފަ ހީފާ އަތްޖަހަންވާނެ
    ފުށިދިއްގަރާއި މާލެ އަންޑެރ ވޯޓަރ ޓަނަލަކުން ގުަޅާލަންވާނެ .