ރާއްޖޭގައި މިފަހުން އުފެދުނު ސަރުކާރުތައް ރަނގަޅަށް ހިނގައިގަންނަން އަހަރެއް ނޫނީ ދެ އަހަރެއް ވަރު އާންމުކޮށް ނަގައެވެ. ދިވެހިން އަޖައިބުވާ ނުވަތަ ހައިރާންކޮށްލާ ވަރުގެ ބިޔަ މަޝްރޫއުތަކެއް ފަށަން ވެސް ހަމަ މި މުއްދަތު ނަގައެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ބެލި ކަމުގައި ވިޔަސް ފެންނަން އޮތީ ހަމަ މި މަންޒަރެވެ. ނަޝީދުގެ ވެރިކަމުގައި އެންމެ ބޮޑު މަޝްރޫއަކަށް ހިނގީ އެކިކަންކޮޅުތަކުގައި ފްލެޓުތައް އެޅުމެވެ. އޭރު ނަޝީދު، "ފްލެޓް ދޮންބެ" ގެ ނަމުން މަޝްހޫރުވި އިރު، މަޝްރޫއު ފަށައިގަނެވުނީ އަހަރެއް ފަހުންނެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އެންމެ ބޮޑު ބިޔަ މަޝްރޫއު ކަމުގައިވާ "ޗައިނާ – މޯލްޑިވްސް ފްރެންޑްޝިޕް" ބްރިޖު ނުވަތަ ސިނަމާލެ ބްރިޖުގެ މަސައްކަތް ފެށުނީ ވެރިކަމަށް ދެ އަހަރު ދުވަސްވީ ފަހުން ޑިސެމްބަރު 30، 2015 ގައެވެ. ރައީސް ސޯލިހްގެ ވެރިކަމުގައި މާލޭގައި އެންމެ ބިޔަ މަޝްރޫއަކަށް ފަށާފައި ވަނީ މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލާ ތިލަމާލެ ބްރިޖުގެ މަސައްކަތެވެ. ތަރައްގީގެ މި ބޮޑު މަސައްކަތުގައި ކުލަ ޖެހިގެން ދިޔަ އިރު، އެ މަޝްރޫއުގެ އެންމެ ބޮޑު އެއް މޭސްތިރިއަކަށް ވާނީ ހަމަ ގައިމުވެސް ރައީސް މުއިއްޒެވެ. އެކަމަކު، އެ މަސައްކަތް ފެށުނީ ވެރިކަމަށް ވަޑައިގެންނެވުނުތާ ގާތްގަނޑަކަށް ތިން އަހަރު ފަހުން އޮގަސްޓް 26، 2021 ގައެވެ. މިއާ ހިލާފަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ފެންނަނީ އެހެން ވެރިކަންތަކާ ތަފާތުކޮށެވެ!

ވެރިކަމަށް ވަޑައިގެންނެވިތާ 30 ވަނަ އަށްވީ ދުވަހު، ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ވިލިމާލެ ތަރައްގީ ކުރުމުގެ މަސައްކަތް ފެއްޓެވިއެވެ. މީގެކުރިން އުފެދުނު އެއްވެސް ސަރުކާރަކަށް ބޯހިޔާވަހިކަމާ ގުޅޭ ނުވަތަ އުމްރާނީ ތަރައްގީއާ ގުޅޭ މިވަރުގެ ބޮޑު މަޝްރޫއެއް މިހާ އަވަސް މުއްދަތެއްގައި ފެށިފައި ނެތެވެ. އެ ބިޔަ މަޝްރޫއަށް ފަހު، ރައީސް މުއިއްޒު އަނެއްކާ ވެސް ވަނީ އާ ބޮޅެއް ވަނީ އިތުރު ކުރައްވައިފައެވެ. އެއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއެކެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ބޮޑު ރަންވޭ ރަސްމީކޮށް ބޭނުން ކުރަން ފެށުމުގެ ގޮތުން ޖެއްސި ފުރަތަމަ މަތިންދާބޯޓު -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ތަރައްގީގެ މި ބޮޑު ދެ މަޝްރޫއު އިއުލާން ކުރައްވާފައި ވަނީ ވެރިކަމަށް ދެ މަސް ދުވަސް ވެސް ނުވަނީހެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ތަރައްގީގެ މަސައްކަތްތައް މިހާރު ވެސް ކުރިއަށް އެބަދެއެވެ. އެއީ ކުރީގެ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ވެސް ނުނިންމުނު މަޝްރޫއެކެވެ. ކުރީގެ ސަރުކާރަށް ޖެހުނު "ލައްގަނޑެއް" ގޮތުގައި ވެސް އެކަން ވާނެއެވެ. އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ޓާމިނަލްގެ މަސައްކަތް ނުހިނގާ އޮތުމަށް ފަހު، މިހާރު އެ މަސައްކަތް ބާރަށް ދަނީ ހިނގަމުންނެވެ. މިހާރު ހަދާ ޓާމިނަލްގެ ކެޕޭސިޓީއަކީ ހަތް މިލިއަން ފަސެންޖަރުންނެވެ. މިހާރު އެއީ މާޒީއެވެ. އެ އަދަދު މިހާރު ބަދަލުކޮށްލާފައި މިވަނީ 25 މިލިއަން ފަސެންޖަރުންނަށެވެ.

އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް— ވަގުތު އިމޭޖަސް: އަހުމަދު ޖައިޝަމް

ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ބޮޑު މާސްޓަރ ޕްލޭން އަކާއެކު ރައީސް މުއިއްޒު މި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއެއް އިއުލާނު ކުރައްވާ، އެ މަޝްރޫއު އިފްތިތާހް ކޮށްދެއްވާފައެވެ. މިއީ ރައްޖޭގެ ތާރީހުގައިވެސް ހިންގާ އެންމެ ބޮޑު މަޝްރޫއެކެވެ. މި މަޝްރޫއުން ރާއްޖެއަށް އިންގިލާބީ ބަދަލުތަކެއް އަންނާނެއެވެ. މުޅި ރާއްޖޭގެ މަލަމައްޗަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. ހާއްސަކޮށް މިހާރުވެސް ފަތުރުވެރިކަމުގެ ސީޒަންގައި އެއާޕޯޓަށް ބާރުބޮޑުވެ، ހިދުމަތަށް ބުރޫ އަރާ އެރުމަށް ބޮޑު ބަދަލެއް އަންނާނެއެވެ.

ރައީސް މުއިއްޒުގެ ވެލާނާ އެއާޕޯޓް ތަރައްގީ ކުރުމުގެ ޕްލޭންގައި ހިމެނޭ ކަންކަން

  • އަހަރަކު 25 މިލިއަން ފަސެންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް ޓާމިނަލް ތަރައްގީ ކުރުން
  • 100 މިލިއަން ލީޓަރުގެ ތެޔޮ ރައްކާ ކުރާނެ ފެސިލިޓީއެއް ގާއިމް ކުރުން
  • ގަޑިއަކު 2،000 ފަސެންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް ޑޮމެސްޓިކް ޓާމިނަލް ތަރައްގީ ކުރުން
  • މިހާރުގެ ކާގޯ ޓާމިނަލް 100،000 މެޓްފިކް ޓަނުން 300،000 މެޓްރިކް ޓަނަށް ކެޕޭސިޓީ އަށް އިތުރު ކުރުން
  • ޖެޓްތަކަށް ހާއްސަ ޓާމިނަލްއެެއް ގާއިމް ކުރުން
  • ޔޫރަޕިއަން ޔޫނިއަން އޭވިއޭޝަން ސޭފްޓީ ގަބޫލު ކުރާ މަތިންދާބޯޓު މަރާމާތު ކުރާ ފެސިލިޓީ
  • އަގުހެޔޮ އެއާލައިން ނުވަތަ ލޯކޮސްޓްް ކެރިއަރ ތަކަށް ހާއްސަ ޓާމިނަލްއެއް ގާއިމް ކުރުން
  • 73 އެއާކްރާފްޓް އެއްފަހަރާ ޕާކް ކުރެވޭނެ ކެޕޭސިޓީ ގާއިމް ކުރުން
  • ކ. ފުނަދޫ އިންޓަނޭޝަނަލް ފައިނޭންޝިއަލް ސެންޓަރަކަށް (ޓްރާންސިޓް ހޮޓެލާއި، ޝޮޕިންގ ސެންޓަރުތަކާއި، މޮޓޯރޭލުގެ ހިދުމަތާއެކު)

މި މަޝްރޫއާ ގުޅޭގޮތުން ރައިސް މުއިއްޒު ވިދާޅުވީ، މި އެއާޕޯޓް މަޝްރޫއުގެ މަސައްކަތް މި އަހަރު ފެށިގެންދާއިރު ޓާގެޓަކީ، ފަސް އަހަރުގެ ތެރޭގައި މީގެ ބޮޑު ބައެއް ނިންމުން ކަމަށެވެ.

"ދިހަ އަހަރުގެ ތެރޭގައި އެއްކޮށް، ނޫނީވިއްޔާ އޭގެ އެންމެ ގިނަ ކަންތައްތައް ނިންމޭވަރަށް، ބޮޑު އިންސައްތައެއް ނިންމުން. އެހާތަނަށް ދިޔުމުގެ ކުރިންވެސް އަޅުގަނޑުމެންނަށް މިކަން ހާސިލުކުރެވޭނެ އެތައް ކަންތައްތަކެއް އަޅުގަނޑުމެންނަށް ފަހިކުރެވިގެން ގެންދެވިއްޖިއްޔާ. އެއާ ގުޅިފައިވާ ގްލޯބަލް އެތައް ކަންތައްތަކެއްވެސް އެބަ ހިމެނޭ.". ރައީސް ވިދާޅުވިއެވެ.

ވެލާނާ އެއާޕޯޓަށް އިންގިލާބީ ބަދަލު ގެނެސްދޭނެ ބޮޑު މަޝްރޫއެއް އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެެއިން - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު

ރައީސް ވިދާޅުވީ، މި އަހަރުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު މި މަސައްކަތް ކުރުމުގައި ކޮންމެހެން ފުރަތަމަ ފަށަންޖެހޭ މަސައްކަތްތައް ފެށިގެންދާނެ ކަަމަށެވެ، އެއީ ސީ ޕްލޭން ޓަރމިނަލް ބަދަލު ކުރުމެވެ. އެއާ އެކީގައި އެ ސަރަހައްދު ހިއްކުމުގެ މަސައްކަތް ފެށޭނެެވެ. އަދި 2،000 ޕެސެންޖަރުންނަށް ޑޮމެސްޓިކް ޓާމިނަލްއަކުން ޚިދުމަތް ދެވޭވަރުގެ ފުޅާ، ބޮޑު، ޒަމާނީ ޕެސެންޖަރ ޓާމިނަލް އާއި، ކާގޯ ފެސިލިޓީއާއި، ޖެޓް ޓާމިނަލްއެއް ގާއިމް ކުރެވިގެން ދާނެއެވެ.

ފުނަދޫ ތަރައްގީ ކުރުމާއެކު މެކުހަށް، ސީޕްލޭން ޓާމިނަލް ރޭލުގެ ހިދުމަތާއި ބްރިޖުން ގުޅާލުން!

މިހާރު ފުނަދޫއަކީ އެސްޓިއޯގެ ތެޔޮ ރައްކާ ކުރާ ގުދަނެކެވެ.

ރައީސް ބޭނުންފުޅު ވަނީ އެ މަސައްކަތަށް އެހެން ތަނަކަށް ބަދަލު ކުރުމަށެވެ. އަދި އެތަން ފައިނޭންޝިއަލް ހަބެއްގެ ގޮތުގައި މީގެ ކުރިން ރާއްޖެ ނުދެކޭ ފަދަ ގޮތަަކަށް އެތަން ތަރައްގީ ކުރުމެވެ.

"މި ސީ ޕްލޭން ޓާމިނަލް ބަދަލުކުރުމުގެ މަސައްކަތާއި، އެއާ ގުޅިފައިވާ އެންމެ މުހިންމު އެއްކަމަކީ، ފުނަދޫގައި މިހާރުހުރި އޮއިލް ސްޓޯރޭޖް އެހެން ތާކަށް ބަދަލުކުރުން. އެކަމަކީވެސް އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި ފެށި، އޭގެ ބޮޑު މަސައްކަތެއް ނިންމައި، ގިނަވެގެން 18 މަސް ދުވަހުގެ ތެރޭގައި، މި އަހަރުން ފެށިގެން، މާނައަކީ މި އަންނަ އަހަރުގެ މެދަކާ ހަމަޔަށް، ނޫނީ މި އަންނަ އަހަރު ނިމެންވާއިރަށް، އެންމެ ލަސްވެގެން 18 މަހާއި 24 މަހާ ދޭތެރޭގައި، ދޮޅު އަހަރާއި ދެ އަހަރާ ދޭތެރޭގައި، 18 މަހާއި 24 މަހާ ދޭތެރޭގައި އަޅުގަނޑުމެން މި އޮއިލް ސްޓޯރޭޖް، ފުނަދޫގައި ހުރި ފެސިލިޓީ، އެސްޓީއޯގެ ފެސިލިޓީ އެހެން ތަނަކަށް ޕްރީލޮކޭޓް ކުރުމުގެ މަސައްކަތް ކޮށް ނިންމާނަން.،". ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވިގޮތުގައި ފުނަދޫ ތަރައްގީ ކުރެވިގެން ދާނީ ފުނަދޫއާއި މާލެއާ، ފުނަދޫއާއި ހުޅުލެއާ ގުޅުވައިލެވިފައިވާ ބްރިޖެއް ގާއިމްކުރެވިގެންނެވެ. އަދި ހުޅުލެއިން، ހުޅުމާލެއިން ސީ ޕްލޭން ޓާމިނަލަށް، ހުޅުލެއިން ސީ ޕްލޭން ޓާމިނަލަށް، ވަށާޖެހޭގޮތަށް ބްރިޖް އެޅި، ޕަބްލިކް ޓްރާންސްޕޯޓް ނިޒާމެއް ގާއިމް ކުރެވި، މޮނޮރެއިލް ސިސްޓަމެއް ގާއިމްކުރެވޭނެއެވެ.

ސީޕްލޭން ޓާމިނަލް ބަދަލު ކުރުމުން ހުންނާނެ ގޮތުގެ ކުރެހުމެއް

މިއާއެކު ފަސޭހަކަމާ އެކީގައި ޕެސެންޖަރުން، ކަސްޓަމަރުން، މުވައްޒަފުން ދަތުރުކުރެވޭފަދަ ނިޒާމެއް ގާއިމް ކުރުމަކީ މި ސަރުކާރުގެ ތަސައްވަރު ހުރި ގޮތެވެ.

މި މަޝްރޫއުގެ ތަފްސީލުތައް ދެއްވަމުން އިގްތިސޯދީ ވަޒީރު މުހައްމަދު ސައީދު "ވަގުތު"އަށް ވިދާޅުވީ، އެއާޕޯޓް އިކޮނޮމިކް ޒޯން ވެގެން ދާނީ އަންނަ ޓްރާންސިޓް ފަސެންޖަރުން އިތުރު ކުރުމަށްޓަކައި، މުޅިން ތަފާތު ތަޖުރިބާއެއް ފަތުރުވެރިންނަށް ދެވޭނެ ހިދުމަތަކަށް ކަަމަށެެވެ.

"މިސާލަކަށް އަޅުގަނޑުމެން އެބަ ދަންތާ ދުބާއީއަށްވެސް، ސިލޯނަށްވެސް އެބަ ދެން، އެތާ އެއާޕޯޓްގައި މަޑުކޮށްލާފައި ދެން، އަނެއް ފްލައިޓް މި ނަގަނީ ދެއްތޯ، މިސާލަކަށް ރާއްޖޭގައި މަޑުކޮށްލާފައި އެހެން ފްލައިޓެއް ނަގާފަދަ ޑިސްޓިނޭޝަނެއް ކަަމަށް ވަންޏާ ހަމަ، އެ އެކްސްޕީރިއަންސް މި ދެނީ ފުނަދޫގައިވެސް،". އޭނާ ވިދާޅުވިއެވެ.

ސީޕްްލޭން ޓާމިނަލް ވަކި ރަށަކަށް ބަދަލުކޮށް ތަރައްގީ ކުރާ އިރު، ތިން ވޯޓަރ ރަންވޭ ތަރައްގީ ކުރެވޭނޭއެވެ. އަދި މިތަނުގައި ފަސް ސީޕްލޭން އޮޕަރޭޓަރުންނަށް ހިދުމަތް ދެވޭނެއެވެ.

ވެލާނާ އެއާޕޯޓަށް އިންގިލާބީ ބަދަލު ގެނެސްދޭނެ ބޮޑު މަޝްރޫއެއް އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެެއިން - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު

ފުނަދޫގައި ތަރައްގީކުރާ އެއާޕޯޓް އިކޮނޮމިކް ޒޯނުން އަންނަ ފަސިންޖަރުންނަށް ޓްރާންސިޓް ހޮޓެލްތަކާއި ޝޮޕިން ސެންޓަރުތަކާއި ކޮންވެންޝަން ސެންޓަރަކާއި އެންޓަޓެއިންމަންޓް ކޮމްޕްލެކްސް އަދި ކެއިން ބުއިމާއި ދަތުރުވެރިން ވަރުބަލި ފިލުވާލަން މަޑުކޮށްލާނެ ޖާގަތައް ހިމެނޭނެއެވެ.

މިއީ ރައީސް މުއިއްޒު އުފެއްދެވި ޕްލޭނެއް!

މިއީ ދުވަސްވީ ނޫނީ މީގެކުރިން އުފެދުނު ސަރުކާރުތަކުން ޕްލޭންކޮށް ނުވި ކަމެއް ވެސް ނޫނެވެ. މިއީ ރައީސް ޑރ. މުއިއްޒުގެ ޕްލޭނެކެވެ. އެ ޔަގީންކަން ސައީދު ދެއްވައެވެ.

ސައީދު ވިދާޅުވިގޮތުގައި މިއީ ރައީސް ޑރ. މުއިއްޒުގެ ވިސްނުންފުޅެވެ. ރާއްޖޭގެ އިގްތިސޯދު އެމަނިކުފާނު ބޭނުންފުޅުވާ ސްކޭލްއަށް ބޮޑު ކުރުމަށްޓަކައި އެންްމެ މުހިންމު އެއް މަޝްރޫއަށް މި މަޝްރޫއު ވެގެން ދާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

"އެއާޕޯޓްގައި ދިމާވާ މައްސަލައަކީ، ރާއްޖޭގެ ފަތުރުވެރިކަމާއި ފަތުރުވެރިކަމާއި ގުޅުން ހުރި ސިނާއަތް މި އޮތީ ރާއްޖޭގައި ބޮޑުކޮށް، އޮތް އިރުގައި ރާއްޖެއަށް މިހާރު ވަރަށް ނުރައްކާތެރި މައްސަލައެއް ދިމާވޭ، ފަތުރުވެރިންގެ އަދަދު ރާއްޖެއަށް ގިނަވިޔަސް، އަގު ނުލިބޭ ރާއްޖެއަކަށް އެނގޭތޯ، އެ ދަތި އެބަ އާދޭ،".

މިގޮތުން އެއާލައިންތަކުގެ ޝަކުވާއަކީވެސް ރާއްޖެ އަގުބޮޑުވުން ކަމަށް އޭނާ ވިދާޅުވިއެވެ. މިގޮތުން ތެލުގެ މައްސަލައާއި، ރާއްޖެއިން ގެންދަން ކާގޯ ނުލިބުމާއި، ކޮމިޝާލީ ހަމައެކަނި ފަސެންޖަރުން ގެނައުން އެކަނި އޮންނާތީ އެކަމުގެ ޝަކުވާ ކުރާ ކަމަށް ވިދާޅުވިއެވެ.

"މިހެން އޮތްއިރުގައި އަޅުގަނޑުމެންނާއި ވާދަކުރާ ފަރާތްތަކުން ކުރިއަރައިގެން އެބަދޭ، ސަރަހައްދީ އެކި ގައުމުތަކުން ފެށިގެން، ބޮޑެތި ތަންތަނަށް ބެލިޔަސް، ރާއްޖެއާ ވާދަކުރާ ގައުމުތައް ކުރިއަރައިގެން ހިނގައްޖެ، މީގައި އަޅުގަނޑުމެންގެ ކުރިމައްޗަށް ހާޒިރުވާ ސުވާލަކީ އަޅުގަނޑުމެން ތިބޭނީތޯ، ވާދަވެރިން ކުރިއަރާ ދަންދެން ބަލަހައްޓައިގެން، އެއްވެސް ކަމެއް ނުކޮށް." ސައީދު ވިދާޅުވިއެވެ.

މިގޮތުން މި މައްސަލައިގެ ތެރެއަށް ރައީސްގެ ވިސްނުންފުޅު ވަރަށް ބޮޑެވެ. އޭގެ ހައްލަކީ އެއާޕޯޓް ބޮޑުކުރުން އެކަނި ނޫން ކަމަށް އެމަނިކުފާނުވެސް ގަބޫލުފުޅު ކުރައްވައެވެ. އެއާޕޯޓު މެދުވެރިކޮށް އިތުރު ވިޔަފާރިތައްވެސް އުފައްދަން އެމަނިކުފާނު ބޭނުންފުޅު ވެއެވެ.

"މިސާލަކަށް ޖެޓުން ދަތުރު ކުރާ ޖެޓް މާކެޓަށް ޓާގެޓްކޮށްގެން ރާއްޖަށް ޖެޓް ޓާމިނަލްއެއް ނެތް، ހަމަ އެގޮތް ކާގޯގައި ވެސް، އެއާ ކްރާފްޓް މެއިންޓެނެންސްވެސް، މި ހިދުމަތަށްވެސް ގިނަ ފަހަރަށް ދާން ޖެހެނީ ކޮލަމްބޯއަށް، ގިނަ މަތިންދާބޯޓުތައް ތެޔޮ އަޅަންވެސް ދާން މި ޖެހެނީ ކޮލަމްބޯއަށް،" ސައީދު ވިދާޅުވިއެވެ.

އެހެންކަމުން ކުރިމަގުގައި ރާއްޖެއަށް ޖާގަ އޮތީ ރާއްޖޭގައި މި ކެޕޭސިޓި އިތުރުކޮށްގެންކަމަށް ރައީސް ގަބޫލުފުޅުކުރައްވަައެވެ.

މުއިއްޒު މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި.

ސައީދު ވިދާޅުވިގޮތުގައި، އެހެން ސަރުކާރުތަކާއި ހިލާފަށް މި ސަރުކާރު އެހާ ސްޕީޑް އަވަސްވެފައި، އަވަހަށް މަސައްކަތްތައް ފެށިގެން ދާ ކަމުގެ ސިއްރަކީ ކަންކުރަން ދަންނަ ވަރުބަލިކަމެއް ނެތި ހިތްވަރާއެކު ގިނަ ވަގުތު މަސައްކަތް ކުރާނެ ވެރިއަކު ލިބުމެވެ.

މީގެކުރިން ރާއްޖޭގައި އުފެދުނު ސަރުކާރުތަކުން ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށް ދިނުމަށް ދިގު މުއްދަތެއް ނެގިއެވެ. އެކަމަކު، ރައީސް މުއިއްޒު އާއި އެމަނިކުފާނުގެ ސަރުކާރު ފެނިގެން މިދަނީ މުޅިން ތަފާތުކޮށެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ރައްޔިތުންގެ އުންމީދުތަކުގައި ކުލަ ޖައްސަވައި ދެއްވުމަށް އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަން ފެއްޓެވި ތަނެވެ. ދިވެހިން މިއަދު ތިބީ، ރައީސް މުއިއްޒުގެ ސަރުކާރާއި އެހެން ސަރުކާރުތައް އަޅާ ކިއާލަން ކެތް މަދުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ބާސިތު

    މަނިކުފާނަށް ތިކަމުގައި ކާމިޔާބު މިންވަރު ކުރައްވާށި!

    94
    4
  2. ހުވަދޫ އަލިބެއްޔާ

    ކަލޭމެން ކާނެ.. އެ ޔަޤީން ކަމެއް.. ކެޔަސް ބުޔަސް.. ބަނޑު އެޅިޔަސް ވަރިހަމަ.. ޤައުމަށް ދެމެހެއްޓެނިވި ގޮތެއްގައި ފައިދާކުރަނިވި ބޮޑެތި ކަންކަން ކުރަން ވާނެ.. ސީދާ ދިވެހިންނަށް މަންފާ ކުރާނެ ކަންކަން ކުރަން ވާނެ.. އެއްކަމެއްވެސް ނުކޮށް ޤައުމު ދަރުވާލާ ބަޔަކަށް ވެގެން ނުވާނެ.. އަދި ކަންކަން ނުކުރެވޭ ބަޔަކާ ބޮޑެތި ޕްރޮޖެކްޓްތައް ޙަވާލުކޮށް ޤައުމު ހުއްޓުމަކަށް ދިޔަދީގެން ނުވާނެ.. " ކާންވީއެވެ. ރައްޔަތުންނަށްވެސް ކާން ދޭންވީއެވެ."

    50
    4
  3. ބުހުތާން

    ތި ކަންކަމަކީ ނުކުރަންވީ ކަމެކޭ ނުބުނަން އެކަމަކު މިއީ ތިފަދަ ކަމެއްކުރަން އެންމެ ރަނގަޅު ދަނޑިވަޅުތޯ..ދުނިޔޭގެ އިޤްތިސާދު ދަނީ ހީނަރުވަމުން އެމެރިކާ ޑޮލަރުގެ އަގު ދަނީ ވެއްޓެމުން.....ދުނިޭގެ ތެލުގެ ބާޒާރު ސްޓެބަލްއެއް ނުވޭ... އެހެންވީމާ ފުރަތަމަ ފަށާފަ ހުރިކަމެއް ނުނިންމާ އަނެއްކާ އެތަށް ގުނައެއް ބޮޑު ޕްރޮޖެކްޓެއް މި ޢިއުލާންކުރީ ކޮބައިތޯ ފައިސާ...ރާއްޖޭ އޮތީ ދަރަނީގެ މައްޗަށް ދަރާފަ...މިހިރީ ވިސްނަން ޖެހޭކަންކަން...މޮޅެތި ބޮޑެތި ޕްރޮޖެކްޓްތައް އެއީ ރައްޔިތުންނަށް ދައްކާ ހުވަފެނަކަށްވެގެން ނުވާނެ...

    12
    31
  4. އަޑުބަރޭ

    ވެރިކަމުގެ ފުރަތަމަ ދުވަހުވެސް ބޮޑެތި ޕްރޮޖެޓްތައް އިއުލާން ކުރެވިދާނެ އެކަމަކު ހާލަތާ ވަގުތާއި އެކަމަކަށް ތަންދޭތޯ...މިހާރު މިދާގޮތުން ރާއްޖޭގައި މާލެ ސަރަހައްދު ނޫންތަނެއް އޮވެގެން ނުވާނެ ގޮތަށް ސަރުކާރުތަކުގެ ޢަމަލުތައް މިހުރީ...މިއީ ވަރަށް ބޮޑުވެއްޖެ މައްސަލައެއް މާލެ، ނޫނީ އެއްވެސްކަމެއް ކުރެވޭ ތަނެއް ނެތް ލާމަރުކަޒީއޭ، ތަރައްޤީއޭ އެއްވެސް ބަޔަކު އިސްތިސްނާއެއް ނުވާނޭ...މިހުރީ ބޭނުންކުރާ މޮޅޭތި ބަސްތައް މިއަށް ދުވަހަކުވެސް ޢަމަލެއް ނުކުރޭ

    19
    18
    • ޕްލޭން ރަނގަޅު

      ހަމީހުން އުޅޭސަރަހައްދަކު މެގަ ޕޮރޮޖެކްޓެއް ނުހިންގޭނެ ރަށެއްގަ އެއާޕޯޓެއް އަޅައިފިއްޔާ ހިންގަންޖެހެނީ ގެއްލުމުގަ އިންޖީންގެއިން ވަނީ ގެއްލުން 150 ހެލްތް ސެންޓަރު ހުރިއިރު ވާކަމެއްހަރާން މިތަން ތަން ހިންގަން ދައުލަތުގެ ބަޖެޓްގެ 70% އަށްވުރެ ބޮޑުއެއްޗެއް މިދަނީ

      15
      3
      • ރަށުތެރެ

        މާލެ ސަރަހައްދުގަ ކުރާ ހުރިހާ ކަމެއް މިކުރަން ޖެހެނީ އެހެން ސަރަހައްދުގަ ހުރި ފަޅުތަކާ ފަރުތަކާ ރަށް ތައް ވިއްކައިގެންނޭ. އެހެންވެއޭ މިތަންތަނައް ހަރަދު ނުކުރާ ވާހަކަ މިދައްކަނީ . ކަލޭމެންގެ ޖީބުން ހަރަދު ކުރާނަމަ ނޫނީ ތިސަރަހައްދުން ލިބޭ އެއްޗަކުން އެކަން ކުރާނަމަ އަހަރެމެން އެއްޗެކޭ ބުނާކަށް ނުޖެހޭނެ.

  5. ބަންބިނޯ

    ކޮންމެ ސަރުކާރުން މިކުރާކަމަކީ.. މާލޭ ސަރަހައްދުގައި ބޮޑެތި ޕްރޮޖެކްޓްތައް ހިންގައިގެން....މިތަނަށް މީހުންނަށް އަންނަން މަޖުބޫރުކުރުވައިގެން މިތަން ތޮއްޖައްސަނީ ...ހަޤީޤތުގައި މިއީ އަތޮޅުތެރޭ ރައްޔިތުންގެ އިހުސާސްތައް ސަރުކާރުތަކުން ބަލައިނުގަންނަކަން އަންގައިދޭ ފުރިހަމަ މިސާލެއް ޒަމާނުންސުރެ..މާލޭގަ ދިރިއުޅޭ މީހުންނަށް ނުނީ ޚިދުމަތްތައް ނުލިބޭގޮތަށް ދަމަހައްޓަމުން ގެންދާ އުޞޫލަށް ކޮންމެ ސަރުކާރަކުން ދަނީ ބޮޅުތައް އިތުރުކުރަމުން...މިކަމާއި ރައްޔިތުން ނުކުންނަށް ޖެހޭ އެބަ..

    10
    13
  6. ފްލެޓޭ

    ފްލެޓް ދޮންބެއޭ. އެއީ ފްލެޓް ނާޅާތީ މަލާމާތަކަށް ކީ އެއްޗެއް. ފްލެޓް އަޅަން ކުރީ ކޮން ކަމެއްތަ! ނޫސްވެރިންނޭ ނިކަން ހޭއަރައި ތިބެގެން ލިޔެ ބަލަ! މައުމޫންގެ ސަރުކާރުން ހޯދާފައި އޮތް ޕްރޮޖެކްޓެއް ފެށީ. އެ ނޫނިއްޔާ ފްލެޓް އަޅާނެ އެއްވެސް ޕްރޮޖެެކްޓެއް ތި ދޮންބޭބެ ފަށާފައި ނުހުންނާނެ. އޭގެ އެއްބައި އެޅީ ހުޅުމާލޭގައި. އަނެއްބައި އައްޑޫގައި އަޅަން ހަމަޖެއްސީ. ފަހުން ޔާމީނުގެ ސަރުކާރުގައި އޭގެ ބައެއް އަނެއްކާވެސް ހުޅުމާލެއަށް ގެނައީ. ފްލެޓް ދޮންބެ ފްލެޓް އަޅަން އުޅުނު ފްލެޓްތަކުން އަދި ނިމިފައި ހުރީ ގާކޮށްޓާއި މަޖީދީމަގުގައި ކުރީގެ އަރަބިއްޔާ ހުރި ތަނުގައި އަޅާފައި ހުރި ފްލެޓްތައް އެކަނި. އެނޫން ފްލެޓެއް އަދި އަޅާފައެއް ނެތް. އަނގައިން ކަންކަން ކުރެވުނިއްޔާ ކުރެވުނީ. އަމަލީ ގޮތުން ކަމަކަށްވާ ޒާތުގެ ކަމެއް ކުރެވިފައި ނެތް.

    22
    4
  7. އަޑުބަރޭ233

    ސަރުކާރުތަކުން މާލޭ ސަރަހައްދުގައި ހުރި ރަށްތައް ހުސްވުމުން ފަޅުތައް ހިއްކާ މިކުރާ ބޭކާރު ޚަރަދުތައް ހުއްޓާލާ... ރާއްޖޭގެ އެހެން ސަރަހައްދެއްގައި ދިވެހިންނަށް ހަމަޖެހިލައިގެން އުޅެވޭނެ ވެއްޓެއް ޤާއިމް ނުކޮށްދީ އަތޮޅުތެރޭގެ މީހުންނަށް ދުއްޕާން ޖައްސާފަ ރާއްޖެއަށް ލިބޭހާ ލާރިއެއް ކ.އަތޮޅު މާލޭ ސަރަހައްދަށް މިއަޅަނީ ކީއްކުރަންތޯ ރައްޔިތުން ވޯޓްދިނީ ހަމަ މިގޮތަށް މިކަންކަން ކުރަންތޯ...

    19
    9
  8. ނަަހީ

    ރަނގަޅު އެއްގޮތެއްވެސް ނޯންނާނެ. މީހަކު ބުނެގެނތަ ރާއްޖެތެރޭމީހުން ބޮޑުއަގުގަ ތަންތަން ހިފައިގެން މާލެއައް ނުވަތަ މާލެކައިރިއައް އަންނަނީ. ކޮންމެ ރަށެއްގެ ބޯޑެތި މަސްރޫއުތަކެއް ނުހިއްގޭނެ. ޜަށެއްގަ 1000 އެއްހާ މީހުން ތިބި ރަށެއްވެސްމަދުވާނެ.
    ޜަށެއްގެ ކަމެއްކުރަންފަށާެިރަހްބުނާނެ. މިވެނި ރަށެއްގަ އެކަންނުކުރީ ކީއްވެހޭ ސަރުކާރު ކަޑައޭ! ސުކުރު ކުރަން ދަސްކޮހްބަލަ. ކެތްތެރިވަން ދަސްކޮއްބަލަ.

    20
    6