“ފައިސާކާޑުން ކަނޑާލާ”ގެ ނަމުގައި ކުރިއަށްގެންދާ ޕްރޮމޯޝަން ލޯންޗް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖްސް: އަހުމަދު އަލީ

“ފައިސާކާޑުން ކަނޑާލާ”ގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ފައިސާ ކާޑު ބޭނުންކުރާ ފަރާތްތަކަށް އަގުހުރި އިނާމްތައް ލިބޭ ޕްރޮމޯޝަންއެއް މިއަދު ފަށައިފިއެވެ.

މިއަދުން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި އެމްއައިބީގެ ފައިސާ ކާޑު ބޭނުން ކުރާ ފަރާތްތަކުގެ ތެރެއިން ކޮންމެ 25 ރުފިޔާއަކުން މަތިން ފައިސާ ކަނޑާ ކޮންމެ ފަހަރަކު ޕްރޮމޯޝަންގައި ބައިވެރިވޭނެއެވެ. އަދި މީގެ ތެރެއިން އެންމެ ގިނައިން ޓްރާންސެކްޝަންތައް ހަދާ ތިން ފަރާތަކަށް ހާއްސަ އިނާމްތަކެއް ވަނީ ކަނޑައަޅާފައެވެ.

މި ޕްރޮމޯޝަން ތައާރަފް ކުރުމަށް މިއަދު ސިޓްރަން ރެސްޓޯރެންޓްގައި ވަނީ ހާއްސަ އިވެންޓެއް ބާއްވާފައެވެ. އެ އިވެންޓްގައި ވާހަކަދައްކަވަމުން އެ ބޭންކްގެ ހެޑް އޮފް ޗެނަލް މެނޭޖްމެންޓް މުހައްމަދު ޒިޔާއު އަހުމަދު ވިދާޅުވީ، އެމްއައިބީގެ ފައިސާ ކާޑުން ޓްރާންސެކްޝަން ހައްދަވާއިރު، 25 ރުފިޔާ އަށް ވުރެ ގިނައިން ހައްދަވާ ކޮންެމެ ޓްރާންސެކްޝަނެއް މި ޕްރޮމޯޝަންގައި ބައިވެރިވެގެން ދާނެ ކަމަށެވެ.

“ފައިސާކާޑުން ކަނޑާލާ”ގެ ނަމުގައި ކުރިއަށްގެންދާ ޕްރޮމޯޝަން ލޯންޗް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖްސް: އަހުމަދު އަލީ

"މި ޕްރޮމޯޝަންގައި އަޅުގަނޑުމެން މި ބަަލަނީ ނަމްބަރު އޮފް ޓްރާންސެކްޝަން. ހަރަދަކަށް ނޫން. އެެހެންވީމަ އެންމެ ގިނަ ޓްރާންސެކްޝަން ހައްދަވާ ބޭފުޅުންނަށް ވަރަށް އަގު ހުރި އިނާމްތަކެއް އަޅުގަނޑުމެން ވާނީ ކަނޑައަޅާފައި". ޒިޔާއު ވިދާޅުވިއެވެ.

އެގޮތުން އެންމެ ގިނަ ޓްރާންސެކްޝަން ހަދާ ފަރާތަކަށް (ދެ ބޭފުޅަކަށް) އުމްރާ ދަތުރެއް ލިބޭއިރު، ދެވަނައަށް އެންމެ ގިނަ ޓްރާންސެކްޝަން ހަދާ ފަރާތަކަށް އައިފޯން އެކްސް މެކްސްއެއް ދޭގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި ތިން ވަނައަށް އެންމެ ގިނަ ޓްރާންސެކްޝަން ހަދާ ފަރާތަކަށް ސެމްސަންގ ނޯޓު 9 އެއް ލިބޭނެއެވެ.

އެމްއައިބީގެ ފައިސާ ކާޑު ބޭނުން ކުރެވޭނެ ގޮތަށް ޕޮސް މެޝިންތަކެއް މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ އާއްމު ފިހާރަތަކާއި، ރެސްޓޯރެންޓްތަކުގައި ހުންނާނެއެވެ. އަދި އެ ބޭންކްގެ ބްރާންޗްތައް ހުންނަ އައްޑޫ ސިޓީ ހިތަދޫ އާއި، ގދ. ތިނަދޫ، ޏ. ފުވައްމުލަކު، ހދ. ކުޅުދުއްފުށީގެ ފިހާރަތަކުގައި އާއި ރެސްޓޯރެންޓްތަކުގައިވެސް އެމްއައަބީ ފޮސް މެޝިން ހުންނާނެއެވެ. އަދި މިހާރުވެސް އެ ސާވިސްއަށް އެދިލައްވަން ބޭނޭންވާ ވިޔަފާރިވެރިންނަށް ފުރުސަތު އޮންނާނެކަމަށް އެމްއައިބީން މައުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ތިތާ ސެކްސަން ތަކަށް ރަންގަޅު މީހުން ލާބަލަ.ކަމަކަށް ފޯމް ލީމަ އެކަން ދެތިން އަހަރަށް ދިގުނުދަންމާ ކަހަލަ

  2. ލާރި ހުރެެން ގިނަލާރި ހަރަދު ކުރާމީހާޔަށް ދޯ އިނާމުވެސް!!!!!

  3. ނިހާން ހަމީދު

    ޓތީ ވަރައް ރަނގަޅު ޕްރޮމޯސަނެއްކަމައް ފެނޭ