ޓެކްނޮލޮޖީގެ ކުރިއަރާފައިވާ މި ޒަމާނުގައި، ކޮންމެ މީހަކުމެ އިޚްތިޔާރުކުރާނީ އެންމެ އަވަސް އަދި އެންމެ ފަސޭހަ ގޮތެވެ. އެގޮތުން ފޯނު ނުވަތަ ޓެބްލެޓް އަވަހަށް ޗާޖުކޮށްލުމަށް އެދޭހިނދު އެކަމަށް އެންމެ އެކަށީގެންވާ އާލާތްތައް ބޭނުންކުރުމަކީ އެފަދަ ފަރާތްތަކަށް އޮތް ހަމައެކަނި ޙައްލެވެ.

ޖޯއިރޫމް ބްރޭންޑުގެ މި "ފާސްޓް ޗާޖިންގ ކޭބަލް"އަކީ އެފަދަ ފަރާތްތަކަށް ޚާއްސަކޮށްގެން އުފައްދާފައިވާ މޮޅު އުފެއްދުމެކެވެ. އެގޮތުން އެއް މީޓަރުގެ ދިގުމިން ހުންނަ، 2.4 އެމްޕަޔަރުގެ މި ކޭބަލަކީ އާދައިގެ ކޭބަލްތަކަށްވުރެ 20 ގުނަ އަވަހަށް ފޯނާއި އެނޫންވެސް އެފަދަ އާލާތްތައް ޗާޖުކޮށް ޑޭޓާ ޓްރާންސްފަރ ކޮށްލުމުގެ ޤާބިލުކަން ލިބިފައިވާ ކޭބަލެކެވެ.

މި ކޭބަލްގެ އެންމެ ޚާއްސަ ސިފައަކީ ކޭބަލް ފަރުމާކޮށްފައިވާ ޑިޒައިނެވެ. އެގޮތުން އާދައިގެ އެހެން ކޭބަލްތަކާއި ޚިލާފަށް ފަތިކޮށް، ކޮޕަރކޯރ އެއް އެކުލެވޭ ތިން ފަށަށް އަތުރާފައިވާ މި ކޭބަލަކީ އެހެން ކޭބަލްތަކަށްވުރެ ހަތަރު ގުނަ ވަރުގަދަ އަދި ފަސޭހައިން ހަލާކު ނުވާނެގޮތަށް ތައްޔާރުކޮށްފައިވާ ކޭބަލެކެވެ.

ދާދިފަހުން ރާއްޖެއަށް ތަޢާރަފްކުރި ދެވަނައެއްނެތް ޖޯއިރޫމް ބްރޭންޑުގެ މި ކޭބަލް ލިބެން ހުރީ، ފޭސްބުކް ޕޭޖް "ލިބޭ" އިންނެވެ. އެފަރާތުން މި ކޭބަލް ވިއްކާ އަގަކީ 150 ރުފިޔާއެވެ. ޕޭޖް މެދުވެރިކޮށް ޖޯއިރޫމްގެ އައިފޯން އަދި އެންޑްރޮއިޑް ކޭބަލްވެސް ލިބެން ހުރިއިރު، މި ޕްރޮޑަކްޓް ބައްލަވައި ގަތުމަށާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، 7660630 ނަމްބަރު ފޯނަށް ގުޅުމަށް އެފަރާތުން އެދެއެވެ.

ދުނިޔޭގައި ނަން ހިނގާ ޖޯއިރޫމްގެ ޕްރޮޑަކްޓްތަކަކީ އެންމެ ޒަމާނީ އަދި ފަހުގެ ޓެކްނޮލޮޖީތަކަށް ލޯބިކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން، ތަފާތު ޑިޒައިންތަކަށް ތައްޔާރުކުރާ އުފެއްދުންތެރި ޕްރޮޑަކްޓްތަކެކެވެ. ޖޯއިރޫމް އެންމެ ބޮޑަށް ފާހަގަކުރެވިފައިވަނީ އިލެކްޓްރޯނިކްސް އާއި ގުޅޭ ކޮލެޓީ އާލާތްތައް އުފެއްދުމުގައެވެ.