ދިރާގުން ފައިބަރ ބްރޯޑްބޭންޑްގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ދިރާގުން ވިދާޅުވީ މި ޕްރޮމޯޝަނުގައި ގެއަށް ފައިބަރ ކަނެކްޝަން މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން 3 މަސްދުވަސް ވަންދެން ނަންގަވާ ކޮންމެ ފައިބަރ ބްރޯޑްބޭންޑް ކަނެކްޝަނަކަށް މަހުފީގެ ގޮތުގައި ދައްކާ އަދަދުން 25 ޕަސެންޓް ޕަސެންޓް ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ.

މިދިޔަ ބުދަ ދުވަހު ފެށި މި ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ ނިޔަލަށެވެ.

ފައިބަރ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ.

ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑު، 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލަވަންސްކަމުގައިވާ 1ޓީބީގެ ޕެކޭޖް އެކުލެވިގެންވާ ޚިދުމަތެވެ.

ދިރާގުގެ ފައިބަރ ޓު ދަ ހޯމް މާލެ، ވިލިމާލެ އަދި ހުޅުމާލެ ގެ އިތުރުން 40 އެހެން ރަށަކަށް ވަނީ ފޯރުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Meenaa

    ފައިބާ ކަނެކްޝަނުންވެސް ސްޕީޑަކަށް އެއްވެސް ހަލުއިކަމެއް ނާދޭ! ނަން ރީތި. ޚިދުމަތް ޒީރޯ! ދިރާގަކަށް މި ހުރިހާ ޒަމާން ވީއިރުވެސް ކައިރީ އޮތް އިންޑިޔާގެ ރަށްފުށަށް ލިބޭ ސްޕީޑްގައިވެސް ރާއްޖެއަށް އިންޓަރނެޓް ނުދެވެނު. ވަރަށް ކުރުކޮށް މި ބުނެލީ ލައްކަ ވާހަކަ.