ބޭންކް އޮފް މޯލްޑިވްސް - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އޮޅުވާލައިގެން މަޢުލޫމާތު ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިފަދަ ކޯލްތަކަށް ސަމާލު ވުމަށް ދިވެހި ރާއްޖޭގެ ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސްއިން އެދިފިއެވެ.

މިއަދު ބޭންކް އޮފް މޯލްޑިވްސްއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ބޭންކް އޮފް މޯލްޑިވްސްގެ ނަމުގައި ގުޅާ ބައެއް ފަރާތްތަކުގެ މަޢުލޫމާތު ހޯދަމުންދާ ކަމަށެވެ. އަދި ބޭންކް އޮފް މޯލްޑިވްސްއިން މޯބައިލް ނަންބަރަކުން (ކުރިޔަށް 9 ނުވަތަ 7 އިންނަ ނަންބަރަކުން) ނުގުޅާނެ ކަމަށެވެ. އަދި މިފަދަ ކޯލްތަކަށް ސަމާލުވުމަށާއި އެއްވެސް ފަރާތަކާއި އެފަރާތެއްގެ ކްރެޑިޓް ނުވަތަ ޑެބިޓް ކާޑްގެ މަޢުލޫމާތު ހިއްސާ ނުކުރުމަށް އެދިފައިވެއެވެ.

މީގެ އިތުރުން އިންޓަރނެޓް ނުވަތަ މޯބައިލް ބޭންކިންގްގެ ޕާސްވޯޑް އަދި ޔޫސަރނޭމްގެ އިތުރުން މުޢާމަލާތް ކުރާއިރު އަންނަ ވަން-ޓައިމް ޕާސްވޯޑް(އޯޓީޕީ) އެއްވެސް ފަރާތަކާއި ހިއްސާ ނުކުރުމަށް ބޭންކް އޮފް މޯލްޑިވްސްއިން ވަނީ އެދިފައެވެ.

ފޭކް ކޯލްތަކުގެ މަޅީގައި ޖެހި ގިނަ ބައެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ދަނީ ލޫޓްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކުރަން އޮތް ކަންތައް ނުކޮށްގެން ތިއުޅެނީ ކީއްވެ؟
    ފޯނުކުރާ ނަންބަރުތައް އެނގުނީމާ ވަގުތުން ބްލޮކް ކޮށްބަލަ!!!!!