ތައިލެންޑްގައި ސިނަމާތައް ހިންގާ އެންމެ ބޮޑު އެއްކުންފުނި ކަމަށްވާ ވިޗާ ސިނެޕްލެކްސް ގްރޫޕްގެ އެއް ފައުންޑަރ ވިޗާ ޕޫލަވަރަލުޒް ރާއްޖެ އިން އަގުބޮޑު ރިސޯޓެއް ގަނެފިއެވެ.
ރާއްޖެ އިން ރިސޯޓެއް ގަނެފައިވާކަން ވިޗާ މީޑިއާ އަށް ކަށަވަރުކޮށްދިން ނަމަވެސް އެރިސޯޓްގެ ނަން ހާމަކޮށްފައެއް ނުވެއެވެ. އޭނާ ބުނީ 39 ކޮޓަރީގެ އެރިސޯޓްގެ ނަން ވަރަށް އަވަހަށް "ވީ މޯލްޑިވްސް" ގެ ނަމަށް ބަދަލުކޮށް ރިސޯޓް ހިންގުމާއި އޭނާ ހަވާލުވާނެ ކަމަށެވެ.
ވިޗާ ބުނީ ރާއްޖެއިން ރިސޯޓެއް ގަންނަން ބޭނުންވީ ރާއްޖޭގައި ޗުއްޓީއެއް ހޭދަކުރަން އައިސްފައި ފުރަތަމަ ފަހަރުން ރާއްޖެއަށް ލޯބި ޖެހިގެން ކަމަށެވެ.
"އަހަރެން ފުރަތަމަ ވެސް ލޯބި ޖެހުނީ މިރަށަށް. ވަގުތުން ރިސޯޓްގެ ވެރިޔާ އާއި ވާހަކަދައްކައިގެން އަހަރެން މިރިސޯޓް ގަތީ" ވިޗާ ބުންޏެވެ.
ވިޗާ ބުނީ އޭނާ ގަނެފައިވާ ރިސޯޓަކީ ބައިނަލްއަޤުވާމީ ގިނަ އެވޯޑްތައް ހޯދާފައިވާ ރިސޯޓެއް ކަމަށާއި އެއީ ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލް ރިސޯޓެއް ކަމަށެވެ.
ތައިލެންޑްގެ ކުންފުނިތަކުން މިހާރު ވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ވަނީ ބޮޑެތި އިންވެސްޓްތަކެއް ކޮށްފައެވެ. ހާއްސަކޮށް ތައިލެންޑްގެ ސިންގާ އެސްޓޭޓް އިން ރާއްޖޭގައި ކޮށްފައިވާ ބޮޑު އިންވެސްޓްމަންޓް ފާހަގަ ކޮށްލެވެއެވެ. އެކުންފުނީގެ އިތުރުން ތައިލެންޑްގެ މައިނާ ގްރޫޕާއި ސެންޓާރާ ހޮޓެލް އިން ވެސް ރާއްޖޭގައި ރިސޯޓްތައް ހިންގައެވެ.
ތައިލެންޑްގެ މީޑިއާގައި ބުނެފައި ވަނީ ރާއްޖޭގެ އެއާޕޯޓް ތަރައްޤީކޮށް އަހަރަކު ހަތް މިލިއަން ފަތުރުވެރިން ރާއްޖެ ގެންނަން މިހާރު އަމާޒު ހިފާފައި ވާތީ ރާއްޖެ އަކީ ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓް ކުރަން ވަރަށް ރަނގަޅު ގައުމެއް ކަމަށެވެ.
ތިޔަހުރިހާކަމެއް ހޯދައިދިނީ ހިންގުންތެރިވެރިއަކު ފަސް އަހަރު މިގައުމުގެ ވެރިކަންކުރީމައި! މިހާރު ވެރިކަމުގައިތިބި ބައިގަޑު އަނެއްކާވެސް 10 ރަށް ރާއްޖެ ފަހަތައް ޖައްސާނެ!
ތީ ޝައްކެތްވެސް އޮތް ކަމެތް ނޫން.
ތިޔާބުނީ ހެއުކޮށް.
ދެރައީ ތިޔަ ތައިލޭންޑް ސަގާފަތް ދިވެހިރާއްޖެ ސަގާފަތުގެ ނަމުގައި ގެސްޓުންނަށް ލިބޭނެތީ
ވަރަށް ފާޑު މީ ސޮނޭވާ ގިއްޔާ އިނގޭ! ލަންކަން ފިނޮޅުގަ ހިންގާ ސާޅީހަކަށް ކޮޓަރީގެ ރިޝޯޓެއް އެއީ!
ހިންގަން ނޭގުނު ބޮޑު ވަގެއް ގައުމު ދަވާލީ
ރާއްޖޭގެ ރިޒޯޓްތައް ހަދާފައިވާ ރަށްތަކެއް ބޭރުގެ މީހުންނަކަށް ނުވިއްކޭނެ އެހެންނެއްނޫން އެރިޒޯޓެއް ކުއްޔަށް ދެވިދާނެ ބިމަކީ ރައްޔިތުންގެ އެއްޗެއް، ބޮޑެތި މަހުޖަނުންގެ ނަމުގައި ހުރިހާ ރިޒޯޓެއް މިއީ ރާއްޖޭގެ ބިންބިމާ ފަޅުތައް ވިއްކުމެއްނޫންތަ، ނޫސްވެރިން މިކަމާ ވާހަކަ ގިނަގިނައިން ދައްކަބަލަ................
އަލްހަމްދުﷲ ވަރައްއުފާވެަްޖެ
ޢެއީ މިރިހި