ދުވާލު ހަތަރުދަމު މަސައްކަތްތަކުގައި މަސްއޫލުވެ އުޅުމަށްފަހު، ކޮންމެ މީހަކުމެ ހަމަ ނިދި ބޭނުންވާނެއެވެ. އެހެން ނަމަވެސް އެކި ސަބަބުތަކާއި ހުރެ ނިދަން އުނދަގޫވެ ހަމަ ނިދިން މަހުރޫމު ވުމަކީ ވަރަށް ގިނަ ބަޔަކަށް ކުރިމަތިވާ ބޮޑު މައްސަލައެކެވެ. މި މައްސަލައަށް ޙައްލު ހޯދުމުގެ ގޮތުން އެއް ބަޔަކު އެކި ކަހަލަ ބޭސްތައް ބޭނުންކުރާއިރު، އަނެއް ބަޔަކު ނުނިދައި އެއް ދުވަސް ނުވަތަ ދެ ދުވަސް ހޭދަ ކުރުމަށްފަހު ނިދުމުގެ އާދަ ގެންގުޅެއެވެ. ނަމަވެސް މިފަދަ ކަންކަމުގެ ސަބަބުން ސިއްހަތަށް ހީވެސް ނުކުރާހައި ގިނަގުނަ ގެއްލުންތަކެއް ކުރިމަތި ކުރުވައި އެކި ކަހަލަ ނުރައްކާތަކަށް މަގުފަހު ކުރުވައެވެ.

ހަމަ ނިދި ނުލިބުމުން، ސިއްހަތަށް ގެއްލުން ލިބޭފަދަ ކަންކަމާއި އާދަތަކުން ދުރުހެލިވާން ޖެހެއެވެ. އަދި ފަސޭހަކަމާއި އެކު ނިދާލުމަށް އެހިތެރިވެދޭ ގުދުރަތީ ވަސީލަތްތައް އިޚްތިޔާރު ކުރަން ޖެހެއެވެ. ދާދި ފަހުން ރާއްޖެއަށް ތަޢާރަފް ކޮށްފައިވާ "ފުޓަވަން - ގުޑްނައިޓް ޕިލޯ ސްޕްރޭ" އަކީ އިސްވެ ފާހަގަކުރެވުނު މައްސަލަތަކަށް މިވަގުތު ރާއްޖެއިން ލިބޭ އެންމެ އިތުބާރުހުރި އުފެއްދުމެވެ. މިއީ ނިދަން އުނދަގޫވެ، ނިދާލަން ބޭނުންވާ ވަގުތުތަކުގައި ނިދި ލިބުމުން މަހުރޫމުވާ ފަރާތްތަކަށް އޮތް އަވަސް ފަރުވާއެކެވެ.

ހަމައެކަނި ފަތްޕިލާވެއްޔާއި ގުދުރަތީ ވަސީލަތްތައް ހިމަނައިގެން އުފައްދާފައިވާ މި ސްޕްރޭއަކީ ހިތްހަމަޖެހުމާއި އެކު އަރާމު ނިންޖެއް ހޯދުމަށް ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށްގެން އުފައްދާފައިވާ އާދަޔާއި ޚިލާފު، މޮޅު ސްޕްރޭއެކެވެ. މި ސްޕްރޭގައި އެކުލެވޭ ގުދުރަތީ މާއްދާތަކުގެ ސަބަބުން، އަވަހަށް ނިދަން ފަސޭހަވެ މީހާއަށް ތާޒާކަން ގެނުވައިދެއެވެ. މީގެ އިތުރުން މި ސްޕްރޭއަކީ އޭގައި ހިމެނޭ މުހިންމު ބައިތަކުގެ ސަބަބުން ނޭވާލާން ފަސޭހަވެ ހޭލާއިރުވެސް މީހާ ތާޒާކޮށްލުމަށް އެހީވާ އުފެއްދުމެކެވެ.

ލެވެންޑާ އާއި ރޯޒްމެރީ އެކުލެވޭ ގޮތަށް އުފައްދާފައިވާ "ފުޓަވަން - ގުޑްނައިޓް ޕިލޯ ސްޕްރޭ" ކޮންމެ ދުވަހަކު ދެ ފަހަރެއްގެ މަތިން ބޭނުން ކުރުން އެންމެ ރަނގަޅެވެ. އެގޮތުން ނިދަން އޮށޯތުމުގެ ކުރީން، އެއް ފަހަރު ނުވަތަ ދެ ފަހަރު ބާލީހަށް ސްޕްރޭކޮށްލުން ރަނގަޅުވާނެއެވެ. ނަމަވެސް ހަމަ ނިދި ލިބުމަށް ފަހުވެސް މި ސްޕްރޭ ބޭނުން ކޮށްގެން ނިދަން މަސައްކަތް ކުރުމަކީ އޭގެ މާބޮޑު ނަތީޖާއެއް ފެންނާނެ ގޮތެއް ނޫނެވެ. މި ސްޕްރޭ ބޭނުން ކުރުން އެންމެ ރަނގަޅީ ނިދާ ވަގުތުތަކުގައި އެކަންޏެވެ.

ގިނަ ބައެއްގެ މެދުގައި މަޤުބޫލު އަދި އެތައް ބައެއްގެ އިތުބާރު ހޯދާފައިވާ "ފުޓަވަން - ގުޑްނައިޓް ޕިލޯ ސްޕްރޭ" ގެ 100 އެމްއެލް ފުޅި، ފޭސްބުކް ޕޭޖް "ލިބޭ" އިން ލިބެން ހުންނާނެއެވެ. މި ޕްރޮޑަކްޓު ބައްލަވައިގަތުމާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، 7660630 ނަމްބަރު ފޯނަށް ގުޅުމަށް ނުވަތަ "ލިބޭ" ޕޭޖަށް މެސެޖު ކުރުމަށް އެފަރާތުން އެދެއެވެ. މި ޕްރޮޑަކްޓު މާލެއިން ބައްލަވައިގަންނަވާ ފަރާތްތަކަށް އިތުރު އަގަކާއި ނުލާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް "ލިބޭ" އިން ފޯރުކޮށްދެއެވެ.

"ފުޓަވަން - ގުޑްނައިޓް ޕިލޯ ސްޕްރޭ" ގެ 100 އެމްއެލް ފުޅި، "ލިބޭ" ގެ އިތުރުން ހުޅުމާލޭ ސަމަރ ސްޕޯޓްސް (ލޮޓް ނަމްބަރު: 10597، ހިތިގަސް މަގު) ފިހާރައިން ވެސް މިހާރު ލިބެން ހުންނާނެއެވެ. މި ސްޕްރޭގެ އިތުރުން ލިބޭ އިން ވިއްކާ އިތުބާރުހުރި ގިނަ ޕރޮޑަކްޓުތައްވެސް އެ ފިހާރައިން މިހާރު ލިބެން ހުންނާނެއެވެ.