ތުރުކީ ކުންފުންޏަކުން އުފައްދަމުން އަންނަ މޮޅު އައިސްއަލަމާރި އެސްޓާސް އިން ރާއްޖެެއަށް ތައާރަފްކޮށްފިއެވެ.

ތުރުކީގެ އުގުރް ކުންފުނިން އުފައްދާ މި އައިސް އަލަމާރީގެ އެކި ސައިޒެއް އެސްޓާސް އިން މިހާރު ލިބެން ހުންނާނެއެވެ.

އެގޮތުން އެސްޓާސް އިން ވިއްކާ 345 ލީޓަރުގެ އައިސްއަލަމާރި 9999ރ. އަށް ލިބޭނެއެވެ. އަދި 629 ލީޓަރުގެ އައިސްއަލަމާރި 18999 ރުފިޔާއަށް އެބަހުއްޓެވެ.

އަދި 227 ލީޓަރުގެ ޑީފްރީޒަރު 8999 ރުފިޔާ އަދި 313 ލީޓަރުގެ ޑީފްރީޒަރެއް ލިބެން ހުރީ 10499 ރުފިޔާ އަށެވެ. އަދި 345 ލީޓަރުގެ ބޮޑު އައިސްއަލަމާރިއެއް 19999 ރުފިޔާއަށް ލިބޭނެއެވެ.

މިހާރުވެސް ދުނިޔޭގެ 142 ގައުމަކަށް އެތެރެ ކުރަމުން އަންނަ މި ބްރޭންޑްގެ އައިސް އަލަމާރިއަކީ، ކަރަންޓް ހަރަދު ކުޑަ، ތިމާވެއްޓާއި ރައްޓެހި އަދި ގިނަ ދުވަހަށް ބޭނުން ކުރެވޭނެ އައިސް އަލަމާރިކަމަށް އެސްޓާސް އިން ބުންޏެވެ.

އަދި މިއީ އެތައް ބައެއްގެ އިތުބާރު ހިފޭ ބްރޭންޑެއްގެ އައިސް އަަލަމާރިއެވެ. މަޝްހޫރު ކުންފުނިތަކުންވެސް މި ބްރޭންޑްގެ އައިސްއަލަމާރި ބޭނުން ކުރާކަން ފާހަގަކޮށްލެވެއެވެ. އޭގެ ތެރޭގައި ކޮކާކޯލާ، ނެސްޓެލް ފަދަ ބޮޑެތި ކުންފުނިތައް ހިމެނެއެވެ.

އެސްޓާސް އިން މި ބްރޭންޑްގެ އައިސް އަލަމާރި ލިބެން ހުންނައިރު، މިހާރުވެސް އެ ފިހާރައިން އޯޑަރު ކުރެވޭނެއެވެ.