އެސްޓާސްއަކީ ކޮންމެ އަހަރަކުވެސް ރޯދަމަހާއި ދިމާކޮށް ބޮޑެތި ޑިސްކައުންޓާއެކު "ރޯދަ ސޭލް" ކުރިއަށްގެންދާ ކުންފުންޏެކެވެ. މިފަހަރުވެސް އެސްޓާސް އިން ރޯދައާ ދިމާކޮށް، ރޯދަ ސޭލް މި ވަނީ ފަށައިފިއެވެ.

އެސްޓާސްގައި ހުރި ޓީވީ އާއި ބައެއް ސާމާނު - ވަގުތު އިމޭޖްސް: އިބްރަހިމް ޝާބިލް

އެގޮތުން މި ދުވަސްވަރަކީ ގޭތެއަށް ބޭނުންވާ ސާމާނާއި، ބަދިގެއަށް ބޭނުންވާ ސާމާނު އާ ކޮށްލާ ފަހަރަކަށްވުމުން، ދާންވީ އެސްޓާސް އަށެވެ. އެތަނުގައި އެ ހުރިހާ އެއްޗެއް އެބަހުއްޓެވެ.

އެސްޓާސްގައި ހުރި ސޯފާ ސެޓްތައް - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ބެޑްރޫމް ސެޓާއި ސޯފާ ސެޓް، ބަދިގެ އާކޮށްލަން ބޭނުންވާ ތަށި ތެލިން ފެށިގެން، ބަދިގެއަށް ބޭނުންވާ އައިސްއަލަމާރި އާއި އެކި ވައްތަރުގެ ޕްރޮޑަކްޓްތައް ހުރީ ރޯދައަށް އަގު ހެޔޮ ކޮށްފައެވެ. އޭގެ އިތުރުން ދޮންނަ މެޝިނާއި، އޭސީ އާއި ޓީވީ އާއި މި ނޫންވެސް އެތައް ސާމާނެއް އެސްޓާސްގައި އެބަހުއްޓެވެ.

އެސްޓާސްގައި ހުރި ބަދިގެއަށް ބޭނުންވާ ބައެއް ސާމާނުތައް - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

މީގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ ކަމަކީ ދުނިޔޭގެ ނަމްބަރު އެކެއް ބްރޭންޑް މިޑިއާގެ ޕްރޮޑަކްޓްތައްވެސް މި ރޯދަ ސޭލްގައި އަގުހެޔޮކޮށްފައިވާ ކަމެވެ.

އެސްޓާސްގައި ހުރި ބައެއް ދޮންނަ މެޝިންތައް - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ދިވެހިންގެ އިތުބާރު ހޯދާފައިވާ، އެސްޓާސް އަކީ އަބަދުވެސް ގޭތެރެއަށް ބޭނުންވާ ސާމާނުތައް އެންމެ ހެޔޮ އަގުގައި ލިބޭ ފިހާރައެވެ. އެހެންކަމުން މިތަނަށް ވިޔަފާރި ކުރުމަށް އެތައް ބަޔަކު ދާއިރު، ހާއްސަ ޕްރޮމޯޝަންތަކުގައި މިތަނުން ވިއްކާ ޕްރޮޑަކްޓްތަކުން ބޮޑެތި ޑިސްކައުންޓްތައް ލިބޭތީ އެތައް ބައެއްގެ ޖީބަށް ލުއި ވެގެން ދެއެވެ.

އެސްޓާސްގައި ހުރި ބެޑްރޫމް ސެޓްތައް - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އެސްޓާސްގެ މި ފަހަރުގެ ރޯދަ ސޭލްގައި ވިއްކަން ހުރި ސާމާނާއި، އަދި ހުރި ޕްރޮޑަކްޓްތަކުގެ މައުލޫމާތު އެސްޓާސް ވެބްސައިޓް މެދިވެރިކޮށް ބަލާލެވޭނެއެވެ.

އެސްޓާސްގެ މާލެ ފިހާރަ ހުންނާނީ އަމީރު އަހުމަދު މަގުގައެވެ. އަދި ހުޅުމާލެ ފިހާރަ ހުންނަނީ ޓްރީޓޮޕް ހޮސްޕިޓަލް ކައިރީގައެވެ.