ކައުންސެލިން ސްކިލްސް އަކީ ހަމައެކަނި ކައުންސެލިންގެ ޙިދުމަތް ދޭ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ސްކިލްސް ތަކެއް ކަމަށް ޤަބޫލުކުރުމަކީ ކުންހީއެކެވެ. އޮފީސްތަކުގެ އެޗްއާރ މަސައްކަތް ކުރައްވާ ބޭފުޅުންނާއި، ސްކޫލްތަކުގެ ޓީޗަރުންނާއި، ހޮސްޕިޓަލްގައި ތިއްބަވާ ނަރުހުންނާއި، އެމަރޖެންސީގައި ތިއްބަވާ ޑޮކްޓަރުންނާއި މުވައްޒަފުންނަށް ވެސް، ކައުންސެލިންގެ މައިގަނޑު ހުނަރުތަށް ލިބިފައި ހުރުމަކީ ވަރަށް މުހިންމު އަދި އެހާމެ ބޭނުންތެރި ކަމެއް ކަމުގައި ވިމެން ސެންޓަރުގެ މެންޓަލް ހެލްތް ޓީމުން ޤަބޫލުކުރެއެވެ.

ނަފްސާނީ ޑޮކްޓަރެއް ނުވަތަ ނަފްސާނީ މާހިރެއްގެ ފަރުވާ ލިބެންދެން، ފަސްޓް ރެސްޕޯންޑާރސްގެ ގޮތުގައި ކައުންސެލިންގެ ހުނަރު ލިބިފައިވާ މުވައްޒަފުން ތިބުން ވަރަށް މުހިންމެވެ. ވަޒީފާގެ މާޙައުލުގައި ދިމާވާ އެކި އެކި ކަންތައްތަކުން މީހާ ސްޓްރެސްވެ، ހާސްވެ ކަންބޮޑުވެ، ވަޒީފާ މަތިން ފޫހިވާ ފަދަ ޙާލަތްތަކުގައި، އެ ވާހަކަތަށް ޙިއްސާކޮށްލެވޭނޭ ޓްރެއިންޑް މީހަކު އޮފީހުގެ މާޙައުލުގައި ހުރުމަކީ ހަމަގައިމުވެސް އެހީތެރިކަން ބޭނުންވާ ފަރާތަށް ވަރަށްބޮޑު ލުޔެއް ލިބިގެންދާނޭ ކަމެކެވެ.

މިގޮތުން، މި މަޤްސަދުގައި "ކައުންސެލިންގ ސްކިލްސް" ގެ ނަމުގައި ވިމެން ސެންޓަރއިން 14 ދުވަހުގެ ތަމްރީން ޕްރޮގްރާމެއް މިވަނީ ހުޅުވާލައިފިއެވެ. މި ޕްރޮގްރާމަކީ 1 އޭޕްރީލް 2019 އިން ފެށިގެން، ވިމެން ސެންޓަރގެ ޓްރެއިނިންގ އިންސްޓިޓިއުޓް، އިންސްޓިޓިއުޓް ފޯ ވެލްނެސް އެޑިއުކޭޝަނުން ހިންގުމަށް ހަމަޖެހިފައިވާ ކޯހެކެވެ.

މިޕްރޮގްރާމުގައި، ކައުންސެލިން ނުވަތަ ސައިކޮލަޖީ ދާއިރާއިން ތަޢުލީމު ހާސިލު ކޮށްފައިވާ ތިބި ކުދިންނަށް ރިފްރެޝަރ ކޯހެއްގެ ގޮތުގައި ވެސް ބައިވެރިވެވޭނެއެވެ. މިޕްރޮގްރާމްގައި އަމަލީ ގޮތުން ތަޖްރިބާ ބައިވެރިންނަށް ލިބިގެންދާނޭ ކަމުގެ ޔަޤީންކަން ވިމެންސެންޓަރ އިން އަރުވައެވެ. ކޯހުގައި ކިޔަވައި ދެއްވާނީ ކައިންސިލިންގ ދާއިރާއިން މަތީ ތަޢުލީމި ޙާސިލުކޮށް، ދާއިރާގެ ތަޖުރިބާ ލިބިފައިވާ ބޭފުޅުން ކަމުގައި ވިމެންސެންޓރ އިން މަޢުލޫމާތު ދެއްވައެވެ.

މާރިޗު 10 14 އަށް މި ކޯހުގެ ފުރަތަމަ ބެޗް، މިނިސްޓްރީ އޮޕް އެޑިޔުކޭޝަނާއި ގުޅިގެން އަތޮޅުތަކުގެ ސްކޫލް ކައުންސިލަރުންނަށް ވަނީ ބާއްވާފައެވެ. މި ޕްރޮގްރާމާއި ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ވިމެން ސެންޓަރ ގެ ފޭސްބުކް ޕޭޖުން އަދި 7318383 އަށް ގުޅުއްވުމުން ވެސް ލިބިލައްވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އާނާ

    އެންމެ ރަނގަޅު ވާނީ ކޮންމެ މަންމަ އެއް ތިބުނާ ކައުންސެލިން ދަސްކުރުން

    10
  2. ރަށުމީހާ

    މައްސަލައަކީ ތިހުރިހާ ކަމެއްވެސް މާލޭގަ ބާއްވާތީ... ރަނގަޅުވީސް ރާއްޖެތެރެއްވެސް ތިކަހަލަ ފުރުސަތުތައް ދޭނަމަ... ވީ ރާއްޖެތެރޭ ޕީޕަލް އޯލްސޯ ނީޑް ދީސް އޮޕޮޗުނިޓީސް...