ތިލަފުށި މިހާރު ވަނީ ވިޔަފާރިވެރިން ބޭނުންވާ ފަދަ މާހައުލަކަށްވެފައިވާކަމަށާއި އެކަންވެސް ކޮއްދެއްވީ ރައީސް ޔާމީންކަމަށް ތިލަފުށި ކޯޕަރޭޝަނުން ބުނެފިއެވެ.

ތިލަފުށި ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރު އަހުމަދު ނާސިފް ވިދާޅުވީ، ތިލަފުށި ވިޔަފާރީވެރިންނަށް ފަސޭހައިން މަސައްކަތް ކޮށްލެވޭނެ ވަރުގެ ތަނަކަށް މިހާރުވެފައިވާކަމަށެވެ. އެގޮތުން މީގެ ކުރިން ނުލިބޭ ގިނަ ހިދުމަތްތަކެއް މިހާރު ލިބެމުން އަންނަކަަމަށް ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރަމުން އަންނައިރު، ޖެޓީގެ ހިދުމަތް 24 ގަޑިއިރަށް ލިބުމައި، ފުލުހުން ހަރަކަތްތެރިވާ ތަނަކަށްވެ، އިންޑަސްޓްރިއަލް ޒޯނަށް ދާ މަގުވެސް ހެދި، އެތަނަށް ފެނާއި ކަރަންޓްވެސް ދެވިފަައެވެ. ތިލަފުށި އިންޑަސްޓްރިއަލް ޒޯނަކީ ފެނާއި ކަރަންޓް ނުލިބި މީގެ ކުރިން ގިނަ ބަޔަކު ހަރަކާތްތެރިވި ތަނެކެވެ. ނަމަވެސް މި ސަރުކާރުން އެކަންވެސް މި ވަނީ ފަހިކޮށްދީފައެވެ.

ފޮޓޯ: ތިލަފުށި ކޯޕަރޭޝަން

"ތިލަފުށީގެ އާއްމުކޮށް ބޭނުންކުރާ މަގުތަކުގެ ހާލަތު ދެރަކަމުން ވެހިކަލް ހަލާކުވުމުގެ ވާހަކަދެކެވުމައި، އެކަމުގެ ޝަކުވާ ވަރަށް އޮވޭ. މިއަދު ކެނޑީ ނޭޅި ތިލަފުށިގެ މަރާމާތުގެ މަސައްކަތް ކުރެވެމުން ދަނީ. އެހެންވީމަ އެއްގޮތަކަށް މިހާރު ނާދޭ". އެމްޑީ ނާސިފް ވިދާޅުވިއެވެ.

ނާސިފް ވިދާޅުވީ، މިހާރު ތިލަފުއްޓަކީ ސަލާމަތީ ކަންތައްތައް ހުރި، މަގުތަކުގެ އަލިކަން ހުރި ވިޔަފާރިވެރިންނާއި ރަހުމަތްތެރި ތަނެއް ކަމަށެވެ. އަދި ތިލަފުށީގައި ކްލިނިކެއް ގާއިމް ކުރުމާއި، ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމްގެ މަސައްކަތް ފަށައިގަތުމުގެ ތައްޔާރީތައް ވަމުންދާ ކަމަށްވެސް ނާސިފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަފީސް

    ތިލަފުށި ތިލަފުއްޓަކަށް ހަދައި ދެއްވީ ރައީސް ޔާމީންގެ ޒައާމަތުގައި ކަން މުޅި ރާއްޖެ ހެކިވާނެ!
    ޝުކުރިއްޔާ ތިލަފުށި ކޯޕަރޭޝަންގެ ހީވާގި އެމްޑީ އަހުމަދު ނާސިފް.

  2. މުހައްމަދު ޢާދިލް

    މީގެ ކުރިން ތިލަފުއްޓޭ ބުނީމާ ހިތަށް ވަންނަނީ ވަރަށް މުޑުދާރު ކުނި ރަށެއްގެ ގޮތުގައެވެ.ނަމަވެސް މިއަދު އަޅުގަނޑުމެން އުފާވޭ ތިލަފުއްޓަށް ޒިޔާރާތް ކުރާމީހުންގެ ދުލުން އޮހޭ ތައުރީފުން. މިހުރިހާ ހައްޤު ޝުކުރެއް
    ޙާއްސަވާ ފަރާތަކީ އަދުގެ އިޤްތިޞާދީ ޒައީމް ރައީސް ޔާމީނަށެވެ.
    ހަމަ އެހެންމެ ތިލަފުށި ހިންގެވުމާއި ހަވާލުވެ ހުންނެވި ޒުވާން މެނޭޖިންގ ޑައިރެކްޓަރު އަހުމަދު ނާސިފަށެވެ.

  3. ޑޯނާ

    ތިލަފުށި ކޯޕަރޭޝަންގެ ހީވާގި މުއައްޒަފުން ކުރެއްވި ބުރަ މަސައްކަތަށް ޝުކުރު ދަންނަވަން