އުމުރުން ދުވަސްވާ ވަރަކަށް މުސްކުޅިވުމާއި ސިފަ ގެއްލުމަކީ އިންސާނީ ފިތުރަތެވެ. އެއީ ދުނިޔޭގެ ބަދަލެއް ނުވާ އާދައެވެ. އެގޮތުން އެންމެ އަވަހަށް ފެންނާން ފަށަނީ އިންސާނާގެ މޫނާއި ޚާއްސަކޮށް މޫނުގެ ހަންގަނޑަށް އަންނަ ބަދަލެވެ. ނަމަވެސް އުމުރަށް އަންނަ ބަދަލަށްވުރެ އަވަހަށް ހަންގަނޑު ބަދަލުވެ ޒުވާންކަން ގެއްލި ދާ ދިއުމަކީ ތަފާތު ވާހަކައެކެވެ. އެއީ ތިމާ ގެންގުޅޭ އާދަތަކާއި އުސޫލުތަކެއްގެ ތެރެއިން "ކޮންޓްރޯލް" ކުރެވިދާނެ ކަމެކެވެ. އުމުރުން ދުވަސްވުމުން އަންނަ ފަދަ ބަދަލާއެކު، ޒުވާން އުމުރުގައި ހަންގަނޑުގެ ތާޒާކަން ގެއްލި ހަންގަނޑުގައި ރޫޖެހުމަކީ ގިނަ ބަޔަކަށް ކުރިމަތިވާ މައްސަލައެކެވެ. މިއީ ޒުވާން ސިފަ އެންމެ އަވަހަށް ގެއްލި، ޒުވާން އުމުރުގައި މުސްކުޅި ކަމަށް ދައްކާން ދިމާވާ މައިގަނޑު ސަބަބުތަކެވެ.

އެހެންކަމުން އެފަދަ މައްސަލަތަކާއި ކުރިމަތިލާން ޖެހޭ ފަރާތްތަކަށް ޒުވާންކަން އިތުރުކޮށް ރީތިކަން ދެމެހެއްޓުމަށް މިފަހަރު މިއޮތީ ޙައްލެކެވެ. ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އޮންލައިން ވިޔަފާރިކުރާ "ލިބޭ" އިން މިހާރު ވިއްކަމުންދާ ފޭޝަލް ސްކިން ކެއާ ޕްރޮޑަކްޓުތަކަކީ، ޒުވާން ސިފަ ދެމެހެއްޓުމަށް ޚާއްސަ ޕްރޮޑަކްޓުތަކެކެވެ. މިގޮތުން "ލިބޭ" އިން މިހާރު ވިއްކަމުންދާ ބައެއް ޕްރޮޑަކްޓުތައް ތިރީގައި އެ ވަނީއެވެ.

ފިރިހެނުންނަށް ޚާއްސަ: ލޯރިއަލް - މެން އެކްސްޕާޓް (އެންޓި އޭޖިންގ) އައި ސެރަމް އަދި ކްރީމް

 

ލޯ ކައިރީގެ ހަންގަނޑަކީ އެންމެ އަވަހަށް ޒުވާން ސިފަ އާއި ކުޅެލާ އެންމެ ނާޒުކު ހަންތައް ހިމެނޭ އެއް ބައެވެ. އެހެންކަމުން ލޯ ކައިރީގެ ހަންގަނޑުގެ ތާޒާކަން ހިފެހެއްޓުމަކީ ތިމާގެ ރީތިކަމާއި ޒުވާންކަމާއި ނުހަނު ބޮޑަށް ގުޅިފައިވާ އެއް ކަމެވެ. "ލިބޭ" އިން މިހާރު ވިއްކަމުންދާ، ލޯރިއަލް ބްރޭންޑުގެ މެން އެކްސްޕާޓް އެންޓި އޭޖިންގ އައި ސެރަމް އަދި އެންޓި އޭޖިންގް އައި ކްރީމް އަކީ މި ބޭނުމުގައި އުފައްދާފައިވާ، ފިރިހެނުންނަށް ޚާއްސަ ދެ ޕްރޮޑަކްޓެވެ. މި ދެ ބާވަތަކީ ލޯ ކައިރީގައި ރޫޖެހި ހަންގަނޑު ތުނިވެފައި ހުންނަ ހުރުމުން ސަލާމަތްކޮށްދީ އެކަމަށް ފަރުވާކޮށްދޭ އެތައް މާއްދާއެއް ހިމަނައިގެން އުފައްދާފައިވާ އުފެއްދުން ތަކެކެވެ.

ހަންގަނޑުގެ ތާޒާކަން އިތުރުކޮށް ޒުވާންކަން ދެމެހެއްޓުމަށް އެދޭނަމަ އެންމެ ބޮޑަށް ސަމާލުކަންދޭން ޖެހޭ އެއް ކަމަކީ، ހަންގަނޑަށް ގެއްލުން ދެނިވި ބައިތަކާއި އެފަދަ އުފެއްދުންތަކާއި ދުރުވުމެވެ. ދުނިޔޭގައިވެސް އެންމެ ހިނގާ މަޝްހޫރު އެއް ބްރޭންޑުކަމަށްވާ ލޯރިއަލްގެ މެން އެކްސްޕާޓް އެންޓި އޭޖިންގ އައި ސެރަމް އަދި އެންޓި އޭޖިންގް އައި ކްރީމް އަކީ އެފަދަ މާއްދާތައް ނުހިމެނޭ ގޮތަށް ކޮންމެ ކަހަލަ ހަންގަނޑަކާއިވެސް އެކަށީގެންވާގޮތަށް ތައްޔާރުކޮށްފައިވާ ފައިދާކުރަނިވި ދެ ޕްރޮޑަކްޓެވެ.

މި ދެ ޕްރޮޑަކްޓަކީ، ބޭނުންކުރުމުން ހަންގަނޑުގެ ތެރެއަށް އޭގައިވާ މުޙިންމު ފައިދާ ކުރަނިވި ބައިތައް ދަމައިގަންނަ ގޮތަށް ތައްޔާރުކޮށްފައިވާ ދެ ބާވަތެވެ. އަދި މި ބާވަތްތައް ބޭނުން ކުރުމުން ވަގުތުން މޫނުގެ ތާޒާކަން އިތުރުވެގެންދާ ކަމަށް ތަޖުރިބާގެ އަލީގައި ގިނަ ބަޔަކު ބުނެއެވެ. ކޮންމެ ދުވަހެއްގެ ހެނދުނާއި ރޭގަނޑު މި ބާވަތްތައް ބޭނުންކުރުމަކީ އެންމެ އެދެވިގެންވާ ގޮތެވެ. ނަމަވެސް ލޯ ކައިރީގައި މި ކްރީމް ނުވަތަ ސެރަމް އުނގުޅާއިރު ލޮލުގެ ތެރެއަށް އޭގެ އަސަރު ނުކުރާ ވަރަށް ހޭކުމަށް ސަމާލުކަން ދޭންވާނެއެވެ. އަދި މި ބްރޭންޑުގެ ކްރީމް ހޭކުމުގެ ކުރީން އޭގެ ސެރަމް ބޭނުންކޮށްގެން ރަނގަޅަށް ލޯކައިރި މަސާޖުކޮށްލުމަކީ ރަނގަޅު ގޮތެވެ.

އަންހެނުންނަށް ޚާއްސަ: ޕޯންޑްސް - (އޭޖް މިރަކަލް) އައި ކްރީމް، ޑޭ ކްރީމް އަދި ނައިޓް ކްރީމް

ޕޯންޑްސް ބްރޭންޑުގެ ބާވަތްތަކަކީ ދިވެހީންގެ ތެރޭގައި އާއި އަދި މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް ހިނގާ އިތުބާރު ހުރި ބާވަތްތަކެކެވެ. ހަންގަނޑުގެ ރައްކާތެރިކަމާއި ރީތިކަމަށް އެންމެ އެކަށީގެންވާ ގޮތަށް އުފައްދާފައިވާ މި ބްރޭންޑުގެ ސްކިން ކެއާ ޕްރޮޑަކްޓުތަކަކީ ދާދި އަވަހަށް އޭގެ ފައިދާކުރަނިވި ނަތީޖާ ދައްކައިދޭ މޮޅު ޕްރޮޑަކްޓުތަކެއް ކަން ގިނަ ބަޔަކު ޤަބޫލު ކުރެއެވެ.

މިހާރު "ލިބޭ" އިން ވިއްކާ ޕޯންޑްސް ބްރޭންޑުގެ (އޭޖް މިރަކަލް) އައި ކްރީމް، ޑޭ ކްރީމް އަދި ނައިޓް ކްރީމް އަކީ އަންހެނުންގެ ހަންގަނޑަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ތިން ބާވަތެކެވެ. އެގޮތުން މޫނުގެ ހަންގަނޑުގެ ޒުވާންކަމާއި ރީތިކަން އިތުރުކޮށް އެގޮތުގައި ދެމެހެއްޓުމަށް މި ތިން ބާވަތަކީ ވަރަށް ބޮޑު އެހީއެކެވެ.

ޕޯންޑްސް ބްރޭންޑުގެ އޭޖް މިރަކަލް އައި ކްރީމް އަކީ، ލޯ ކައިރީގެ ތާޒާކަން ގެއްލިފައިވާ އަންހެނުންނަށް ޚާއްސަ ޕްރޮޑަކްޓެވެ. އެގޮތުން މި ޕްރޮޑަކްޓު އާދަކޮށް ބޭނުންކުރާ ފެށުމުން ލޯ ކައިރި ހިކިފައި ހުންނަ ހުރުމަށް ފަރުވާ ލިބި ލޯ ކައިރީގައި ރޫޖެހި މުސްކުޅި ކަމަށް ދާއްކާ ދެއްކުން ބަދަލުވެ ޒުވާން ސިފަ ގެނުވައިދެއެވެ. އާދަކޮށް މި ކްރީމް ދުވާލު އެއްފަހަރު އަދި ރޭގަނޑު އެއްފަހަރު ބޭނުންކުރުމަކީ ރަގަޅު ގޮތެވެ.

 

 

ދެން އޮތީ ޕޯންޑް ބްރޭންޑުގެ އަންހެނުންނަށް ޚާއްސަ ޑޭ ކްރީމް އަދި ނައިޓް ކްރީމްގެ ވާހަކައެވެ. ހަންގަނޑަށް ފައިދާ ކުރަނިވި ގުދުރަތީ އެތައް ބާވަތެއް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ މި ދެ ކްރީމަކީ މޫނުގެ ނާޒުކު ހަންގަނޑު ރައްކާތެރިކަމާއި އެކު ރީތިކޮށް ދެމެހެއްޓުމަށް އޮތް ރަނގަޅު އެހީއެކެވެ. ދުވާލު ވަގުތުގައި ބޭނުންކުރުމަށް ޚާއްސަ ޕޯންޑްސްގެ ޑޭ ކްރީމްއަކީ ދުވާލު ބޭރުގައި އުޅޭ އުޅުމުގައި މޫނުގެ ހަންގަނޑުގައި އަށަގަންނަ ޖަރާސީމާއި ހަންގަނޑު ކުރަކިކޮށް ހަލާކުކޮށްލާ ނުރައްކާތެރި ކެމިކަލާއި އެފަދަ އެނޫންވެސް ބައިތަކުން ހަންގަނޑު ރައްކާތެރިކޮށްދޭ ކްރީމެކެވެ.

 

 

މި ބްރޭންޑުގެ ނައިޓް ކްރީމަކީ، ރޭގަނޑު ބޭނުން ކުރުމަށް ޚާއްސަ މޮއިސްޗަރައިޒާއެއް ފަދައިން ބޭނުންކޮށްލެވޭ ކްރީމެކެވެ. މި ދެބާވަތް އާދަކޮށް ބޭނުންކުރާ އަންހެނުންގެ މޫނުގެ ހަންގަނޑު އަލިވެ ޒުވާންކަންމަތީ ހަންގަނޑު ދަމަހައްޓައިދެއެވެ. މި ދެ ކްރީމް ބޭނުންކުރުމުން ވަގުތުން ހަންގަނޑަށް ތާޒާކަން ގެނުވައިދޭކަން ތަޖުރިބާގެ އަލީގައި ގިނަ ބަޔަކު ފާހަގަކުރެއެވެ.

ގިނަ ބައެއްގެ މެދުގައި މަޤުބޫލު އަދި އެތައް ބައެއްގެ އިތުބާރު ހޯދާފައިވާ ޕޯންޑްސް ބްރޭންޑު އަދި ލޯރިއަލް ބްރޭންޑުގެ އުފެއްދުންތައް ފޭސްބުކް ޕޭޖް "ލިބޭ" މެދުވެރިކޮށް މިހާރު ދަނީ ވިއްކަމުންނެވެ. މި ޕްރޮޑަކްޓުތައް ބައްލަވައިގަތުމާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، 9798785 ނަމްބަރު ފޯނަށް ގުޅުމަށް ނުވަތަ "ލިބޭ" ޕޭޖަށް މެސެޖު ކުރުމަށް އެފަރާތުން އެދެއެވެ. މި ޕްރޮޑަކްޓުތައް މާލެއިން ބައްލަވައިގަންނަވާ ފަރާތްތަކަށް އިތުރު އަގަކާއި ނުލާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް "ލިބޭ" އިން ފޯރުކޮށްދެއެވެ.