ފޭޝަލް މާސްކަކީ، މޫނުގެ ތާޒާކަން އިތުރުކޮށް މޫނު ރީތިކުރުމަށް ޒުވާން އަންހެނުންގެ މެދުގައި މަޤުބޫލު އެއްޗެކެވެ. މޫނަކީ މީހަކާއި ބައްދަލުވާ ހިނދު އެންމެ ފުރަތަމަ ލޮލުގައި އަޅައިގަންނަ ބައި ކަމަށްވާއިރު، މޫނުގެ ރީތިކަމެއް ނެތްނަމަ ތިމާގެ ރީތިކަން ގެއްލޭ ކަމަށް އެވެރިން ޤަބޫލުކުރެއެވެ. ކަން މިހެން އޮތްއިރު، މޫނު ރީތި ކުރުމަށް ގިނަ މަސައްކަތް ކުރާ މީހުން އުޅެއެވެ. ފޭޝަލް މާސްކަކީ މި ބޭނުމުގައި އެންމެ ގިނަ ބަޔަކު ބޭނުން ކުރާ އެއްޗެވެ. ނަމަވެސް ގިނަ ފަހަރަށް ބޮޑު އަގުގައި ހޯދާ މާސްކުން އެންމެ ހިތްއެދޭ ނަތީޖާ ފެންނަ ގޮތް ނުވުމަކީ ގިނަ ފަރަހަށް ދިމާވާ މައްސަލައެވެ.

ހަންގަނޑަކީ ހަށިގަނޑު އެންމެ ނާޒުކު އެއް ބައެވެ. ޚާއްސަކޮށް މޫނުގެ ތުނި ހަންގަނޑަކީ ގެއްލުމެއް ލިބިއްޖެ ނަމަ އެކަމެއް އުމުރަށް ފެންނާ ހުންނާނެ ބައެކެވެ. އެހެންކަމުން މޫނުގެ ހަންގަނޑު ރައްކާތެރި ކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ގިނަ ވާނެއެވެ. ގިނަ ފަހަރަށް މި ބޭނުމުގައި އުފައްދާފައި ހުންނަ އުފެއްދުންތަކަކީ އަގު ހުރި، އެހެނަސް ވަގުތީ އުފަލެއް ހޯދައިދޭ ގެއްލުންދެނިވި އެއްޗަކަށް ނޫނީ ނުވެއެވެ. އެހެންކަމުން މޫނުގެ ނާޒުކު ހަމުގައި އުނގުޅުމަށް އިޚްތިޔާރު ކުރަން ޖެހޭނީ އިތުބާރު ހުރި، މޮޅު އަދި ގުދުރަތީ ވަސީލަތްތަކުން އުފައްދާފައި ހުންނަ ފައިދާކުރަނިވި އުފެއްދުމެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އޮންލައިން ވިޔަފާރިކުރާ ފޭސްބުކް ޕޭޖް "ލިބޭ" އިން މިހާރު ވިއްކަމުންދާ ފޭޝަލް މާސްކުތަކަކީ އެފަދަ އިތުބާރު ހުރި މޮޅު އުފެއްދުންތަކެކެވެ. ވަގުތުން މޫނު ތާޒާކޮށްލާ މޫނަށްއުޖާލާކަން ގެނުވައިދޭ މި ފޭޝަލް މާސްކުތަކަކީ ހުރިހާ ވައްތަރެއްގެ ހަމަކާއިވެސް އެކަށީގެންވާ ގޮތަށް، ގުދުރަތީ ވަސީލަތްތައް ހިމަނައިގެން އުފައްދާފައިވާ ފައިދާކުރުވަނިވި މާސްކުތަކެކެވެ. "ލިބޭ" އިން ބުނެފައިވާގޮތުގައި އެފަރާތުން މިހާރު ވިއްކަމުން ދަނީ ގިނަ ބައެއްގެ މެދުގައި މަޤުބޫލު "ވަޓްސަން" ބްރޭންޑުގެ ތިން ފްލޭވަރެއްގެ މާސްކާއި، ޖޫސީ ފޭޝަލް މާސްކެއް ކަމަށެވެ.

1. ވަޓްސަންސް - ކިއުކަމްބާ ފޭޝަލް މާސްކް - 100 ރުފިޔާ


2. ވަޓްސަންސް - އަލޮވެރާ ފޭޝަލް މާސްކް - 100 ރުފިޔާ


3. ވަޓްސަންސް - ކަމޫކަމޫ ފޭޝަލް މާސްކް - 100 ރުފިޔާ

4. މޮއިސްޗާ އެންޑް ސޫތިންގް - ޖޫޒީ ފޭޝަލް މާކްސް - 100 ރުފިޔާ

"ލިބޭ" އިން ވިއްކާ ފޭޝަލް މާސްކުތަކުގެ ފައިދާ:

1. ހަންގަނޑުގައި މީރު ވަހެއް ހިފާފައި ހުރުން
2. މޫނުގެ ނާޒުކު ހަންގަނޑައި ގުޅޭ މަޑު މާސްކެއް
3. ހެޔޮ އަގުގައި، ރަނގަޅު ނަތީޖާ ދައްކައިދޭ އުފެއްދުމެއް
4. މޮއިސްޗަރައިޒް ކޮށް ހަންގަނޑު ހިކިފައި ހުންނަ ހުރުމަށް ނިމުމެއް ގެނެސްދޭ
5. ހަންގަނޑުން ޖަރާސީމު ފިލުވައިދީ ދޮންކޮށްލާ
6. ހަންގަނޑު އޮމާންކޮށްދީ މަޑުކޮށްދޭ
7. ހުރިހާ ވައްތަރެއްގެ ހަންގަނޑަކާއި ވެސް ގުޅޭ
8. ހަންގަނޑުގެ ތެރެއަށް ފަސޭހައިން އޭގައިވާ ފައިދާހުރި މާއްދާތައް ވަދޭ
9. ތެޔޮކަމެއް އެކުނުލެވޭ، ހަންގަނޑުގައި ހުންނަ ތެޔޮކަން ފިލުވާލާ
10. ކެމިކަލާއި އަލްކަހޯލް އެއްވެސް މިންވަރެއް އެކުލެވިފައި ނުވޭ

ބޭނުންކުރަން ޖެހޭ ގޮތް:

ފޭޝަލް މާސްކުތައް ބޭނުން ކުރުމުގެ ކުރީން ރަނޅަށް މޫނު ދޮވެ، ހަންގަނޑު ސާފުކޮށްލަން ވާނެއެވެ. ނަމަވެސް މޫނު ދޮންނައިރު، ކެމިކަލްގެ އަސަރެއް އެކުނުލެވޭ އެއްޗެއް ބޭނުންކޮށްގެން މޫނު ދޮވެލުމަކީ ބުއްދިވެރި ގޮތެވެ. އެއަށްފަހު ރަނގަޅަށް މޫނުން ފެން ހިއްކައި، ފެނުގެ އަސަރު މޫނުގައި ނެތްކަން ޔަޤީންކުރުމަށް 10 މިނެޓާއި 15 މިނެޓާއި ދެމެދުގެ ވަގުތުކޮޅަކަށް މަޑުކޮށްލަންވާނެއެވެ.

މޫނުގައި ފޭޝަލް މާސްކު އަޅައި އެއްވަރުކޮށްލުމަށްފަހު އޭގެ ބޭރުގައިވާ ރަބަރުގަނޑު ނަގާލާނީއެވެ. މޫނުގައި މާސްކު އެޅުމުގެ ކުރީން ރަބަރުގަނޑު ނައްޓާން މަސައްކަތް ކޮށްފިނަމަ، މާސްކު ވީދި ހަލާކުވުމުގެ ފުރުސަތު އޮންނާނެއެވެ. މިގޮތުން ކަންތައް ކުރުމަށްފަހު 30 މިނެޓު ވަންދެން މޫނު މޮއިސްޗަރައިޒް ކުރާނީއެވެ. އޭރުން އޭގައިވާ ފައިދާކުރުވަނިވި ބައިތައް މޫނުގެ ހަންގަނޑަށް ރަނގަޅަށް ވަންނާން ފުރުސަތު ލިބޭނެއެވެ. އެއަށްފަހު މާސްކު މޫނުން ނަގާލުމަށްފަހު އަނެއްކާވެސް މޫނު ދޮވެލާނީއެވެ. މިގޮތަށް ފަރުވާ ކުރުމުން މޫނުގެ ތާޒާކަން އިތުރުވެ މާސްކުގެ ހެޔޮ ބަދަލު ވަގުތުން ފެނިގެންދާނެ ކަމަށް މި މާސްކުތައް ތަޖުރިބާ ކޮށްފައިވާ ފަރާތްތަކުން ބުނެއެވެ.

އަވަހަށް ރަނގަޅު ނަތީޖާ ފެންނަ މި ފޭޝަލް މާސްކުތައް އާދަކޮށް ބޭނުން ކުރުމުން މޫނުގެ އުޖާލާކަން އެގޮތުގައި ދެމެހެއްޓުމަށް އެހީއަކަށް ވެއެވެ. ތަޖުރިބާގެ އަލީގައި މި މާސްކުތައް ބޭނުންކުރާ ފަރާތްތަކުން ބުނާގޮތުގައި، މާސްކުތައް ބޭނުންކުރުން ރަނގަޅީ ހަފްތާއަކު އެއް ފަހަރާއި ތިން ފަހަރާއި ދެމެދުއެވެ. ނަމަވެސް އެއަށްވުރެ ގިނައިންނާއި ދުވާލަކު އެއްފަހަރުވެސް މި މާސްކުތައް ބޭނުން ކުރުމަކީ މައްސަލައެއް ނޫނެވެ.

ގިނަ ބައެއްގެ މެދުގައި މަޤުބޫލު އަދި އެތައް ބައެއްގެ އިތުބާރު ހޯދާފައިވާ މި ފޭޝަލް މާސްކުތައް ފޭސްބުކް ޕޭޖް "ލިބޭ" އިން ލިބެން ހުންނާނެއެވެ. މި ޕްރޮޑަކްޓު ބައްލަވައިގަތުމާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، 9798785 ނަމްބަރު ފޯނަށް ގުޅުމަށް ނުވަތަ "ލިބޭ" ޕޭޖަށް މެސެޖު ކުރުމަށް އެފަރާތުން އެދެއެވެ. މި ޕްރޮޑަކްޓު މާލެއިން ބައްލަވައިގަންނަވާ ފަރާތްތަކަށް އިތުރު އަގަކާއި ނުލާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް "ލިބޭ" އިން ފޯރުކޮށްދެއެވެ.