އިސްތަށިގަނޑަކީ އެންމެ ފުރަތަމަ މީހަކާއި ދިމާވާއިރު ލޮލުގައި އަޅައިގަންނަ އެއް ބައެވެ. އިސްތަށިގަނޑު ސްޓައިލް ކުރާ ގޮތަކުން މީހާގެ ސިފަ އެކީ ބަދަލުވެ، އޭނާގެ ހައިބަތާއި ރީތިކަން ދައްކައިދޭކަމަށް ގިނަ ބަޔަކު ޤަބޫލުކުރަނީ އެހެން ވެގެންނެވެ. އެހެންކަމުން އިސްތަށިގަނޑު ސާފުތާހިރުކަމާއި އެކު ރީތިކޮށް ބޭއްވުމަކީ އެންމެންވެސް އެދޭ ކަމެކެވެ.

ހަޤީޤަތަކީ މިއީ ކަމަށްވީނަމަވެސް، އިސްތަށިގަނޑު ރީތިކޮށް، ބޭނުންވާ ގޮތަކަށް ބޭއްވެނީ މަދު ބަޔަކަށެވެ. ވަގުތީ ބޭނުމެއްގައި އިސްތަށިގަނޑު "ސްޓައިލް" ކުރަން ބޭނުންކުރާ އެއްޗެއް ނުވަތަ ތަކެތީގެ ސަބަބުން އިސްތަށިގަނޑު އަބަދައްޓަކާ ހަލާކުވެ ބައެއް ހާލަތްތަކުގައި ތަލަވާން ދިމާވާފަހަރު އަންނަނީވެސް މަދެއްކޮށެއް ނޫނެވެ. ހަމަ އެހެންމެ ރާއްޖެ ފަދަ ހޫނު މާހައުލެއްގައި އިސްތަށިގަނޑަށް އިރުގެ އަލިންނާއި ޖަރާސީމާއި ހުރަފުހުން ކުރާ ނޭދެވޭ އަސަރުން، އިސްތަށިގަނޑު ސަލާމަތްކުރުމަށް ގިނަ ބަޔަކު ނުކުޅެދެއެވެ. މިގޮތަށް ދިމާވަނީ، އިސްތަށިގަނޑު ސަލާމަތްކޮށް ރައްކާތެރި ކުރުމަށް އެންމެ އެކަށީގެންވާ ތަކެއްޗަކީ ކޮބައިކަން ނޭނގި، ގިނަ ފަހަރަށް އެ ބޭނުންތަކުގައި ގަންނަ އުފެއްދުންތައް، ގެއްލުންދެނިވި ބޭކާރު ޚަރަދަށް ވެގެން ދާތީއެވެ.

މިހާރު ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އޮންލައިން ވިޔަފާރި ކުރަމުންދާ "ލިބޭ" އިން އެފަރާތުގެ ކަސްޓަމަރުންނަށް މިފަހަރު ހޯދައިދިން ޙައްލަކީ އެއީ އެވެ. އެކި މީހުންގެ އިސްތަށިގަނޑަށް ޖެހެނީ އެކި މައްސަލަތަކަށް ވެފައި، އެ މައްސަލަތަކަށް އޮތް ޙައްލުތައް ތަފާތުވުމުން ލިބޭ އިން ވަނީ އެ ހުރިހައި މައްސަލައަކާއި އެކަށީގެންވާ އެކި އެކި އުފެއްދުންތައް ވިއްކަން ފަށާފައެވެ. "ލިބޭ" އިން ދެކޭ ގޮތުގައި، ޕްރޮޑަކްޓެއް ގަތުމުގެ ކުރީން އެ ޕްރޮޑަކްޓަކީ ކޮބައިކަން އަދި އެ ޕްރޮޑަންޓުން، އިސްތަށިގަނޑަށް ދިމާވެފައިވާ މައްސަލަ އަށް ޙައްލު ހޯދައިދޭނީ ކިހައި މިންވަރަކުން ކަން އަމިއްލައަށް ކަނޑައެޅެން ޖެހެއެވެ.

ތިރީގައި އެވަނީ ލިބޭ އިން މިހާރު ވިއްކަމުންދާ ހެއާކެއާގެ ބައެއް ޕްރޮޑަކްޓުތަކާއި ބެހޭ މަޢުލޫމާތެވެ.

1. އެލޮއެކްސް - ހެއާ ރީގްރޯތް ސެރަމް

އެލޮއެކްސް ބްރޭންޑުގެ ހެއާކެއާ ޕްރޮޑަކްޓުތަކުގެ ތެރޭގައި ހިމެނޭ ހެއާ ރީގްރޯތް ސެރަމް އަކީ ފަތްޕިލާވެލީގެ ފައިދާކުރުވަނިވި ގިނާ ބާވަތްތައް ހިމަނައިގެން އުފައްދާފައިވާ މޮޅު ސެރަމް އެކެވެ. އަލޮވެރާ އާއި، ހީނާފަތާއި ޑްރަމްސްޓިކް އަދި އުއްދަނޑި އާއި އެނޫންވެސް ގިނަ ގުރުދަތީ ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާފައިވާ މި ސެރަމް އަކީ ސާކިއުލޭޓްރީ ސްސްޓަމްގެ ހިނގުން ރަނގަޅުކޮށްދީ އިސްތަށިގަނޑުގެ ބުޑަށް ލިބިފައި ހުންނަ ގެއްލުމަށް ފަރުވާކޮށްދޭ ސެރަމް އެކެވެ.

އެލޮއެކްސް ހެއާ ރީގްރޯތް ސެރަމް ޚާއްސަ ވެފައިވަނީ އިސްތަށިގަނޑަށް ލިބޭ ގެއްލުމެއްގެ ސަބަބުން އިސްތަށި ފޭބުމާއި އިސްތަށިގަނޑު ތުނިވެ ހަލާކުވާން ފެށުމުން ކުރެވޭ އެންމެ އިތުބާރު އެއް ފަރުވާގެ ގޮތުގައެވެ. ހަމަ އެހެންމެ ޖަރާސީމާއި ކެމިކަލްގެ އަސަރު ބޮޑު މާހައުލުތަކުގައި އުޅޭ ފަރާތްތަކަށް މި ސެރަމް ޚާއްސަ ވަނީ، އޭގައި އެކުލެވޭ ބައިތަކުގެ ސަބަބުން އިސްތަށިގަނޑަށް ކުރިމަތިވާ ނުރައްކާ ކުޑަކޮށްދީ އެފަދަ ހާލަތްތަކުން އިސްތަށިގަނޑު ސަލާމަތްކޮށްދޭތީއެވެ.

އެއްވެސް ވަރަކަށް ނުރައްކާތެރި ކެމިކަލާއި އިސްތަށިގަނޑަށް ގެއްލުންދެނިވި މާއްދާއެއް ނުހިމެނޭ މި ސެރަމް އަކީ، ދެޖިންސުގެ މީހުންނަށްވެސް ބޭނުން ކުރެވޭ، ހުރިހާ ވައްތަރެއްގެ އިސްތަށިގަނޑަކާއި ގުޅޭ ސެރަމްއެކެވެ. ތަޖުރިބާގެ އަލީގައި، މި ހެއާ ސެރަމް ބޭނުންކުރާ ފަރާތްތަކުން ބުނެފައިވަނީ ސެރަމް ބޭނުންކުރާތާ 4 ހަފްތާ އާއި ފަސް ހަފްތާ އާއި ދެމެދުގައި އޭގެ ހެޔޮ އަސަރު ފެނިގެންދާ ކަމަށެވެ. އަދި އާދަކޮށް މި ސެރަމް ބޭނުންކުރާތާ ފަސް މަސްވުމުން އިސްތަށިގަނޑު ކުރިޔަށްވުރެ ދިގުކަން ވެސް ފާހަގަކުރެވިގެންދާނެ ކަމަށް އެފަރާތްތަކުން ބުނެއެވެ.

އިސްތަށިގަނޑުގެ ބުޑުތައް ހަލާކުވުމުންވެސް ފަރުވާ އަކަށްވާ މި ސެރަމް ބޭނުންކުރުމުން ބޯ ހިރުވުމުގެ އަސަރު ބައެއް ފަރާތްތަކަށް ކުރާ ކަމަށް ވެއެވެ. ނަމަވެސް އެއީ އިސްތަށިގަނޑު މޫތައް އުފެދި ހެއާ ބަޑްތައް އިތުރުވާން ފެށުމުން ދިމާވެދާނެ އާންމު ކަމެއް ކަމަށް ވެއެވެ. އަދި އެކަމަކީ އިސްތަށިގަނޑަށް ލިބޭ ގެއްލުމެއްގެ ސަބަބުން ފާހަގަކުރެވޭ ކަމެއް ނޫނެވެ. އާދަކޮށް ކޮންމެ ދުވަހަކު ދެ ފަހަރު މި ހެއާ ސެރަމް ބޭނުންކުރެވިދާނެއެވެ.

"ލިބޭ" އިން މި ސެރަމްގެ 50 އެމްއެލްގެ ފުޅިއެއް ވިއްކާ އަގަކީ 600 ރުފިޔާއެވެ. މި ޕްރޮޑަކްޓު ބައްލަވައިގަތުމަށާއި، ޕްރޮޑަކްޓާއި ބެހޭ އިތުރު މަޢުލޫމާތުތައް ސާފުކުރުމަށް 7660630 ނުވަތަ 9798785 ނަމްބަރު ފޯނަށް ގުޅުމަށް "ލިބޭ" އިން އެދެއެވެ.

2. ރީގްރޯ - ހެއާ ޕްރޮޓެކްޓިވް ޝޭމްޕޫ (އަންހެނުންނަށް ޚާއްސަ)

އިސްތަށި ފޭބުމުގެ މައްސަލަ އަކީ އަންހެނުންނަށްވެސް ވަރަށް އާންމު ގޮތެއްގައި ދިމާވާ މައްސަލައެކެވެ. ރީގްރޯ ބްރޭންޑުގެ ހެއާ ޕްރޮޓެކްޓިވް ޝޭމްޕޫ އަކީ ބޮލުން އިސްތަށި ފައިބާ އަންހެނުންނަށް ޚާއްސަކޮށްގެން އުފައްދާފައިވާ އިތުބާރު ހުރި އުފެއްދުމެކެވެ.

އިސްތަށިގަނޑު ދިގު އަންހެނުންނަށް އެންމެ އެކަށީގެންވާ ގޮތަށް އުފައްދާފައިވާ މި ޝޭމްޕޫއަކީ ގުދުރަތީ ވަސީލަތްތައް ހިމެނޭގޮތަށް އުފައްދާފައިވާ ފައިދާކުރަނިވި ޝޭމްޕޫއެކެވެ. އެގޮތުން އިސްތަށިގަނޑު ދެރަވެ، އިސްތަށި ފޭބުމަށްދިމާވާ މައްސަލަތަކަށް މިއީ އެންމެ މޮޅު އެއް ފަރުވާއެކެވެ. މި ޝޭމްޕޫ ބޭނުން ކުރާން ފެށުމުން އިސްތަށިގަނޑު މަޑުވެ ތާޒާވެއެވެ. އަދި އިސްތަށިގަނޑުގެ އޮމާންކަމާއި ރީތިކަން ފުރިހަމަވެގެންދާއިރު، މަދު ދުވަސްކޮޅެއްގެ ތެރޭގައި ތަފާތު ފެނިގެން ދެއެވެ.

ޖާމަންގެ އިންސްޓިޓިއުޓް އޮފް ޑާމަޓޮލޮޖީން ޓެސްޓުކޮށްފައިވާ މި ޝޭމްޕޫއަކީ އިސްތަށިގަނޑަށް ނުވަތަ ހަށިގަނޑަށް ގެއްލުންދެނިވި އެއްވެސް ބައެއް އެކުނުލެވޭ ހުރިހާ ވައްތަރެއްގެ އިސްތަށިގަނޑަކާއި ވެސް ގުޅޭ ޝޭމްޕޫއެކެވެ. އާދަކޮށް ކޮންމެ ދުވަހަކު މި ޝޭމްޕޫ ބޭނުންކޮށްގެން އިސްތަށިގަނޑު ދޮވެލުމަކީ އެންމެ ރަނގަޅު ގޮތެވެ. އޭރުން މަދު ދުވަސްކޮޅެއްގެ ތެރޭގައި އިސްތަށި ފޭބުމުގެ މައްސަލައަށް ނިމުމެއް އަންނާނެ ކަމަށް މި ޝޭމްޕޫ ތަޖުރިބާކޮށްފައިވާ ފަރާތްތަކުން ބުނެއެވެ.

"ލިބޭ" އިން މި ޝޭމްޕޫ ވިއްކަމުން ދަނީ، 300 ރުފިޔާ އަށެވެ. މި ޕްރޮޑަކްޓު ބައްލަވައިގަތުމަށާއި، ޕްރޮޑަކްޓާއި ބެހޭ އިތުރު މަޢުލޫމާތުތައް ސާފުކުރުމަށް 7660630 ނުވަތަ 9798785 ނަމްބަރު ފޯނަށް ގުޅުމަށް "ލިބޭ" އިން އެދެއެވެ.

3. ޗެވެއޮކް - ރިމެޑީ ޝޭމްޕޫ

ގިނަ ބައެއްގެ އުތުބާރު ހޯދާފައިވާ ޗެވެއޮކްސް ބްރޭންޑުގެ ހެއާކެއާ ޕްރޮޑަކްޓުތަކުގެ ތެރޭގައި ހިމެނޭ ރިމެޑީ ޝޭމްޕޫވެސް ޚާއްސަވަނީ އިސްތަށި ފޭބުމުގެ މައްސަލައަށް އޮތް ހައްލެއްގެ ގޮތުގައެވެ. ހަމަ އެހެންމެ މި ޝޭމްޕޫއަކީ އިސްތަށިގަނޑަށް ދިމާވާ މައްސަލައެއްގެ ސަބަބުން ބޯ ހިރުވާ މައްސަލައަށްވެސް އޮތް ފަރުވާއެކެވެ.

ފަތްޕިލާވެލީގެ ފައިދާކުރުވަނިވި އެކި ބާވަތްތައް ހިމަނައިގެން އުފައްދާފައިވާ ޗެވެއޮކް ރިމެޑީ ޝޭމްޕޫ އިސްތަށިގަނޑަށް ފައިދާކުރަނިވި ޝޭމްޕޫއެކެވެ. ހަމަ އެހެންމެ އިސްތަށިގަނޑަށް ގެއްލުންދޭ ބައިތައް އިސްތަށިގަނޑުން ފިލުވައިލުމާއި އެކު އިސްތަށިގަނޑު ސާފުކޮށްދިނުމަށް މި ޝޭމްޕޫ އެހީއަކަށް ވެއެވެ.

މި ޝޭމްޕޫ ބޭނުންކުރަން ޖެހޭ ގޮތަށް ބަލާއިރު، އެންމެ ފުރަތަމަ އިސްތަށިގަނޑު ފެނުން ދޮވެލަން ވާނެއެވެ. އެއަށްފަހު ޝޭމްޕޫ ބޭނުންކޮށްގެން ބޯ ރަނގަޅަށް މަސާޖުކޮށްލާނީއެވެ. އާދަކޮށް މިގޮތުގެ މަތީން ކަންތައް ކުރާނަމަ ތިން ހަފްތާގެ ތެރޭގައި ބޮލުން އިސްތަށި ފޭބުން ހުއްޓޭ ކަމަށް ތަޖުރިބާގެ އަލީގައި ގިނަ ބަޔަކު ބުނެއެވެ. ދެ ޖިންސުގެ މީހުނާއި ވެސް ގުޅޭގޮތަށް ތައްޔާރުކޮށްފައިވާ މި ޝޭމްޕޫއަކީ ކޮންމެ ކަހަލަ އިސްތަށިގަނޑަކަށް ވެސް ބޭނުންކުރެވިދާނެ ޝޭމްޕޫއެކެވެ.

"ލިބޭ" އިން މި ޝޭމްޕޫގެ 250 އެމްއެލް ފުޅިއެއް ވިއްކަމުން ދަނީ 300 ރުފިޔާ އަށެވެ. މި ޕްރޮޑަކްޓު ބައްލަވައިގަތުމަށާއި، ޕްރޮޑަކްޓާއި ބެހޭ އިތުރު މަޢުލޫމާތުތައް ސާފުކުރުމަށް 7660630 ނުވަތަ 9798785 ނަމްބަރު ފޯނަށް ގުޅުމަށް "ލިބޭ" އިން އެދެއެވެ.

4. ޗެވިއޮކްސް - ހެއާ ނިއުޓްރިއެންޓް

ޗެވިއޮކްސް ހެއާ ނިއުޓްރިއެންޓް އަކީ އިސްތަށިގަޑު އަވަހަށް ދިގުކުރަން ބޭނުންވާ ފަރާތްތަކަށް އޮތް އެންމެ ރަނގަޅު އެއް ހައްލެވެ. ހަމަ އެހެންމެ އިސްތަށިގަނޑު ތުނި ވުމާއި އެކު އިސްތަށިގަނޑަށް ދިމާވާ ގިނަ މައްސަލަތަކަށް ކުރެވޭ ފަރުވާއެއްގެ ގޮތުގައި މި ނިއުޓްރިއެންޓް ބޭނުން ކުރެވިދާނެއެވެ.

އިސްތަށިގަނޑަށް ބޮޑު މައްސަލައެއް ކުރިމަތިނުވާ ފަރާތްތަކުން، އެފަދަ މައްސަލައަކުން ރައްކާތެރިވުމަށް މި ނިއުޓްރިއެން ބޭނުން ކުރުމަކީ ބުއްދިވެރި ގޮތެވެ. އަދި ހަލާކުވެފައިވާ ވަކި ބައެއް އިސްތަށިގަނޑުގައި ހިމެނޭ ނަމަ އެ ބަޔަށް ވަކިންވެސް ފަރުވާ ކުރުމަށް މި ނިއުޓްރިއެންޓު ބޭނުން ކުރެވިދާނެއެވެ.

މި ނިއުޓްރިއެންޓް ބޭނުން ކުރުން އެންމެ ރަނގަޅީ ހެންދުނު އެއްފަހަރު އަދި ރޭގަނޑު ނިދުމުގެ ކުރީން އެއްފަހަރެވެ. އިސްތަށިގަނޑަށް ނިއުޓްރިއެންޓުން ސްޕްރޭ ކޮށްލުމަށްފަހު 3 އާއި 5 މިނެޓާއި ދެމެދުގެ ވަގުތުކޮޅެއް ވަންދެން މަސާޖުކޮށްލާނީއެވެ. އެއަށްފަހު ދޮވެނުލާ އެގޮތަށް ބެހެއްޓުމަކީ ރަނގަޅު ގޮތެވެ.

މި ހެއާ ނިއުޓްރިއެންޓުގެ 30 އެމްއެލްގެ ފުޅިއެއް "ލިބޭ" އިން ވިއްކާ އަގަކީ 500 ރުފިޔާއެވެ. މި ޕްރޮޑަކްޓު ބައްލަވައިގަތުމަށާއި، ޕްރޮޑަކްޓާއި ބެހޭ އިތުރު މަޢުލޫމާތުތައް ސާފުކުރުމަށް 7660630 ނުވަތަ 9798785 ނަމްބަރު ފޯނަށް ގުޅުމަށް "ލިބޭ" އިން އެދެއެވެ.

5. ޕަތުންތިޕް - ހެއާކެއާ ޕެކް

ޕަތުންތިޕްގެ ހެއާކެއާ ޕެކަކީ ޖާދުލެކެވެ. އިސްތަށި ފައިބާ މައްސަލަ އާއި ބޯތަލަވުމުގެ މައްސަލައަށް ޙައްލެއް ބޭނުންވާ ފަރާތްތަކަށް މިއީ އާ އުންމީދެކެވެ. ރާއްޖެއަށް ދާދި ފަހުން ތައާރަފްކޮށް ވިއްކަން ފަށާފައިވާ "ޕަތުންތިޕް" ބްރޭންޑުގެ ސެރަމް އާއި ޝޭމްޕޫ އަދި ކޮންޑިޝަނާއަކީ އާދަޔާއި ޚިލާފަށް އަވަހަށް ތަލަވުމުގެ މައްސަލަ ޙައްލުކޮށްދޭ ޕެކެކެވެ. ހަމައެކަނި ގުދުރަތީ މާއްދާތައް އެކުލެވޭގޮތަށް އުފައްދާފައިވާ މި ބްރޭންޑުގެ ހެއާކެރާ ޕެކަކީ ކެމިކަލާއި އިސްތަށިގަނޑަށް ނުރައްކާ ކުރުވާ އެއްވެސް ބާވަތެއް ނުހިމެނޭ ފައިދާކުރަނިވި އުފެއްދުމެކެވެ.

"ޕަތުންތިޕް"ގެ އެންމެ ޚާއްސަ ކަމަކީ، މި ބްރޭންޑުގެ ހެއާކެއާ ޕްރޮޑަކްޓުތައް ބޭނުންކުރަ ފަށާތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އޭގެ ނަތީޖާ ފެނިގެން ދިއުމެވެ. އެގޮތުން މި ޕްރޮޑަކްޓުތައް ބޭނުންކުރާތާ އެންމެ ފަސް ދުވަހުގެ ތެރޭގައި އިސްތަށި ފޭބުން މުޅީންހެން ހުއްޓި ނިމުމަކަށް އާދެއެވެ.

އަދި އެއަށްފަހު 15 ދުވަހާއި 30 ދުވަހާއި ދެމެދުގެ މުއްދަތެއްގައި އިސްތަށި ފަޅައި ބޯވުމާއެކު އިސްތަށިގަނޑަށް އަންނަ އަވަސް ބަދަލު ފެންނާން ފަށާނެއެވެ. މީގެ އިތުރުން ބޮލުގައި ހަންފޮޅި ޑޭންޑްރަފްގެ މައްސަލަ ކުރިމަތިވެފައިވާ ފަރާތްތަކަށްވެސް މި ޕްރޮޑަކްޓުން ފަސް ދުވަހުގެ ތެރޭގައި ޙައްލު ގެނެސްދެއެވެ.

"ޕަތުންތިޕް"ގެ ހެއާކެއާ ޕްރޮޑަކްޓުތައް އާދަކޮށް ކޮންމެ ދުވަހެއްގައި ވެސް ބޭނުން ކުރެވިދާނެއެވެ. އެގޮތުން ދެ ފަހަރެއްގެ މަތިން މި ހެއާކެއާ ޕެކާއެކު ލިބޭ ޝޭމްޕޭ ބޭނުންކޮށްގެން ރަނގަޅަށް އިސްތަށިގަނޑު ދޮވެލުމަށްފަހު ހިއްކާލުމަށްފަހު، ޕެކުގައިވާ ހެއާ ސެރަމް ބޭނުންކޮށްގެން ރަނގަޅަށް ބޮލުގެ އިސްތަށިތަކުގެ ބުޑުގައި އާއި އެކު ހާކާލާފައި މަސާޖުކޮށްލާނީއެވެ. އެއަށްފަހު ފަސް މިނެޓާއި 30 މިނެޓާއި ދެމެދުގެ ވަގުތުކޮޅަކަށްފަހު "ޕަތުންތިޕް"ގެ ކޮންޑިޝަނާ ބޭނުންކޮށްގެން އަނެއްކާވެސް އިސްތަށިގަނޑު ދޮވެލާނީއެވެ. މިގޮތުން ދޮންނައިރު އިސްތަށިގަނޑުގެ ކޮޅުތަކުގައި ރަނގަޅަށް ކޮންޑިޝަނާ ހޭކުމަށްފަހު ދޮވެލުމުގެ ކުރިން ވަގުތުކޮޅެއްވަންދެން މަޑުކޮށްލުން ރަނގަޅެވެ.

ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ "ޕަތުންތިޕް" ބްރޭންޑުގެ 250 އެމްއެލްގެ ސެރަމް، ޝޭމްޕޫ އަދި ކޮންޑިޝަނާ ހިމެނޭ ހެއާކެއާ ޕްރޮޑަކްޓު ޕެކު، "ލިބޭ" އިން ވިއްކާ އަގަކީ 1250 ރުފިޔާއެވެ. މި ޕްރޮޑަކްޓު ބައްލަވައިގަތުމަށާއި، ޕްރޮޑަކްޓާއި ބެހޭ އިތުރު މަޢުލޫމާތުތައް ސާފުކުރުމަށް 7660630 ނުވަތަ 9798785 ނަމްބަރު ފޯނަށް ގުޅުމަށް "ލިބޭ" އިން އެދެއެވެ.

6. މާއީ - ހެއާ ޝޭމްޕޫ

މާއީ ބްރޭންޑުގެ ހެއާ ޝޭމްޕޫއަކީ އިސްތަށިގަނޑު ހަލާކުވާ މައްސަލައަތް އޮތް އުންމީދީ ހައްލެކެވެ. ގިނަ ޢަދަދެއްގެ ވިޓަމިނާއި އިސްތަށިގަނޑާއި ބޮލުގެ ހަންގަޑަށް ފައިދާކުރަނިވި އެތައް ބައިތަކެއް އެއް ޕްރޮޑަކްޓަކުން ލިއްބައިދޭ މި ޝޭމްޕޫއަކީ 100 އިންސައްތަ ގުދުރަތީ މާއްދާތައް އެކުލެވޭ މޮޅު ޝޭމްޕޫއެކެވެ. ދެ ޖިންސުގެ ހުރިހާ ވައްތަރެއްގެ އިސްތަށިގަނޑަކާއި ވެސް ގުޅޭގޮތަށް ތައްޔާރުކޮށް އުފައްދާފައިވާ މި ޝޭމްޕޫއަކީ އެއްވެސް ކެމިކަލެއް ނުހިމެނޭ، މީރު ވަސް އެކުލެވިގެންވާ ޝޭމްޕޫއެކެވެ.

މަދު ދުވަސްކޮޅެއްގެ ތެރޭގައި ނަތީޖާ ދައްކައިދޭ މާއި ބްރޭންޑުގެ މި ޚާއްސަ ޝޭމްޕޫއަކީ އިސްތަށިގަނޑު ހަލާކުވެފައިވާ ފަރާތްތަކަށް އޮތް ފަރުވާއަކަށް ވާއިރު، އޭގެ އިތުރުންވެސް އިތުރު އެތައް ފައިދާތަކެއް މި ޝޭމްޕޫއިން ލިއްބައި ދެއެވެ. ރާއްޖެ ފަދަ ހޫނު މާހައުލެއްގައި މި ޝޭމްޕޫ ބޭނުން ކުރުމަކީ، އިރުގެ އަލިންނާއި ނުރައްކާތެރި ޖަރާސީމުތަކުން އިސްތަށިގަނޑު ރައްކާތެރިކޮށް ދުޅަހެޔޮކަން މަތީ ދެމެހެއްޓުމަށް ކޮންމެހެންވެސް ބޭނުންވާ މުޙިންމު މާއްދާތައް ހިމެނޭ ޝޭމްޕޫއެކެވެ.

ތަޖުރިބާކާރުން ލަފާދޭ ގޮތުގައި މާއި ބްރޭންޑުގެ ޝޭމްޕޫ، ކޮންމެ ހަފްތާއަކު މަދުވެގެން ތިންފަހަރު ބޭނުންކުރުން ރަނގަޅެވެ. މި ޝޭމްޕޫ އިސްތަށިގަނޑުގައި ހޭކުމަށްފަހު ކުޑަ ވަގުތުކޮޅެއް ވަންދެން މަސާޖުކުރުމަކީ އެދެވިގެންވާ ގޮތެވެ.

"ލިބޭ" އިން މާއީ ބްރޭންޑުގެ ޝޭމްޕޫގެ 150 ފުޅިއެއް ވިއްކަމުން ދަނީ 500 ރުފިޔާއަށެވެ. މި ޕްރޮޑަކްޓު ބައްލަވައިގަތުމަށާއި، ޕްރޮޑަކްޓާއި ބެހޭ އިތުރު މަޢުލޫމާތުތައް ސާފުކުރުމަށް 7660630 ނުވަތަ 9798785 ނަމްބަރު ފޯނަށް ގުޅުމަށް "ލިބޭ" އިން އެދެއެވެ.