މރ.ރޮށި – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
މރ.ރޮށި – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ދިވެހިންގެ ރަހަތަކާއެކު، ދިވެހިންނަށް ރޮށި ފޯރުކޮށްދިނުމަށް މާލޭގައި ރޮށި ވިއްކާތަނެއް ހުޅުވައިފިއެވެ.

މިއި މާލޭގައި ރޮށި ވިއްކުމަށް ހާއްސަކޮށް ހުޅުވި ފުރަތަމަ ތަނެވެ. މިތަނުން ތިން ވައްތަރެއްގެ ރޮަށި ލިބެން ހުންނާނެއެވެ.

  • ޕްލޭން ރޮށި: (އާދައިގެ ފުށް، ވެޖިޓަބަލް އޮއިލްއާއެކު) އަގު ޖީއެސްޓީ ނުލާ 15 ރުފިޔާއަށް
  • ހެލްތީ ގްރީން: (އާދައިގެ ފުށް، އޮލިވް އޮއިލްއާއެކު) އަގު ޖީއެސްޓީ ނުލާ 20 ރުފިޔާއަށް
  • ހެލްތީ ބްރައުުން: (އާޓާ ފުށް، އޮލިވް އޮލްއާއެކު) އަގު ޖީއެސްޓީ ނުލާ 22 ރުފިޔާއަށް

ކިންގ ކޮމްޕެނީ ލިމިޓެޑުން ހިންގާ "މިސްޓަރ ރޮށި" އާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ މުހައްމަދު ނަޖްމީ ވިދާޅުވީ، މިސްޓަރ ރޮށިއަކީ މީގެ ދެ އަހަރު ކުރިން ފެށިގެން ދިވެހިންނަށް ދިވެހި ރޮށި ފޯރުކޮށްދިނުމަށް އުފެއްދި އަމިއްލަ ބްރޭންޑެއް ކަަމަށެވެ.

ރޮށި ތައްޔާރުކުރުމުގެ މަސައްކަތް މރ.ރޮށީ ގައި ކުރިއަށް ދަނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ރޮށި ތައްޔާރުކުރުމުގެ މަސައްކަތް މރ.ރޮށީ ގައި ކުރިއަށް ދަނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ނަޖްމީ ވިދާޅުވީ، އެތަނުން ވިއްކާ ރޮށިތައް ހެޔޮއަގެއްގައި ލިބެން ހުންނާނެ ކަމަށެވެ.

"ހުރިހާ ދިވެހިންނަށް ވެސް އަތްފޯރާ އަގެއްގައި ލިބޭ ގޮތް ހަދައިދޭންވެގެން ހެދި ތަނެއް މިއީ. 10 ރޮށީގެ ޕެެކެޓްތައް މި ހުންނަނީ" ނަޖްމީ ވިދާޅުވިއެވެ.

ނަޖްމީ ވިދާޅުވިގޮތުގައި، މި ރޮަށިތައް ހުންނާނީ ޕެކް ކުރެވިފައެވެ. ޕެކް ކުރާ ދުވަހުން ފެށިގެން ތިން ދުވަސް ވަންދެން އެ ޕެކެޓްތައް ބޭނުން ކުރެވޭނެއެވެ.

ރޮށި ތައްޔާރުކުރުމުގެ މަސައްކަތް މރ.ރޮށީ ގައި ކުރިއަށް ދަނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ރޮށި ތައްޔާރުކުރުމުގެ މަސައްކަތް މރ.ރޮށީ ގައި ކުރިއަށް ދަނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

"ޕެކެޓް ހުޅުވާލާފައި ބޭނުންފުޅުއިރަކު ހޫނުކޮށްލައިގެންވެސް ހޫނުނުކޮށްވެސް ކެވޭ ގޮތަށް ތައްޔާރުކޮށްފައި ހުންނާނީ". ނަޖްމީ ވިދާޅުވިއެވެ.

މީގެ ދުވަސްކޮޅެއް ކުރިން ހުޅުވި މިތަނުން މާލޭގެ ކޮންމެ ތަނަކަށްވެސް ރޮށި ޑެލިވަރީކޮށްދޭނެއެވެ. އަދި ހުޅުމާލެއަށާއި ވިލިމާލެއަށް ވެސް ރޮށި ޑެލިވަރީކޮށްދެވޭނެ ގޮތް ހަދާނެކަމަށް ނަޖްމީ ވިދާޅުވިއެވެ.

ނަޖްމީ މީޑިއާ އަށް މައުލޫމާތު ދެއްވަނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ނަޖްމީ މީޑިއާ އަށް މައުލޫމާތު ދެއްވަނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

"ޑެލިވަރި މި އިންނަނީ ހެނދުނު 8:00 އިން ރޭގަނޑު 12:00 އަށް" ނަޖްމީ ވިދާޅުވިއެވެ.

މިތަނުން ގަޑިއެއްގެ ތެރޭގައި 1000 ރޮށި ތައްޔާރުކޮށްދޭނެއެވެ. ރޮށި ފިހުުމުގައި މަސައްކަތް ކުރާނީ ދިވެހިންނެވެ. އަދި މިހާރު މާލޭގެ ގިނަ ފިހާރަތަކުން މި ބްރޭންޑްގެ ރޮށި ލިބެން ހުންނާނެއެވެ.

މިތަން ހުންނާނީ ކަލާފާނު ހިނގުމުގައި ހުންނަ ފުލިދޫގެ ކުރިމަތީގައެވެ. އަދި 7317776 އަށް ގުޅައިލުމުން ރޮށި ޑެލިވަރކޮށްދޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޑިސްކްވެސް ފިހަންފެނޭ

  2. ލިބޭނެ ތަނަކާ ގުޅޭނެ ނަންބަރެއް ޖަހާލަދިންނަމަ ހާދަ ރަނގަޅުވީހޭ

  3. ލިބޭނެ ތަނަކާ ގުޅޭނެ ނަންބަރެއް ޖަހާލަދިންނަމަ ހާދަ ރަނގަޅުވީހޭ

    • ލިޔުން އެއްކޮން ކޮޔަން އާދަ ކުރައްވާ... އަގާ ލިބޭނެތަނާ ގުލޭނެ ނަމްބަރުވެސް ލިޔުމުގައި އެއޮތީ

      • ލިޔުން ފުރަތަމަ ނޫހުގަ އިނީ ހަބަރުން އެެެއްވެސް ހާލެއްގަ އެތަން ހުންނަ ތަނާ އެއްޗެހި އެނގޭ ގޮތަކަށް ނުން. ތިބޭފުޅާ ވެސް ތަންދޮރު ނުބަލާ ކޮމެންޓް ނުކުރައްވާ.

  4. އައްސަރިބަހުން ސާބަސް ނަޖްމީއަށް. އެބުނާހެން ޑިސްކް(ހުނިރޮށި) ވެސް ލިބޭނެގޮތަކަށް ހަމަޖައްސަވައި ފިއްޔާ ހަމަ ހަބޭސް ވާނެ......!!!

  5. މި ކަމަކު ނުދޭ، މެޝިނުން ހަދާފަ ހުންނަނީ، އެއްވެސް މީރެއް ނޫން

  6. ކަމެއް ކުރަން އުަޅެފިއްޔާ ވާނެކަން މިއެނގެނީ... ދިވެހިން ކަންނެތްވާންވެސް ހަމަ ރަގަޅު... މިކަހަލަ ލުއި ފަސޭހަތައް ލިބެންޏާ ހަމަ ކަންނެތްކަންމަތީ ކާލާބޯލައިގެން އުަަޅެންވީ

  7. އަމިއްލައަށް ރޮށިފިހެގެން ކެއްޔާ މާ އަގުހެޔޮވާނެހެން ހީވަނީ. ގޭގަ މަސައްކަތެއް ނުކޮއް ތިބޭމީހުނަށް ރަނގަޅުވާނެ.

    • ތުއްތުކަނބުލޮ

      އަޅަ ޅަޅަ ޅަޅަ! މަރިޔަނބާ ބުނަންތަ! މަންޖެމެން ދުވާލު ހަތަރުދަމު ގޭގައި އަތްއުރާލައިގެން ކުރާނެކަމެއް ނެތިފައި ތިއްބަސް އަމެން އުޅެނީ މުޅި ދުވަހު އެއްކޮށް ވަޒީފާގަނަ. ރޮށި ފިހާނެ ވަގުތެއް އަމެންނަކަށް ނުވޭނަ.

  8. އެއް އަގެއްގައި އަބަދު ލިބެންޏާ ވަރައް ރަގަޅު.
    ރޮށި ވިކެން ފެށީމައި 3 ރުފިޔާއަށް ރޮއްޓެއް ޖައްސާ ނުލާނެ ކަމައް ހީ ކުރަން

  9. ކަލޯ މީއެއްނު އެއްޗަކީ. ހަމަ ސާބަސް.