ރޭ އެކަނިވެސް ގާތްގަނޑަކަށް 254 ލޮރީގެ މުދާ އެމްޕީއެލް ސަރަހައްދުން ބޭރަށް ނެރުނު ކަމަށާއި، މުދާ އުފުލާ ގަޑިތަކަށް ގެނައި ބަދަލާއެކުވެސް އުނދަގޫތަކެއް ފެންނަމުން ނުދާކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މިއަދު އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ، މާލެ ތެރޭގައި މުދާ އުފުލާ ގަޑިއަށް ގެނައި ބަދަލާއި ގުޅިގެން ރޭ އެމްޕީއެލް ސަރަހައްދުގައި ހިނގަމުންދާ މަސައްކަތް ބަލާލިއިރު، ރޭ އެކަނިވެސް ގާތްގަނޑަކަށް 254 ލޮރީގެ މުދާ އެމްޕީއެލް ސަރަހައްދުން ބޭރަށް ނެރުނު ކަމަށެވެ.

"އެއީ ވިޔަފާރި ރަނގަޅު ދުވަހެއްކަމުގައި ވާނަމަ މި އުޅެނީ 270، 280. 290 ކޮންޓެއިނާ. އެކަމަކު ހަވީރު 6:00 އިން ރޭގަނޑު 11 އިއްޔެ އެކަނިވެސް ނެރުނޭ 254 ކޮންޓެއިނަރުގެ މުދާ". މިނިސްޓަރު ވިދާޅުވިއެވެ.

އަދި ރޭ މަގު ބޭނުން ކުރި ފަރާތްތަކަށްވެސް މާބޮޑެތި އުނދަގޫތަކެއް ވެފައިނުވަކަަމަށް މިނިސްޓަރުގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރު ވިދާޅުވީ، ރޭ ގާތްގަނޑަކަށް 1:30 ހާއިރު އެމްޕީއެލް ސަރަހައްދުގެ މުދާ ބޭރު ކުރުމުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ.

"އައިސޮލޭޓެޑް ބައެއް މަސައްކަތް 3:00 ޖަހާއިރަށް ދިޔަޔަސް، ޖުމްލަކޮށް ހުރިހާ ކޮންޓެއިނާ ކްލިއާ ކުރުމުގެ މަސައްކަތް ދަންވަރު 1:30 ހަމައަށް އެބަ ނިމޭ". މިނިސްޓަރު ވިދާޅުވިއެވެ.

މިއީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށާއި، އަދި ކުރިއަށް އޮތްތަނުގައިވެސް މިކަން މިއަށްވުރެ ރަނގަޅަށް ގެންދެވޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރުން މިހާރު ހަމަޖައްސާފައިވާ ގޮތުން މާލެ ތެރޭގައި މުދާ އުފުލޭނީ ހަވީރު 6:00ން ހެނދުނު 6:00 އަށެވެ. ސަރުކާރުން މުދާ އުފުލުމަށް ވަކި ގަޑިތަކެއް ކަނޑައެޅީ، މާލޭގައި ޓްރެފިކް ބާރު ބޮޑުވާ މައްސަލަ ހައްލު ކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނައިންޓީ

    ގައުމެއް ވިއްޔާ އެ ގައުމެއްގެ ސަރުކާރުން ވަކިގޮތަކަށް އަމުރުނެރުނީމާ ރައްޔިތުން ކިޔަމަންވުމަކީ ރިވެތި ކަމަކަށްވާނެ. އެހެނަސް ޑިމެކްރަސީއޭ ކިޔާ ފިތުނަ އައިފަހުން ކިޔަމަންވުމަކީ އޮންނަ ކަމެއްނޫންވިއްޔާ.. ވަރިހަމައޭ.. ގައުމެއް ހަމަމަގަށް އެޅުވޭނީ ކުރާ އަމުރުތަކުގަ އެ ތަންފީޒު ކުރުމުގެ ބާރު ހުރެގެން. ހީކުރަނީތޯ! ގާނޫނު އަސާސީގައި ވަކިގޮތަކަށް އޮންނާތީ ފައިސާދީގެން އަމުރެއް ނެރުވީމާ 1 ފެބްރުވަރީ އަންނާނެކަމަށް. ހެހޭ.. ދެރަނުވޭ

  2. ރައްޔިތުމީހާ

    މާލޭގައި ޓްރެފިކް ބާރު ބޮޑުވާ މައްސަލަ ވިޔަފާރިވެރިންނާ ފިކަޕް ޑުރައިވަރުން ނޫން....2018 ވެސް އަންނަނީ....ވޯޓު، ވޯޓު،ވޯޓު