ދައުލަތުގެ ދަރަނި 50 ބިލިއަން ރުފިޔާ ފަހަަނައަޅައި މައްޗަށް ހިނގައްޖެ އެވެ. މިއީ ރާއްޖޭގެ ތާރީޚްގައި ވެސް ދައުލަތުގެ ދަރަނި މިހައި ވަރަށް މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.

އެމްއެމްއޭ އިން ނެރުނު ރިޕޯޓެއްގައި ވިދާޅުވީ މި އަހަރުގެ ޖޫން މަސް ނިމުނު އިރު ދައުލަތުގެ ދަރަނީގެ ޖުމްލަ ވަނީ 50.9 ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ. މީގެ ހަ މަސް ކުރިން ދަރަނި ހުރީ 48 ބިލިއަން ރުފިޔާގަ އެވެ.

އެމްއެމްއޭ އިން މި ހަފުތާގައި އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން ދައުލަތުން އެންމެ ގިނައިން ދަރަނި ނަގާފައި ވަނީ ގައުމުގެ އެތެރޭގެ އެކި އިދާރާތަކުންނެވެ. އެގޮތުން 50.9 ބިލިއަން ރުފިޔާގެ ތެރެއިން 29.7 ބިލިއަން ރުފިޔާ އަކީ އެތެރޭގެ ދަރަންޏެވެ. އެއީ މުޅި ދަރަނީގެ 58 އިންސައްތައެވެ. ބޭރުގެ ދަަރަނި ހުރީ 21.3 ބިލިއަން ރުފިޔާގަ އެވެ.

އެމްއެމްއޭގެ ރިޕޯޓްގައިވާ ގޮތުން ދައުލަތުގެ ރިޒާވް ވެސް ވަނީ ދަށް ވެފައެވެ. ޖޫން މަސް ނިމުނުއިރު ރާއްޖޭގެ ރިޒާވް ހުރީ 677.4 މިލިއަން ޑޮލަރުގަ އެވެ. މިއީ މިދިޔަ ޑިސެމްބަރު މަސް ނިމުނުއިރު ރަސްމީ ރިޒާވު ހުރި މިންވަރާ އަޅާބަލާއިރު ފަސް އިންސައްތައިގެ މަދުވުމެކެވެ.

ފެބްރުއަރީ މަހުގެ ނިޔަލަށް ރިޒާވްގައި 938.6 މިލިއަން ޑޮަލަރު ހުރިނަމަވެސް އޭގެ ފަހުން ރިޒާވް އަންނަނީ މަދުވަމުންނެވެ.

ދައުލަތުގެ ދަރަނި ބޮޑުވެ ރިޒާވް ދަށްވަމުން ދާއިރު އެމްއެމްއޭގެ ރިޕޯޓްގައި ވަނީ ގައުމުގެ އިޤުތިޞާދީ ދުވެލި ވެސް މަޑުޖެހިފައިވާ ކަމަށެވެ.

ސަރުކާރުގެ އިދާރާތަކުން އާއްމު ކުރަމުންދާ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރު އިމްޕޯޓް ވެސް ދަނީ މަހުން މަހަށް މަދުވަމުންނެވެ. ހޯލްސޭލް އަދި ރީޓޭލް ވިޔަފާރިތައް ވެސް ވަނީ މިއަހަރު ދަށަށް ދާން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

53 ކޮމެންޓް

  1. ޢަޒްރާ

    ޙިންގަން ނޭނގޭ ރޯނުން ވެރިކަމައް އައިމަ ވާނެ ގޮތް ތިވަނީ

    139
    1
    • ހިމޭނުން

      50 ބިލިޔަން ދަރަނި އެއީ މި ސަރުކާރުގެ ދަރަންޏެއް ނޫން.. ޔާމީނުގެ ވެރިކަމުގަ ގުރޭޓާ މާލޭ މެގަ ޕުރޮޖެކްޓްތަކަށް ނެގި ބިޔަ ބޮޑެތި ލޯނުތައް.. މިސަރުކާރުގެ ދަރަނި އަދި ބިލިޔަނަކާ ގާތްވެސް ނުކުރޭ.. ދަރަނި އަދާކުރަންޏާ ރިޒާވްވެސް ދައްވާނެ.. މޮޔަ ނުގޮވާ ހިމޭނުން ހުރޭ.

      9
      134
      • ޖާޒީރާ ބޯއީ

        ހިމޭނުން ކަލެއަށް މާބޮޑައެއް ތިޔަހެރީ އެގިފަ، ޔާމިންގެ ސަރުކާރު ނިމުނުއިރު ދަރަނި ބިލިޔަނަކަށް ނާރާ އަނެއްކާ އެއްޗެއް ހިއްޗަވައިގެންތޯ ތިހުންނެވީ.

        93
        2
        • ހިމޭނުން

          އެ ދައްކަނީ 50 ބިލިޔަން ރުފިޔާގެ ވާހަކަ ބިލިޔަން ޑޮލަރެއް ނޫން.. އާމީނު އެއަރޕޯޓާ ބުރިޖަށް އެކަނި 1.1 ބިލިޔަން ޑޮލަރުގެ ލޯނުނަގާ ދަރުވާލި އެއީ ކިތަށް ރުފިޔާ؟ އަދި ކިތަންމެ ލޯނެއް ނެގި ވަރަށް އެނގިގެން މިވާހަކަ ދައްކަނީ.. މަމީ ކެނެރީގޭ މޮޔަ މީހައަށާއި ގާބޯ ބުރުމާއަށް ސަނާ ކިޔާ ޕާޓީ ރޯނުއެދުރެއް ނޫން.. އެކަމު މިކަހަލަ ކަމެއްގަ ތިޔަ ކަހަލ ނުކިޔަވާ މީހުންނަަކަށް ވާނުވާއެއް ނޭނގޭނެ. ތަންފޮރު ނޭނގި ހުރިހާކަމެއް ސިޔާސީ ކުރާނި ކަލޭމެން. މިޒަމާނަކު ތިޔަހެން އޮޅުވައެއް ނުލެވޭ.. އެމް.އެމް.އޭގެ ވެބުސައިޓަށް ވަދެ ބަލާބަލަ.. ތަްނ ދޮރު އެނގޭނެ އޭރުން.. ދަރަނި ވަމުން އައިގޮތާ އަހަރުތައް ވެސް ފެންނަން އެއޮތީ ދިމާއަށް، އަދި ވެސް 80 ގަ ވިސްނުންމާ ވައްޓަފާޅީގަ ތިޔަ އުޅެނީ

          4
          52
          • ޖިރާފް

            ބްރިޖް ނޭޅީނަމަ ކުރީރޭގައި ހިނގި އަލިފާނުގެ ހާދިސާގައި ކިތައް ކިތައް ޑޮލަރުން ގެއްލުންވާނެ؟؟ ކަލޭތީ ސީދާ އަންނިއަށް ސަޖިދަ ޖަހާ ރޯނުއެދުރެއްކަން ކަލޭގެ ބަސްމަގުންވެސް އެބަ އިނގޭ.

            13
          • މީމަ

            އެންމެ އެންގޭ.. އަޅެ އޭރު ކރިމީހުން އަތު އޮތެ ޕލޭން އެއް މިކަމުން އަރައިގަންނާނެ ގޮތުގެ.. މިމީހުން އެކަމު މިއުޅެނީ އަހަރު ވެގެންދާއިރުވެސް ހަމަ ޕްލޭން ހެދުމުގަ.. މިސަރުކާރު އައިފަހުން އުފެދުނު ކުންފުނީގެ އަދަދާ އެކުންފުނިތަކައް ބަޖެޓުން ބައި އެޅިވަރުވެސް ބުނެލަދީބަލަ.. ކުރެވުނު ކަމެއް ހަރާން.. ބިރިޖް ފެނޭ، އެއާޕޯޓް ސަޅި.. ޓާގެޓް އޮތީ ފަތުރުވެރިން ގެނައުމަށް.. އެކަމަށް ބޭނުންވާ އެއާޕޯޓްތައް ހުރީ ފައކާވެފަ.. ރިސޮޓްތައް ދަނީ ނިމެމުން.. އެކަމު މިމީހުން މަޖްލިސް މެޖޯރިޓީގަވެސް ޔާމީނުން ނުނެއްޓި.. ވަރައް ޖަލްސާ ގިނަ.. ކުރިކަމަކީ ބައިމީހުންގެ ނުފޫޒު މިނިވަންމުއައްސަސާތަކައް ވެއްދުމާ.. ދެން ހުސް ޔަމީނު ޔާމީނު.. ގެއްލުނީ އަދި މަރާލެވުނީ ވެސް ގައުމުން އެކެއް.. އޭގެން ނުނެއްޓެވި ގައުމު މިހަނާވަނީ ފަތުރުވެރިންނަށް ބިރުދެއްކުމަށް ނިރުބަވެރިންނޭ ކިޔަގެން.. ބޯހަލާކު

          • Anonymous

            މިސަރުކާރުން 2 ބިލިއަން ޑޮލަރަށް ދެރީނކޮން ޕްރޮޖެކްޓެއް ހިންގައިގެންތަ؟

      • Anonymous

        ނޭނގޭ ވާހަކަ ނުދައްކާ. ޔާމީން ތި ބިޔަ ބޮޑު ޕްރޮޖެކްޓްތަކަށް ނެގި ލޯނުތައް ދައްކަން ޖެހެނީ ދެ އަހަރު ފަހުން.

        77
        8
      • Anonymous

        ރީނދޫ ރޯނުންނަކަށް ނުވިސްނޭނެ. އެއޮތީ ޖަހާފަ އެތެރޭގެ އިދާރާތަކުންނޭ ނެގީ

        79
        3
      • ނޯނޮނޯ

        އެއިހަމަ މިސަރުކާރުގެ ދަރަނި. ބައްލަވާ ޓްރާންސެކްޝަން ޕީރިއަޑް އޭރުގަ ކީއްވެތޯ އެވާހަކަނުދެއްކެވީ ބޭފުޅާ...އަދިވެސް އިންޓަވަލް ދެވޭތޯބަލާ ނުވިތާކަށް ގެއްލުނު ބިލިޔަން ރުފިޔާތައް ކޮބާ. ކުރިން ދަވާލީ ރައްޔިތު މާލިއްޔަތު ..މިހާރުދެން އެއެއް ނެތްވިއްޔަ

        65
        2
      • ގޮރުދިޔަ އާއި ބޮރްބޯ ރިހަ

        އަހަރު ދުވަސް ވީ އިރުވެސް މި ސަރުކާރަކައް އެއްވެސް ދަރަންޏެއް ނުދެއްކުނު ތާގައި މިއޮތީ އިންޑިޔާއިން ދަރަނި ނަގާފަ.. ކުރީ ސަރުކާރުން ދަރަނި ނެގީ ބޮޑެތި މަޝްރޫ ހިންގަން.. އަދި އެހެރީ އެ މަޝްރޫތަކުގެ ނަތީޖާ ފެންނަން..އަދި ރައްޔިތުން އެދަނީ އެތަންތަނުގެ ހެއު ބޭނުން ހިފަމުން. މިސަރުކާރުގެ ކަމަކީ އެމަޝްރޫތައްވެސް ހުއްޓުވައި ލަސްކޮއް ޖެއްސުން ކުރަން. އެކަން ކުރި އިރުވެސް އާމްދަނީއެއްވެސް އިތުރެއްނުކުރެވުނު.

        42
      • Anonymous

        އެންމެ ޕްރޮޖެކްޓަކަށްވެސް ފައިސާ ނުހޯދާ އެހެންވީމަ 1 ޑޮލަރުވެސް ދަރަންޏަށް އިތުރުވެގެން ނުވާނެ.

    • ފފ

      އައްޔެއްނޫން... ސޯލިހު.. ރައްޔިތުން ގެނައީކަމަށް އަޑުއިވެނީ...

      32
      1
    • ގަންޖާ ފެކްޝަން

      ޒިންމާވާން ޖެހޭނީ ރައްޔިތުންނެކޭ ނުބުނޭތަ މިބީތާ. ފޯނުބިލުވަގުވެސް ބުނީ އިހަށް ދުވަހު ހިނގި އަލިފާނުގެ ހާދިސާގެ ޒިންމާވެސް ނަގަން ޖެހޭނީ ރައްޔިތުންނޭ. ތިމަންމެން ގައިކޮޅުގައިގާދުރޭ. އެބުނަނީ އެމީހުންނަށް ވޯޓު ދިން ރައްޔިތުން ހުރިހާ ކަމެއްގެ ޒިންމާ ނަގަންވާނެ ވާހަކަބާ!

      30
  2. ގުއި ޗޮންހެއި

    ކާއްޓެއް މަހެއް، ކަނޑެއް ފަޅެއް ވަކިނުވާ ބަޔަކު 29 ބިލިޔަންގެ ބަޖެޓުވެސް ހުސްކުރީ ވީގޮތެއް ހާމައެއް ނުކުރެވުން

    119
    1
  3. ނަމަ

    5 ކުލަދު މަދުވީމަބާ މިހެން މިވަނީ

    110
    1
  4. ދިޔޯ

    ވަގައް ނުކާނަމަ ތިފައިސާއިން ކުރިކަމެ ބުނެދީބަލަ. ނަންވާނީ ހައިވަކަރުއޮޑި

    124
    3
  5. ދިވެހި ދަރިއެއް

    ރައްޔިތުންގެ ނުބައިކަމުން މިހުރިހާކަމެއްމިވަނީ... އިންތިހާބު ކައިރިވީމާ އެއްވެސް ކަމެއް ހަނދާނެއް ނުހުރޭ.. ކޮންމެ މީހަކުވެސް ވާހަކަ ދައްކާއިރު ހީވާނެ ވަރަށް ވިސްނޭ

    73
    1
  6. ނިޝް

    އަދިވެސް މާލޭގެ މީހުނަށް މޮޅުހޯދަދޭން ހަދައިގެން އަތަށް ގޮވާއިރުވެސް ބަލަހައްޓައިގެން ތިބޭތި. ޢަޅެ މިކަންކަމަށް ވިސްނާލުން ރަނގަޅު
    1- ޢިންކަމް ޓެކްސް ނެގުން. (ސަރުކާރަށް ލިބޭ ލާރި)
    2- ފޮރިން އިންވެސްޓްމަންޓް ތަކަށް ހުރިހާ އޭރިއާއަކަށް ވަންނަން ހުއްދަ ދިނުން. މިހާރު އިންނަނީ އެއް ބޭންޑް. ޢެކި ބޭންޑް ހަދާފަ އެކި ލެވަލްގެ ހުއްދަތައް އެޕްލައިކުރުން.
    3- ރާއްޖޭގެ އުފެއްދުންތެރިކަމަށް (އެކްސްޕޯޓް އަދި ލޯކަލް ބޭނުންތަކަށް) ފޯކަސްކުރުން.
    4- ރާއްޖެ މީހުނަށް ވަޒީފާ އިސްކަންދޭގޮތަށް ގަވާއިދު ބަދަލުކުރުން.
    5- ޒީރޯ ޓޮލަރަންސްއަކީ ޕޮލިސީ ހަދާ ޕޮލިސީ ލެވަލްގެ މީހުންނަށް ވެސް އެޕްލައި ވާ އެއްޗެއްކަަމަށް ވުން. މިސާލަކަށް ވިޔަފާރި ގަވާއިދު ތިމާގެ ވިޔަފާރިތަކުން ޑިމާންޑް ކެނޑިދާނެތީ ޕޮލިސީ އާނުކުރުން.
    6- ޓޯޓަލް ސްޓެޓިސްޓިކަސް ވިޒިބިލިޓީ ދިދުން.
    7- އިކޮނޮމިކް މިނިސްޓްރީ ނިދިން ހޭލުން.
    8- ސަރުކާރުގެ އެއް މުވައްސަސާގެ ޕޮލިސީ ތަކާއި ޕްރޮސެސް ތައް އެހެނިނެން މިނިސްޓްރީ ގެ ޕްރޮސެތަކާއި އެލައިން ތޯ ބަލާ އެ ހައްލުގެންނަން ތިބޭ ބޮޑީ އެއް އޮތުން.
    9- ޕްރޮޖެކްޓް ތައް ދެނީ އެމް.ޕީ އިން ގެ ކުންފުނި ކަމަށް ނުވުން.

    ބަންގްލާ މީހުންގެ މައްސަލައާއި ގުދަން/އަލިފާން މައްސަލަ އަށް ބަލައިފިނަމަ މީ ބޮޑެތި ނެޓްވާރކްތައް! ޜައީސް އިބޫއަށް މިހިރަ ކަންކަން ކުރެވޭނެބާއޭ ސުވާލުއުފެދޭ!

    27
    4
    • ހުސޭނުބޭ

      ތީ ކޮންކަހަލަ ޖާދުލެއް! ތި ކަންތައްތައް ވާންފެށުމުން ބަޖެޓަކު މިހާރު ނެތް ލޯލާރިއެއްވެސް! ތި ހުރީ ދެފައި ދެގޯޅިން ދާވަރަށް ރިފޯމްވެފައި!

  7. ވިޔަފާރި ވެރިޔާ

    ޔާމިނު ސަރުކާރުގައި ވިޔަފާރި ރަގަޅު އަދި ގައުމުގެ އިގްތިސާދު އަދި ތަރައްގީގެ މަޝްރޫއުތައްވެސް ދިޔައީ ބާރުސްޕީޑުގައި ކުރިޔަށް. އޭރުގެ އިދިކޮޅުފަރާތް ދަކުން މީހުންގެ ބޮލުގައި އަޅުވަމުންތިޔަ ޗިީޕަކީ، ޔާމީނު ގެ ސަރުކާރުން ގައުމު ކާލައިފިޔޭ، ބޮޑުއަގުގައި ޕްރޮޖެކްޓް ހިންގަނީޔޭ އަދި އިދިކޮޅަށް ތެދުވާމީހުން ނަށް އަނިޔާވެރިވަނީޔޭ އަދި މުޅިގައުމު ހުސްކޮއްފިޔޭ. ނަމަގެސް މިހާރު ގެ ސަރުކާރު އައުމާއެކު "އަނިޔާ"ގައި ޖެހުނުމީހުންނަށް މިހާރު އެހުރީ މަތީ މަޤާމުތައް ލިބިފައި އަދި ވޯޓުދިން އެންމެން މިހާރު މިތިބެނީ ބިރުވެރިކަމެއްގައި. ބަޖެޓައް ވީނުވީ އެއްނޭގޭ ނަމަވެސް ބަޖެޓު ހުސްވެއްޖެ، ގައުމުގައި ހިންގާ ޕްރޮޖެކްޓެއްނެއް،.... ވަރައްދެރަ ކަމެއް މިޔޮތީ ކުރެވިފައި.

    57
    1
  8. ސުވާލު

    ރައްޔިތުން ބޭނުމީ ޖަޒީރާ ވެރިކަން. އިބޫ/އަންނި ވެރިކަމަށް ގެނެސްފިނަމަ ލާދީނީ ވާނޭ، ހިންގަންނޭންގޭ ބައިގަނޑެކޭ ބުނުމުން އެންޑީޕީ ބޮދުން ބުނަނީ ޔާމީން ކުރަނީ ވައްކަމޭ. އެމީހުންނަށް މައްސަލައެއް ނެތް މާތް ﷲ އަށް ފުރައްސާރަކުރިއަސް. މިއަދު މިއޮތީ އެމްޑީޕީ މީހުންގެ ހުވެފެން ހަގީގަތަކަށް ވެފަ. ގައުމު ބޮޑުތަނުން ދަރަނިވެފަ. ﷲ އަށް ފުރައްސާރަކުރުން އިންތިހާއަށް. ވައްކަންވެސް އެމީހުންގެ ތެރޭ ކުރާތީ އެވާހަކަ ނުދައްކާ.

    ޔާމިނުއަށް ހެއްކެއްނެތި ވައްކަމުގެ ތުހުމަތު ކުރެވުންސް ދީނަކާއި ނުކުޅޭ. ޤައުމަށް ތަރައްގީގެނައި. ބުރިޖުގެ މުހިންމުކަން އަލިފާން ރޯވިދުވަޖު އެނގިއްޖެ. ނަޝީދުއާއި އޭނަގެ ލާދީނީ ބޮންދުން މިގައުމުން ބޭރުކުރަންޖެހޭ.

    57
    • ކިނބޫ ފެކްޝަން

      ރަނގަޅު ވާހަކައެއް. މި ގައުމު ދެކެ ރުޅި އަރާ، ދިވެހިންނަށް ނަފްރަތުކުރާ ބަަޔަކަށް މި ގައުމުގެ ފަސްގަނޑުން ޖާގަ ދެވިގެން ނުވާނެ. އަވަހަށް ރައްކާވޭ. ގެއްލޭ. ފެއްސޭ

      28
  9. ފާ

    ޔާމިން އާއި ހަވާލު ކޮށްފަ ވެރިކަމުން ފައިބާ އަވަހަށް އިބޫ ނުވިއެއްނު ތިކަމެއް

    85
    1
  10. ފެންނަގޮތް

    ދިވެހިން ރަގަޅަށް ފުނޑުނީމަ ހޭއަރާނެ އެއްވެސް އެއްޗެކޭނުކިޔާ ތިބިއްޔާ ރަނގަޅުވާނެ

    70
    1
    • މިވަރަކަށް ދެން ތަނެއް ފުޑޭނީ

      މިއޮތީ ފުޑިފަ އަތަށް ގޮވާފަ އަދިވެސް ސިޔާސީމަގާމުތައް އިތުރުވަނީ

      56
  11. ޢަލި

    ސާބަހޭ

    44
    3
  12. މޯދީ

    ކަލޯ އަދި އިންޑިޔާއިން ދޭން ބުނި ލާރި އަނބުރާ ދޭން އަންގައިފިނަމަ އިތުރު އަނެއް 16 ބިލިޔަން އިތުރުވާނެ! އިންޑިޔާއިން ލާރި ނުދިނަސް، ދޭން ބުނެފަ އޮތީމަ އެލާރި ދޭންމަޖުބޫރުވާނެ! ވެރިކަން ހޯދަދޭން ޚަރަދުކުރި ލާރި ދޭން ޖެހޭނެ!

    54
  13. ޖާޒީރާ ބޯއީ

    މިހާރު އެބަޖެހޭ ރައްޔިތުން ނުކުމެ މިސަރުކާރު އެއްބޮންޑިން ޖަވާބުދާރީ ކުރުވަން.

    53
  14. ޝިދޫތާ

    ދައުލަތްފުޑި މޯދީ ފަައިދަށައް އެންމެން ލެވެނީ

    52
  15. ޒާ

    ރައްޔިތުންގެ ޖީބުތައް ފުރައިދީ ގައުމުގެ ދަރަނި އަރަނި ކުރަން އައި މީހުން އަހަރެމެން ލައްވައި އަވަގުރާނަ ގޮއްވަން ނުހަދައި ވެރިކަމުން ފައިބާ. ޔާމީނު ބަޖެޓް އަރަނި ކުރިޔަސް ކަލޭމެނަށް ނުވާނެ. ތީ އެފެންވަރެއްނޫން.

    45
  16. ޒަހޫ

    މިހާރު އިގޭނެ ޔާމިނަކީ ވެރިކަން ކުރަން ދަންނަ ވެރިއެއްކަން.އަވަހަށް ޔާމިން އާ ވެރިކަން ހަވާލު ކޮށްލާ އެހެން ނޫނީ މިޤައުމު ދަރަނިވެރި ވެދާނެ.

    49
  17. ހޭއަރާ

    ރައްޔިތުންނޭ ހޭއަރާ ޤައުމު އިނދަޖެހެނީ މާދަމާ ކާޑުކޮޅުވެސްގަންނާނެވަރައްވެސް ބަޔްތުލްމާލުގަހިޔެއްނުވެ ހުންނާނެހެން

    47
  18. ސަރުދާރު

    استغفر ﷲ ...
    ގައުމެއް ނެތް

    51
  19. ނަޖީބު އައްބާސް

    ކޮންމެ ގޮތެއް ވިއަސް ދައުލަތުގެ ހަޒާނާއިން އަމިއްލަ ޖީބައްނުލެވޭނެ! އެފައިސާމިފައިސާ ވައިކުވާއިރު ޔާމީނުގެ ސަބުން ގައުމައްވީ ފައިދާތޯ؟ ޔާމީނުވައުދުވި ފަސްއަޙަރުތެރޭ ދަރަނިފިލުވަން އެކަންނުވެ ދަރަނިބޮވީ! އަދި ދެރަކަމަކީ ފާބާންދިޔައިރު ނުވިއްކާފަރަށެއްނެއް އެމަނިކުފާނު އަގައިންބުނީ ފަޅުރައްތައް ވިއްކިފައިސާ ރައްތުން އެކައުންޓައް ނުވަންވާހަކަ މިވަރު މީހަކައް ސަނާކިއަނީ ބުއްދި ފިލާދިއައީމަ ކަމުގަދެކެން! މިސަރުކާރު ދަރަނި ބޮޑުވުން އެއެއީ އެހެންކަމެއް

    2
    26
  20. ކާފަ

    ނުކިޔަވައިހުރި ސަންގޯރަކު ވެރިކަމަށް ލައިގެން ތިބެބަލަ! ކުޅި ސަމާ އަދި ކުރިޔަށް އޮތީ!

    33
    1
  21. ކޮމިޓީ

    ކޮބާތަ ދަރަންޏާ ބެހޭ ކޮމިޓީ ތަހުގީގުކުރާ ކޮމިޓީގެ ކަންތައް ބަލާ ކޮމިޓީގެ ބޯހަމަޖެހޭތޯބަލާ ކޮމިޓީގެ ދަރަނިބަލާ ކޮމިޓީގެ ކަންތައް އޮޑިޓްކުރާ ކޮމިޓީގެ ކޮމިޓީ؟

    31
  22. Anonymous

    މީ ވަރަށް މުހިންމު ޕޮއިންޓެއް "ފެބްރުއަރީ މަހުގެ ނިޔަލަށް ރިޒާވްގައި 938.6 މިލިއަން ޑޮަލަރު ހުރިނަމަވެސް އޭގެ ފަހުން ރިޒާވް އަންނަނީ މަދުވަމުންނެވެ" އެހެންވީމައި ބިލިއަނަކަށް އަރަން ކައިރިވެފައި ހުއްޓައި ޔާމީން ބޭލުވީ މިހާރު ރިޒާވްގައި ހުރި އެތިކޮޅުވެސް ހުލިވަނީ އުއްބައްތިއެއްހެން، ޔަޤީނުންވެސް އިކޮނޮމީ ގޫރޯތު ނުވާނަމަ ރިޒާވް ހުލިވާނެ އެހެންވެ މިހާރު އެހުރީ 938.6 މިލިއަން 677.4 މިލިއަނަން ވެއްޓިފައި މާނައަކީ 52.24މިލިއަން މަހަކު އެބަނަގައި ސޭވުން، މިދާ ރޭޓުގައި ދާނަމަ ބަރާބަރު 1 އަހަރާއި 1މަހުން ދައުލަތުގެ ރިޒާވް ހުލިވާނެ އެއީ ޝައްކެއްވެސް އޮތްކަމެއްނޫން ވީމައި ރައްޔިތުން ވިސްނަވާ..!!

    27
    1
  23. ދަންސޫރަ

    100 ބިލިއަނަށް މިފަސް އަހަރުތެރޭ ދައުލަތުގެ ދަރަނި އަރާނެ އެވެސް ޔާމީން ދޯ ސަރުކާރު މުއަށްޒަފުންނަކަށް މުސާރައެއް ނުދެވޭނެ މިވެރިކަމުގެ ފަހުކޮޅު

    28
  24. ާަޕޮގުބާު

    2019 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެނިޔަލަށް ދައުލަތުގެ.ރިޒާވްގައި 938.6 މިލިޔަން ޑޮލަރު ހުރި ވާހަކަ އެބުނަނީ 2019ވަނަ އަހަރުގެ ޖޫން މަސް ނިމުނުއިރު ދައުލަތުގެ.ރިޒާވްގަހުރީ 677.4 މިލިޔަން ޑޮލަރު ދެން އޭގެންމަދުވި261.2 މިލިޔަން ޑޮލަރު ބޭނުން މިސަރުކާރުން

    21
  25. ފާއިޒް

    ތަންދޮރު ނުދަންނަ ގަމާރުން ވެެރިކަމަށް ގެނާމަ ވާނެ ހައެތި ވީ ހުރިހާ މުސީބާތެއް ނިކަމެތި ރައްޔިތުންނަށް.. 32 ބިލިއަން ރުފިޔާ ދަވާލީ 6 މަސް ތެރޭ..... ސާހިދު މަސާޖު ކުރުމުގަ ދެންތިބި މީހުން ޝަރާބް ގެ ފޮނި މީރުކަމުގަ....

    25
  26. ދަންސޫރަ

    261.2 މިލިޔަން ޑޮލަރ މިސަރުކާރުން ބަނޑު އަޅާލައިފި

    24
  27. ދިވެހި މީހާ

    ސަރުކާރުއަށް، ޕްލީސް މާލޭ މަސްމާރުކޭޓު ކައިރިން ކޮންމެ ދުވަހަކު ހަވީރު ގަޑީގައި ޖަންކްސަން އިން ނަޖިސް މަގުމައްޗައް ލީކުވޭ، މިދުވަސް ވަރު ވާރޭ ވެހޭތީ މުޅިހިސާބު ގަނޑުގަ ޖަންކްސަން ވަސް ދުވަނީ. މިކަމުން ބޮޑު ބަލި ގަނޑެއް ނުފެތުރަނީސް މިކަމައް ޙައްލެއް ގެނެސް ދެއްވާ. މާލޭ ސިޓީކައުން ސިލަށް އެގެނީ ގަދަޔަށް ދުފާލާފައި ވައިފޮޑިޖަހަން. އެއްކަމެއްވެސް ނުކުރެވޭ، ކުރީސަރުކާރުންވެސް އެމީހުންގެ ނާގާބިލް ކަމުން ހުރިހާ ބާރެއް ވަނީ ހައުސިން މިނިސްޓަރީގެ ދަށައް ބަދަލު ކޮއްފަ، ވީމާ ސިފައިން ނެރެގެން ވިޔަސް މިކަމަށް ހައްލެއް ގެނެސް ދެއްވާ. އަދި ހަމަ މިއާއިއެކުދަންނަވަން މާލޭގެ މަދުތަކުގައި މިހާރު ބުޅާގިނަވުމުގެ ސަބަބުން މަގުމަތީގައި އޭގެ ނަޖިސް އަދި ނަޖިހުގެ ވަސް ވަނީ ޢާންމުވެފައެވެ. އަދި މިފަދަ ވާރޭވެހޭ ދުވަސް ވަރެއްގައި މިކަމއްވެސް ހައްލެއްގެނެސް ދެއްވުން އެދެމެވެ.

    16
  28. ހާލުގެދުލުން

    މޮޔައެއްގެ އަތަށް ކަނޑިއެއް ދިނީމާ ވާނީ އެހެން. ދިވެހިންނަށް ވިސްނޭނީ ފަހުން. ކަންވެ ނިމުނީމާ.

    25
  29. އުތުރުން

    ގައުމުގެ ތަރައްގީއާއި އިގްތިސާދީ ކަންކަމަކީ ބޮޑުޓައީއެއް
    އަަޅައި މޭފުއްޕާފަނުކުންނަ ކޮންމެކޮންމެ މީހަކަށް ކުރެވޭނެ
    ކަމެއްނޫނެވެ ހުނަރާއި މައުލޫމާތާއި ހިންގުމުގެ އުކުޅުތައް
    އިންތިހާއަށް ހުރެގެންނޫނީ ނުކުރެވޭނެ ކަންކަމެވެ މަކަރާއި
    ހީލަތް ހެދުމާއި ސަރުކާރުގެ ވަތްގަޑުން ވައްކަންކުރަން މޮޅު
    ވަގުންނަށް ކުރެވޭނީ ހަމަ އެކަންކަމެވެ

    19
    1
  30. އެދުރުބެ

    ދެން ތިބޭ. ދިވެހިން ގައުމުގެ ލަގަން ޙަވާލުކުރީ ނަމުން ސާލިޙް ކަމުން ޖާހިލަކަށް. އޭގެ ހިތި މިފެންނަނީ.

    25
  31. އަފްލާލް

    މާ ހާޒާ..؟ ހާޒާ ސަރުކާރަތުލް ދަރަނި ވަލް އަލިފްލާލާ އަލް ސަގާފީ.

    12
  32. ޙުސޭން

    މިވާނުވާއެއް އެއްގޮތަކަށްވެސް އޮޅުމެއް ނުފިލާ... އަހަރުން އަހަރަށް މުޅި ސަރުކާރު އޮޑިޓްކޮށް ކޮންމެ އަހަރަކުވެސް ހާމަކަން ބޮޑް ސައްޙަ އޮޑިޓް ރިޕޯރޓެއް އާއްމު ކުރަން އެބަޖެހޭ... ދައުލަތުގެ އެސެޓްަސް އެންޑް ލައިބިލިޓީސް އާއި ނިމިގެން ދިޔަ އަހަރުގެ ލިބުނު ފައިސާއާއި ކުރެވުނު ޚަރަދު ތައް ރައްޔިތުންނަށް އެނގެން އެބަޖެހޭ.... އޮޑިޓް ކުރާނީ ޕްރައިވެޓް އޮޑިޓް ފާރމް ތަކުން.. ފިނޭންސް އިން ނެރޭ ރިޕޯރޓެއް ބޭނުމެއް ނުވާނެ....

    10
  33. Anonymous

    ވެރިކަން ދޭންވީ ތަންދޮރު ޖުދަންނަ ގަމާރުންނަށް. ދިވެހިން ބޭނުންވަނީ ފަގީރު ކަމާ ހައިހޫނުކަމާ ނިކަމެތިކަން ތަޖްރިބާ ކޮށްލަން.

  34. އިސްރާފު

    ކަނޑުކޮހުންނަށް ވެރިކަން ލިބުނީމާ ވާނެ ހައެތި ވެގެން ގައުމުގެ ކަންތައް ނިމި ކަރުތާފެނަށް އެޅިގެން މިދަނީ.

  35. ބަޖެޓްކާ

    ފެންފޮދަކާއި ނުލާ ބަޖެޓް ދިރުވާލީ އަދި ނުވިތާކައް ދަރަނި ދިރުވާލީ އަދި މިއުޅެނީ 1 އަހަރު ނުވެގެން ފަސްއަހަރު ރައްޔިތުންނައް ކެތްވާނެބާ

  36. ބަބޫ

    ޔާމިނު ނެގީ ބުރިޖާއި އެއާޕޯޓާއި 7000 ފްލެޓް. އެއާޕޯޓުން ލިބޭ އެއްޗަކުން އެ ޚަރަދު ހަމަޖެހޭނެ. ބުރިޖުން ފީނަގަން ފެށުމުން އެ ޚަރަދު ދެެއްކޭނެ. 7000 ފްލެޓަށް މީހުން ވެއްދިނަމަ އެމީހުން އެޔަށްވެސް ލާރިދައްކާނެ. އައިޖީއެމް އެޗް ވެސް ހިދުމަތް ދޭންފެށުމުން އެ ޚަރަދު ލިބެން ފެށީ. ޔާމީން އަކީ ވަރަށް މާސްޓަރ މައިންޑް ބޭފުޅެއް.

  37. ދުންމާރި

    މި ޤައުމު ބަނގުރޫޓުވީ އަދިވެސް މޮޅުވާހަކަ ދެއްކޭތޯބަލަ ކުރެވުނުކަމެއްނެތް ޤައުމުގެ އިޤުތިޞާދު އިނދަޖެހުނީ ދަރަނީގެ މިންވަރު މީން ދުވަހަކު ނުވާހަ މިންވަރަށް ބޮޑުވީ މީ އެޖެންޑާ19 ގެ ތަފާތަކީ ވެރިކަމާ މަޖިލީހާ ޖުޑިޝަރީ މުށުތެރަށްލީ މިކުޅި ކުޅެންކަން އެނގޭ އެހެންވީމާ އެޖެންޑާ 19 ތަފާތުވަނީ ޔާމީނު ޤައުމު ދަވާލާތީ ވެރިކަން ބަދަލްކުރީ މިކުޅިވަރުކުޅެން ޖާގަ ދޭކަށްނޫން ދައުލަތުގެ ކުންފުނިތައްވެސް ވީދާކައި ހުސްކުރަނީ މިހާވަރުންވެސް ރައްޔިތުންނަށް ކަމެއް ވިސްނޭނެބާ؟؟ޤައުމު ދިފާއުކުރާނީ ރައްޔިތުން