ސުޕަރ މޯބައިލް އިން އެޕަލްގެ އެންމެ ފަހުގެ ފޯން، އައިފޯން 11ގެ ފަހުގެ ފޯންތައް ވިއްކަން ފެށިތާ 24 ގަޑިއިރު ތެރޭ ހުރިޙާ ފޯނެއް ވިކިއްޖެއެވެ.

ސުޕަރ މޯބައިލް އިން ބުނީ، އައިފޯން 11 ސީރީޒްގެ އައިފޯން 11، އައިފޯން 11 ޕްރޯ އަދި އައިފޯން ޕްރޯ މެކްސް ވިއްކަން ފެށިތާ 24 ގަޑިއިރު ތެރޭގައި ހުރިހާ ފޯނެއް ވިކިއްޖެ ކަމަށެވެ. އެހެންކަމުން މިހާރު އަނެއްކާވެސް ޕްރި އޯޑަރ ހުޅުވާލާފައިވާކަަމަށް ސުޕަރ މޯބައިލްއިން ބުންޏެވެ.

އެ ފިހާރައިން މައުލޫމާތުދިންގޮތުގައި، އައިފޯން 11 ސީރީޒްގެ ފޯންތަކަށް ޕްރިއޯޑަރު ދޭ ކަސްޓާމަރުންގެ ތެރެއިން، އެ ކަސްޓަމަރެއްގެ ބޭނުންވާ ކުލައާއި، އެ ފަރާތެއް ބޭނުންވާ ޖީބީއެއްގެ ފޯނަށް ޕްރިއޯޑަރު ދިނުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށެވެ. އެގޮތުން، އެ ކަސްޓަމަރު ބޭނުންވާ އައިފޯން 11 ސީރީޒްގެ ފޯނުގެ ކުލަ އާއި ޖީބީ ލިޔުމަށްފަހު، ސުޕަރ މޯބައިލްގެ ވައިބަރ ނަމްބަރ 7519966 އަދި 9918006 އަށް ވައިބާ ކުރުމުން އެ ބޭނުންވާ ފޯނެއް ގެނެސް ދޭނެއެވެ.

މިގޮތަށް ފޯނު ގެނެސްދޭނީ، ޕްރި އޯޑަރު ކުރާ ކަސްޓަމަރުންގެ ތެރެއިން، އެ ފޯނުގެ އަގުގެ %50 ދައްކާ ފަރާތްތަކަށެވެ.

ސުޕަރ މޯބައިލްއަކީ، އައިފޯން 11 ސީރީޒްގެ ފޯންތައް އެންމެ ހެޔޮއަގުގައި ވިއްކާ ފިހާރައެވެ.

ސުޕަރ މޯބައިލް ފިހާރަ ހުންނާނީ އަލިކަލޭގެފާނު މަގު، ބޮޑުރަސްގެފާނު މަގު ކަންމަތީގައެވެ. އެ ފިހާރައާއި ގުޅޭނެ ނަމްބަރަކީ 7519966 އަދި 9918006 އެެވެ. މި ނަމްބަރުތަކަށް ގުޅައިގެން ނުވަތަ ވައިބަރ ކޮށްގެން ބޭނުންވާ ފޯނެއް ޑެލިވަރ ކޮށްދިނުމުގެ ހިދުމަތްވެސް ލިބިގެން ދާނެއެވެ. މި ފިހާރައިން މާލެ، ހުޅުމާލޭގެ އިތުރުން ރިސޯޓްތަކަށްވެސް ޑެލިވަރީ ހިދުމަތް ފޯރުކޮށްދެއެވެ.