ޒިއޯމީ ރެޑްމީއަކީ ދިވެހިންގެ މެދުގައި މަގުބޫލު ބްރޭންޑެކެވެ. މިބްރޭންޑްގެ ތަފާތު އެކި ވައްތަރުގެ ފޯނު ހުރެއެވެ. މިފަހަރު މިބަލާލަނީ މި ބްރޭންޑްގެ ފޯނެއް ކަމަށްވާ ރެޑްމީ 9އައި އަށެވެ.

ޒިއޯމީ ރެޑްމީ 9އައި ދުނިޔޭގެ ބާޒާރަށް ނެރެފައިވަނީ 18 ސެޕްޓެމްބަރ 2020 ގައެވެ.މިފޯނަކީ ބަޖެޓް ފޯނެކެވެ.

މިފޯނު މިހާރު ސުޕަރ މޯބައިލް އިން ލިބެން ހުންނާނެއެވެ. 4ޖީބީ ރެމް އަދި 64ޖީބީ މެމޮރީ އެއް އިންނަ މިފޯނު އެފިހާރައިން ވިއްކަނީ 2400ރުފިޔާއަށެވެ.

މޮޅު ޑިސްޕްލޭއެއް ހިިމެނޭ މި ފޯނުގެ ޑިސްޕްލޭގައި 6.53އިންޗި ހުުންނައިރު ބަރުދަނުގައި ހުންނަނީ 194 ގުރާމެވެ.

މިފޯނުން ނަގާ ފޮޓޯ ވެސް ވަރަށް ޗާލެވެ. މެއިން ކެމެރާގައި 13 އެމް-ޕީ ހުންނައިރު ސެލްފީ ކެމެރާގައި 5 އެމް-ޕީ ހުރެއެވެ.

މުހިންމު ފީޗާރސް

ދެސިމް ލެއްވޭ، މެމޮރީ ކާޑުވެސް ލެއްވޭ
އެފްއެމް ރޭޑިއޯ
އެންޑްރޮއިޑް 10
5000 އެމް-އޭ-އެޗް ބެޓަރި، 10ވަޓްސް ޗާޖިންގ އެޑަޕްޓަރ

ސުޕަރ މޯބައިލް ފިހާރައިން ވިއްކާ ފޯންތަކުގެ ތެރޭގައި ދުނިޔޭގެ އެންމެ މަޝްހޫރު ބްރޭންޑް ތަކުގެ މޯބައިލް ފޯން ކަމުގައިވާ އެޕަލް، ސެމްސަންގ، ޒިއޯމި، ފަދަ ބްރޭންޑްތަކުގެ އިތުރުން އެންމެ އާދައިގެ ފޯންތައްވެސް ލިބެން ހުންނާނައެވެ. މިފިހާރައިން ވިއްކާ މޯބައިލް ފޯންތައް މާލެ، ހުޅުމާލެ އަދި ބޯޓުތަކަށް ވެސް ޑެލިވަރީ ކޮށްދޭނެއެވެ.

މޯބައިލް ފޯނާއި މޯބައިލް އެސެސަރީސް ވެސް ސުޕަރ މޯބައިލް އިން ލިބެން ހުންނާނެއެވެ. މީގެ އިތުރުން އެ ފިހާރައިން ފޯނު މަރާމާތުކޮށް ދިނުމުގެ ހިދުމަތްވެސް ދެއެވެ. އެހެންކަމުން މޯބައިލް ފޯނު މަރާމާތުކުރަން ބޭނުންވާ ރަށްރަށުގައި ތިބި ފަރާތްތަކުންވެސް މަރާމާތުކުރުމަށް ބޭނުންވާ މޯބައިލް ފޯނު ލޯންޗް ނޫނީ ބޯޓު ފަހަރަށް ލުމަށްފަހު ސުޕަރ މޯބައިލް ފިހާރައިގެ ނަމްބަރ 7519966 އަށް ގުޅާލުމުން ނުވަތަ ވައިބަރ ކުރުމުން އެ ފިހާރައިގެ ފަރާތުން ފޯނު ނަގާ، ފޯނު މަރާމާތުކުރުމަށްފަހު އަނބުރާ ބޯޓު ނޫނީ ލޯންޗާއި ހަމައަށް އިތުބާރާއި ޔަގީންކަމާއިއެކު ގެންގޮސް ދޭނެއެވެ.

އެފިހާރައިން ވިއްކާ ފޯންތަކާއި، ދޭ ހިދުމަތްތަކާއި ގުޅޭ މައުލޫމާތު ސާފުކުރުމަށް 7519966 އަށް ގުޅުމުން ބޭނުންވާ މައުލޫމާތު ލިބޭނެއެވެ. ސުޕަރ މޯބައިލް ފިހާރަ ހުންނަނީ ބޮޑުރަސްގެފާނު މަގުގެ ގަލޮޅު ކަންމަތީ ހިސާބުގައެވެ.