ޖެނިފަރ ލޯޕޭޒްއޭ ބުނުމުން އެއީ ކާކުކަން ނޭނގޭނެ ދިވެއްސަކު މަދުވާނެ އެވެ. ހަމަ އެގޮތަށް ޖެނީފަރ ލޯޕޭޒްގެ ސްޓިލް ސެންޓުވެސް ނޭނގޭނެ ދިވެހި އަނަހެނަކު މަދުވާނެ އެވެ. މިއީ މުޅި ދުނިޔެއަށްވެސް މަޝްހޫރު ސެންޓެކެވެ.

އޮކްޓޯބަރު 2013 ގައި ދުނިޔޭގެ ބާޒާރަށް ނުކުތް މި ބްރޭންޑުގެ ސެންޓަކީ އެމެރިކާއަށް ނިސްބަތްވާ މަލްޓިނޭޝަނަލް ކުންފުންޏެއް ކަމަށްވާ ކޯޓީގެ އުފެއްދުމެކެވެ. މި ސެންޓަށް ޖެނިފަރ ލޯޕޭޒްގެ ނަން ދެވިފައިވަނީ އޭނާ މި ސެންޓު އެންޑޯޒްކޮށްފައިވާތީއެވެ.

ޖެނިފަރ ލޯޕޭޒްގެ "ސްޓިލް" ސެންޓު މިހާރު ވަނީ ދިވެހިންގެ ތެރެއިން ޚާއްސަ ގޮތެއްގައި އަންހެންވެރިންގެ މެދުގައިވެސް މަގްބޫލު ސެންޓަކަށްވެފައެވެ. އަންހެނުންނަށް ޚާއްސަ މިސެންޓުގެ އޮރިޖިނަލް ފުޅި ލިބޭނީ އިންޓެންސް.އެމްވީންނެވެ. އިންޓެންސް.އެމްވީން ވިއްކަނީ މީގެ 100 އެމްއެލް ފުޅިއެއް 750 ރުފިޔާއަށެވެ.

މި ސެންޓު އުފައްދާފައިވަނީ ފްރީސިއާ މަލާއި އޮރެންޖް ބްލޮސޮމާއި ފިނިފެންމަލާއި ލިލީ އޮފްދަ ވެލީ އަދި މަސްކާއި ސަންޑަލްވުޑްގެ އިތުރުން މީރުވަސް ދުވާ އެތައް ބާއްވަތެއް ހިމަނައިގެންނެވެ.

މީރުވަސް ދުވާ މި ސެންޓު ހުރިހާ އުމުރެއްގެ މީހުންނަށްވެސް ބޭނުން ކުރެވިދާނެ އެވެ. ޕާޓީއަކަށް ނުވަތަ ހަފުލާއަކަށްވިޔަސް މި ސެންޓް ބޭނުންކޮށްލެވިދާނެއެވެ. އަދި ކުޑަކުދިންނަށްވެސް މި ސެންޓް ބޭނުން ކުރެވިދާނެއެވެ. މީގެ އިތުރުން ރައްޓެއްސަކަށް ނުވަތަ ލޯބިވެރިޔާއަށް ހަދިޔާކޮށްލަންވެސް މިއީ ހަމަ ދެވަނައެއް ނެތް މޮޅު ސެންޓެކެވެ.

އިންޓެންސް.އެމްވީން ވިއްކާ ސެންޓްތައް މާލެ އާއި ހުޅުމާލެއަށް ފްރީ ޑެލިވަރީ ހިދުމަތް ދެއެވެ. އަދި މޯލްޑިވްސް ޕޯސްޓް މެދުވެރިކޮށް ރަށްރަށަށް ފްރީ ޑެލިވަރީގެ ހިދުމަތްވެސް އެ ޕޭޖުން ފޯރުކޮށްދެއެވެ.

އެ ޕޭޖުން ވިއްކާ ސެންޓްތައް ގަތުމަށް، ފޭސްބުކް މެދުވެރިކޮންނާއި، 7750004 އަށް ގުޅައިގެން ނުވަތަ ވައިބާ/ވަޓްސްއެޕް ކޮށްގެންވެސް ބޭނުންވާ ސެންޓް ފުޅިއެއް ގަތުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އިންޓެންސް އެމްވީ ވަނީ އޮރިޖިނަލް ސެންޓް ގަންނަން ބޭނުންވާ މީހުންގެ އެއްވަނަ ޗޮއިސް އަށް މިއަދު ވެފައެވެ. އިންޓެންސް އެމްވީގެ އަމާޒަކީ އެމަގާމު ދެމެހެއްޓުމެވެ.