ކެރޮލީނާ ހެރޭރާ (ސީއެޗް) ބްރޭންޑްގެ ގުޑްގާލްގެ ސެންޓް ކަލެކްޝަނަކީ ދިވެހިންގެ މެދުގައި މަޤްބޫލު ސެންޓުތަކެކެވެ. މި ބްރޭންޑްގެ ލިމިޓެޑް ކަލެކްޝަންތަކާއެކު ޖުމްލަ 16 ވައްތަރެއްގެ ސެންޓް މިހާތަނަށް ބާޒާރަށް ނެރެފައިވެއެވެ. އެގޮތުން، އެންމެފަހަށް ތަޢާރަފްކޮށްފައިވާ ސެންޓް ފުޅީގެ ނަމަކީ "ގުޑްގާލް ގޯލްޑް ފެންޓަސީ" އެވެ. ބޫޓު ކިބައެއްގެ ބައްޓަމަށް ރަންކުލައިން ޑިޒައިން ކުރެވިފައިވާ ލިމިޓެޑް އެޑިޝަންގެ މި ސެންޓު ފުޅި އިންނަނީ އޭގެ ކޮޅުން ފެށިގެން މެދާހަމައަށް ގްލިޓާ އިން ޒީނަތްތެރި ކުރެވިފައެވެ.

ފޮލޯރަލް ވަހެއް ހުންނަ މި ސެންޓްގެ ޓޮޕް ނޯޓްސް ތެރޭގައި ފޮލޯރަލް އާއި އާމަންޑްސް ހިމެނޭއިރު، މިޑްލް ނޯޓްސްގައި ޖޭސްމިން އަދި ޓިއުބަރ ރޯސް ހިމެއެވެ. އަދި، ބޭސް ނޯޓްސްގައި ހިމެނެނީ ކަކައޯ އާއި ޓޮންކާ ބީން އެވެ. މިއީ ގިނަ އިރު ވަސް ހުންނަ، ކޮންމެ ޙަފްލާއަކަށް އަދި ކޮންމެ ވަގުތެއްގައި ބޭނުންކޮށްލުމަށްވެސް ވަރަށް ހިތްގައިމު ސެންޓެކެވެ.

މި ބްރޭންޑްގެ ސެންޓާއި އިތުރު މަޝްހޫރު ބްރޭންޑްތަކުގެ އޮރިޖިނަލް ސެންޓްތައްއިންޓެންސް.އެމްވީ އިން ވިއްކަމުން ދާނެއެވެ. އިންޓެންސް އެމްވީ އިން ސެންޓްގަންނަން ބޭނުންވާ ފަރާތްތަކުން ފޭސްބުކް އަދި އިންސްޓަގްރާމް މެދުވެރިކޮށާއި،7730055 އަށް ގުޅުއްވައިގެން ނުވަތަ ވައިބާ/ވަޓްސްއެޕް ކޮށްގެންވެސް ބޭނުންވާސެންޓް ފުޅިއެއް ގަތުމުގެ ފުރުޞަތު އޮންނާނެއެވެ.

އަދި، އިންޓެންސް.އެމްވީ އިން ވިއްކާ ސެންޓްތައް މާލެ އާއި ހުޅުމާލެއަށް ފްރީ ޑެލިވަރީކޮށްދޭނެއެވެ. ހަމައެހެންމެ ވަކި ފަރާތަކަށް ހަދިޔާ ކުރައްވަން ބޭނުންފުޅުވާނަމަ، ގިފްޓް ރެޕްކޮށް މޯލްޑިވްސް ޕޯސްޓް މެދުވެރިކޮށް ރަށްރަށަށް ޑެލިވަރީގެ ޙިދުމަތްވެސް އެ ޕޭޖުންދެއެވެ.