އެޕަލް ކުންފުނިން އެންމެ ފަހުން ނެރުނު އެޕަލް އައިވޮޗް ސީރީޒް ފަހެއް ސުޕަރ މޯބައިލްއިން ވިއްކަން ފަށައިފިއެވެ.

ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު އެޕަލް ކުންފުނިން ތައާރަފްކުރި މި އައިވޮޗް މިހާރު ސުޕަރ މޯބައިލުން ލިބެން ހުންނައިރު، މި އައިވޮޗްއަކީ ކުރީގެ އައިވޮޗްތަކަށްވުރެ ގިނަ ފީޗާތަކާއެކު އުފައްދާފައިވާ ވޮޗްއެކެެވެ.

މި ސީރީޒް 5ގެ ބެޓަރީ 18 ގަޑިއިރަށް ޗާޖު ހިފަހައްޓާނެ އެވެ. ރެޓިނާ ޑިސްޕްލޭއަކާއެކު އުފައްދާފައިވާ މި އައިވޮޗްގެ ޑިސްޕްލޭ އަބަދުވެސް އޮންކޮށްފައި ބެހެއްޓޭނެ އެވެ.

ސުޕަރ މޯބައިލް އިން ވަނީ އާ ސްޓޮކެއް ގެނެސް، އައިފޯން 11 ސީރީޒްގެ އެންމެ ފޯންތައް އަނެއްކާވެސް ވިއްކަން ފަށައިފައެވެ.

ސުޕަރ މޯބައިލް ފިހާރަ ހުންނާނީ އަލިކަލޭގެފާނު މަހު، ބޮޑުރަސްގެފާނު މަގު ކަންމަތީގައެވެ.