ޒިއޯމީ ރެޑްމީން މިދިޔަ އޮގަސްޓް މަސް ތެރޭގައި ނެރުނު ފޯން، ރެޑްމީ ނޯޓް ޕްރޯ ސުޕަރ މޯބައިލުން ވިއްކަން ފަށައިފިއެވެ.
މިއީ ފޮޓޯ ނަގާލަން އެެއް ވަނައިގެ ފޯނެކެވެ. މި ފޯނުގައި 64 މެގަ ޕިކްސަލް ބެކް ކެމެރާެއެއް އިންނައިރު، ސެލްފީ ނަގަން ބޭނުންވާ ފަރާތްކަށް މިއީ ހަމަ މަރެކެވެ. މި ފޯންގެ ފްރޮންޓް ކެމެރާގައި 20 މެގަ ޕިކްސަލް ހުރެއެވެ.
6.53 އިންޗީގެ ޑިސްޕްލޭއެއް އިންނަ މި ފޯނަކީ ގެންގުޅެންވެސް ފަސޭހަ އަތަށް ހެޔޮވަރު ވެސް ފޯނެކެވެ. އެންޑްރޮއިޑް 9.0 ގެ އޯއެސްއެއް އިންނަ މި ފޯނަކީ ބެޓަރީވެސް ވަރަށް ވަރުގަދަ ފޯނެއް ކަން ފާހަގަކޮށްލަން ޖެހެއެވެ. އެގޮތުން މި ފޯނުގައި 4500 އެމްއޭޗްގެ ބެޓަރީއެއް އިންނާނެއެވެ.
ރެޑްމީގެ 64 އަދި 128 ޖީބީ ލިބެން ހުންނައިރު، މި ފޯނަކީ މެމޮރީ ކާޑްވެސް ލެއްވޭ ފޯނެކެވެ.
ރެޑްމީ ނޯޓް ޕްރޯގެ އިތުރުން، ރެޑްމީގެ އެހެން ފޯނުތައްވެސް ސުޕަރ މޯބައިލުން ލިބެން ހުންނާނެއެވެ.
އެގޮތުން ރެޑްމީ އެމްއައި ލައިޓް ރެޑްމީ ނޯޓް 7 ޕްރޯ، އެމްއައި 9ޓީ އަދި 9ޓީ ޕްރޯގެ އިތުރުން، ރެޑްމީ ނޯޓް 6 ޕްރޯ، އެމްއައި އޭ3، އެމްއައި އޭ2 އަދި އެމްއައި އޭ2 ލައިޓް ސުޕަރ މޯބައިލުން ލިބެން ހުންނާނެއެވެ.
އަލިކަލޭގެފާނު މަގު، ބޮޑުރަސްގެފާނު މަގު ކަންމަތީގައި ހުންނަ ސުޕަރ މޯބައިލް ފިހާރައާއި ގުޅޭނެ ނަމްބަރަކީ 7519966 އަދި 9918006 އެެވެ. މި ނަމްބަރުތަކަށް ގުޅައިގެން ނުވަތަ ވައިބަރ ކޮށްގެން ބޭނުންވާ ފޯނެއް ޑެލިވަރ ކޮށްދިނުމުގެ ހިދުމަތްވެސް ލިބިގެން ދާނެއެވެ.
މި ފިހާރައިން މާލެ، ހުޅުމާލޭގެ އިތުރުން ރިސޯޓްތަކަށްވެސް ޑެލިވަރީ ހިދުމަތް ފޯރުކޮށްދެއެވެ.
އަގުޖަހާލިނަމަދޯ ވަރަށް ފަށޭހަވީސް އަގުޖަހާލަބަލަ
Price liyeba