ކުރިޔަށް އޮތް ދެދުވަސް ތެރޭގައި ފިޔަާގެ އާ ޝިޕްމަންޓު ލިބޭނެ ކަމަށް ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)އިން ބުނެފިއެވެ.

"ވަގުތު"އަށް މައުލޫމާތުދެމުން އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވީ، ފިޔާ ލިބުމުގައި ކުޑަ ދަތިކަމަކަށް ފަހު ދެދެވަސް ތެރޭގައި ފިޔާ އާޝިޕްމަންޓުތައް ލިބޭނެ ކަމަށާއި އަދި، އެ ޝިޕްމަންޓަށްފަހު މަޑުމަޑުން ފިޔާއިގެ އަގު ދަށަށް ދާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

އެ އޮފިޝަލް ވިދާޅުވީ، މިރޭގެ ވަގުތެއްގައި ވައިގެ މަގުން ފިޔާ ޝިޕްމަންޓެއް ލިބޭނެ ކަމަށާއި، މާދަމާގެ މެންދުރު ފަހުން އެ ވިއްކަން ފަށާނެ ކަމަށެވެ.

މިގެ އިތުރުން އެ އޮފިޝަލް ވިދާޅުވިގޮތުގައި، މިރޭ ވައިގެ މަގުން ގެންންޝިޕްމެންޓު ދޫކުރާނީ ވަކި މިންގަނޑެއްގެ ދަށުންކަމަށެވެ. އަދި މިހާރު ފިޔާގެ އަގު އުފުލިފައި ވަނީ ފޮރިން މައްސަަލައެއް މެދުވެރިވެގެން ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެސްޓީއޯއިން މައުލޫމާތު ދެއެވެ.

"ވަގުތު"އަށް މައުލޫމާތު ދެމުން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވީ އެފަދަ މައްސަލައެއް އުޅޭ ކަމަށް ވާހަކަ ދެކެވުނު ކަމުގައި ވީނަމަވެސް އެކަން މިހާރު ހައްލުވެފައިވާކަމަށެވެ. އަދި ދިމާވި މައްސަލައަކީ އިންޑިއާއިން ބައެއް ގައުމުތަކަށް ފިޔާ ދޫކުރުން ހުއްޓާލީ ކަމަށާއި އެހެން ނަމަވެސް ރާއްޖެއަށް ދީފައިވާ ކޯޓާ ބާތިލުކޮށްފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ފޮރިން މިނިސްޓްރީ އިން ފިޔާ ލިބުމުގައި ދަތިކަމެއް ނޫޅޭނެ ކަމަށް ބުނެފައި ވިނަމަވެސް އާންމު ވިޔަފާރިތަކުން ދަނީ ފިޔާ ނުލިބޭކަމަށް ބުނެ ދުވަހެއް ދުވަހަކަށް ފިޔާގެ އަގު ބޮޑުކުރަމުންނެވެ.

މާލޭގެ ގިނަ ފިހާރަތަކުގައި މިހާރު ފިޔައި ކިލޯއެއް ލިބެން ހުރީ 35 ރުފިޔާއާއި 50 ރުފިޔާއާއި ދެމެދުގެ އަގުތަކެއްގައެވެ. މީގެ ކުރިން ފިޔާ ކިލޯއެއް ވިއްކަމުން ދިޔައީ 15 ރުފިޔާއާއި 25 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ފިޔާގެނެސް މާލޭގެ ވިޔަފާރި ކުރާ ފަރާތްތަކަށް ވިއްކާލާ
    އޭރުން ވަރަށް ސަޅި ވާނެ