ނޯޓް ކޮސްމެޓިކްސް އިން އަބަދުވެސް އަންނަނީ އިޖުތިމާއީ ހަރަކާތްތަކުގައި ބައިވެރިވަމުންނެވެ. އޭގެ ތެރޭގައި އެކިއެކި ހަރަކާތްތައް ސްޕޮންސަރ ކުރުމާއި، އެކި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ފާހަގަކޮށްލެވެއެވެ.

އެގޮތުން މިފަހަރު ނޯޓް އިންޓަނޭޝަނަލްގެ އިސްނެގުމުގެ ދަށުން މިވަނީ ޓީޗަރުންގެ ދުވަސް ފާހަގަކޮށްފައެވެ. ނޯޓް ކޮސްމެޓިކްސް އިން ބޭނުންވީ ޓީޗަރުން ކުރާ މަސައްކަތުގެ އަގު ވަޒަންކޮށް އެ ޓީޗަރުން ކުރާ މަސައްކަތްތައް ބަލައިގަތުމެވެ.

އެގޮތުގެ މަތިން ނޯޓު ކޮސްމެޓިކްސްއިން ވަނީ ޓީޗަރުންނަށް ހާއްސަ ގިފްޓް ޕެކްތަކެއް ޓީޗަރުންގެ ދުވަހާއި ގުޅުވައިގެން ހަދިޔާ ކޮށްފައެވެ. ނޯޓް ކޮސްމެޓިކްސްގެ ފަރާތުން 18 ސްކޫލަކަށް 540 ގިފްޓްޕެކް ދީފައި ވެއެވެ. ކޮންމެ ގިފްޓް ޕެކަކާއިއެކު ޝުކުރުގެ ކާޑެއްވެސް ހިމަނާފައިވެއެވެ.

"އެ ކާޑުގައި އިންނާނެ ޓީޗަރުން ކޮށްދޭ ބުރަ މަސައްކަތްތަކަށް ޝުކުރު އަދާކޮށްފައި އަދި އެމްޕަވަމެންޓް މެސެޖެއްވެސް، ޓީޗަރުންނަކީ އަހަރުމެންގެ މުޖުތަމަޢުގައި ކިހާ މުހިންމުު ބައެއްކަން ލިޔެފައިވާނެ، އަދި ނޯޓްގެ ހާއްސަ މެސެޖެއްވެސް ވާނީ ހިއްސާކުރެވިފައި، އޭގެތެރެއިން އެންމެ ފާހަގަ ކޮށްލެވެނީ ޔޫ ޝުޑް ފީލް ކޮމްފޮޓަބަލް ވިތް ޔޯސެލްފް އިން ޔޯރ އޯން ސްކިން، އެންޑް ބީ ޔޯރ ބިއުޓިފުލް ސެލްފް ހިމެނެއެވެ" ނޯޓް ކޮސްމެޓިކްސް މޯލްޑިވްސްގެ ޗީފް މާކެޓިންގ އޮފިސަރ އިސްމާއިލް އަޒްމީ ވިދާޅުވިއެވެ.

އިސްމާއިލް އަޒްމީ ވިދާޅުވީ ކުރިޔަށް އޮތް ތަނުގައިވެސް މިފަދަ އިތުރު ހަރަކާތްތަށް ރޭވިފައި ވާކަމަށެވެ.

ނޯޓް ކޮސްމެޓިކްސް އަކީ 100 އިންސައްތަ ގުދުރަތީ މާއްދާތަކުން އުފައްދާފައިވާ ހަމަށް ފައިދާ ހުރި ޕްރޮޑަކްޓެކެވެ. އެހެންވެ ވަރަށް ގިނަ އަދަދެއްގެ ދިވެހިން ވަނީ މި ޕްރޮޑަކްޓް ބަލައިގެނެފައެވެ. ނޯޓް ކޮސްމެޓިކްސް އަކީ ރާއްޖޭގައި މިހާރު އެންމެ މަޝްހޫރު ކޮސްމެޓިކްސް ބްރޭންޑެވެ.

ނޯޓް ކޮސްމެޓިކްސް ރާއްޖެ އެތެރެކޮށް ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވިއްކަމުން އަންނަ ނިއު އެޑިޝަން އިން ބުނީ، ޓީޗަރުންނަށް ހަދިޔާ ދިނުމުން ސްކޫލްތަކުން އަދި ޕޭރެންޓުގެ އެސޯސިއޭޝަންތަކުންވެސް ހާއްސަ ޝުކުރެއް އަދާ ކުށްފައިވާކަމަށެވެ.

އަދިވެސް އިތުރު ސްކޫލްތަކުގައި ޓީޗަރުންގެ ދުވަސް ފާހަގަކުރަމުންދާއިރު، ނޯޓް ކޮސްމެޓިކްސްގެ ފަރާތުން އެ ސްކޫލްތަކަށް ދަނީ އެހީތެރިވަމުންނެވެ. ނޯޓް ކޮސްމެޓިކްސް މޯލްޑިވްސް އިން ބުނީ، އަބަދުވެސް މިފަދަ ފަރާތްތަކަށް އެހީތެރިވުމުގައި ދެމި ތިބޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރިޝް

    ތެންކްޔޫ ނޯޓް އޯލްވޭސް ދަ ބެސްޓް. އައި ލަވް ނޯޓް

    5
    1
  2. ކެލީ ގާލް

    ޝުކުރިއްޔާ ނޯޓް 3> ވަރަށް ސަޅި ލިބުނު ގިފްޓްތައް، ހާއްސަކޮށް ނޯޓް ކުޑަ އަދި ލިޕް ސްޓިކް