ގަތަރު ވޯލްޑްކަޕް 2022 އެސޯސިއޭޓް ސްޕޮންސަރ އެއްބަސް ވުމުގައި ނިއު އެޑިޝަންއާއި ޕާރޓްނަރ ޓީވީ ޗެނަލް ތަކާއި އެކު މިއަދު ސޮއި ކޮށްފިއެވެ.

ނިއު އެޑިޝަނަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ބްރޭންޑެޑް ކޮސްމެޓިކްސް ވިިޔަފާރި ކުރަމުން އަންނަ ގިނަބައެއްގެ މަގުބޫލުކަން ހޯދާފައިވާ ކުންފުންޏެކެވެ. މީގެ ކުރިންވެސް މި ކުންފުނިން ވަނީ މިފަދަ ކަންކަމުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ނިއު އެޑިޝަން އާއި ޕީއެސްއެމް އެއްބަސްވުމެއްގައި ސޮއި ކުރުމަށްފަހު

އެގޮތުން ނިއު އެޑިޝަނުން ޕާރޓްނަރ ޓީވީ ޗެނަލް ތަކާއި އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، ނިއު އެޑިޝަނުން ބުނީ ދިވެހިންނާއި ހަމައަށް ވޯލްޑްކަޕް ގެނެސް ދިނުމަށް ބޮޑު ހޭދައެއްކޮށްގެން ސޮއި ކުރުމުގެ މަގްސަދަކީ ހަމައެކަނި އިޝްތިހާރު ކުރުން ނޫން ކަމަށެވެ.

"މިއީ ދިވެހިންނާއި ހަމައަށް ހިލޭ ވޯލްޑް ކަޕް ގެނެސްދިނުމުގައި ބައިވެރިއަކަށް ވުމުގެ މަގްސަދުގައި ކުރިކަމެއް".

ނިއު އެޑިޝަންގެ ޕްރޮޑަކްޓްތަކެއް ދައްކާލަނީ

މި އެއްބަސްވުމުގެ ދަށުން، ޕީއެސްއެމް މެދުވެރިކޮށް ލައިވްކޮށް ވޯލްޑްކަޕް ދައްކާ ތިން ޗެނަލް ކަމަށްވާ ޔެސް ޓީވީ، ރާއްޖެ ޓީވީ އަދި އައިސް ޓީވީންވެސް ނިއު އެޑިޝަނުން ރާއްޖެ އެތެރެކޮށް ވިއްކާ ބްރެންޑެޑް އުފެްއްދުންތަކުގެ އިސްތިހާރު ދައްކާނެއެވެ.

ދިވެހިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ނޯޓް ކޮސްމެޓިކްސްގެ ރާއްޖޭގެ އޮތޮރިއިޑް ޑިސްޓްރިބިއުޓަރ އަކީ ނިއު އެޑިޝަނެވެ. އަދި މީގެ އިތުރުން، މަޝްހޫރު ޖިމް ވެއާ ސްކޮޓް ވުލްފްގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރއަކީ ވެސް ނިއު އެޑިޝަނެވެ. މި ދެ ޕްރޮޑަކްޓްގެ އިތުރުން، މިހާރު ދިވެހިންގެ މެދުގައި މަގުބޫލުކަން ހޯދަމުން އަންނަ އޮރިޖިނަލް ސެންޓުގެ ވަސްތައް ހިމެނޭ ޑިއުޓީފްރީ ބޮޑީ ސްޕްރޭގެ އިޝްތިހާރުވެސް ވޯލްޑް ކަޕް މެޗްތަކުގެ ކަވަރޭޖްގައި ފެނިގެންދާނެ އެވެ.

ނިއު އެޑިޝަން ހުންނާނީ އޮލިމްޕަސް ކުރިމަތީ މަގުން ގޮސް ނިމޭއިރު، ގަލޮޅު ސަހަރާ ކަންމައްޗަށްވާ ގޮތަށެވެެ. ނިއު އެޑިޝަންގެ ޕްރޮޑަކްޓްތަކަށް އޯޑަރު ކުރުމަށް 9472727، 7483120 ގުޅާލުމުން ނުވަތަ ވައިބާރ އަދި ނިއު އެޑިޝަންގެ ވެބްސައިޓުން ވެސް އޯޑަރު ކޮށްލެވޭނެ އެވެ. އަދި އޮންލައިން ޓްރާންސްފާއިން ފައިސާ ދައްކާލެވޭނެ އެވެ.