ނޯޓް ކޮސްމެޓިކްސްއިން އަލަށް ތައާރަފްކުރި އެންޓި ބްލެމިޝް ބީބީ ކްރީމް ރާއްޖޭގެމާކެޓަށް ނެރެފި އެވެ.

ރާއްޖޭގެ ނޯޓް ކޮސްމެޓިކްސް އޮތޮރައިޒް ޑިސްޓްރިބިއުޓާ ނިއު އެޑިޝަންއިން ހާމަކުރިގޮތުގައ ނޯޓް ކޮސްމެޓިކްސްއިން މިފަހަރު އަލަށް ނެރުނު އެންޓި ބްލެމިޝް ބީބީކްރީމަކީ ހަމުގެ ޙާއްސަ ޑޮކްޓަރުން ޓެސްޓްކޮށް ސެޓިފިކޭޝަން ލިބިފައިވާ މޫނުގެ ތެޔޮކަމާއި މޫނުގައި ބިހި ނެގުން 81 ޕަސެންޓް ދުރުކޮށްދޭ އަދި ބްލޫ ލައިޓުން ހަންގަނޑަށް ރައްކާތެރިކަން ކަށަވަރުކޮށްދޭ ކްރީމެކެވެ.

އަދި މިއީ މޫނުގެ ހަންގަނޑަށް ތާޒާކަން ގެނެސްދޭ ލުއި ފައުންޑޭޝަނެއްގެ އިތުރުން ޒުވާން އަންހެން ކުދިންނަށް ވެސް ބޭނުންކޮށްލަން ރައްކާތެރި މޮޅު ކްރީމެކެވެ.

ނޯޓް ބީބީ ކްރީމަކީ މުޅި ދުނިޔޭގައި ވެސް މަގުބޫލުކަން ހޯދާފައިވާ ކްރީމެކެވެ.

މި ގޮތުން މޭކަޕް ޕްރޮޑަކްޓްސްޓަކުގެ ތެރެއިން ދުނިޔޭގެ އެންމެ މަގުބޫލު ގަދަ 10ގެ ތެރޭގައި މި ކްރީމް ހިމެނެއެވެ.

މީގެ އިތުރުން ނޯޓް ކޮސްމެޓިކްސް މޯލްޑިވްސްއިން މިފަހަރު ރާއްޖެއަށް އަލަށް ތައާރަފްކުރި ޕްރޮޑަކްޓްތަކުގެ ތެރޭގައި ފުލް ބްލޫމް ލޭޝް މަސްކަރާއާއި ނޯޓް ލޭޝް ޕްރައިމާރ އާއިމޮއިސްޗަރައިން ލޭޝް ބްރޯ އޮއިލް ހާއްސަކޮށް ފާހަގަކޮށްލެވެ އެވެ.

ނޯޓް ކޮސްމެޓިކްސް ބްރޭންޑްގެ ޕްރޮޑަކްޓްތައް ލިބެން ހުންނާނީ ނިއު އެޑިޝަންގެއިތުރުން ލޮނުޒިޔާރަތް މަގުގައި ހުންނަ ނޯޓް މޮނޯ އަދި އެސްޓީއޯ ޕީޕަލް ޗޮއިސް ގައި ހުންނަ ނޯޓް މޮނޯ އިންނެވެ. ނިއު އެޑިޝަންގެ ޕްރޮޑަކްޓްތަކަށް އޯޑަރު ކުރުމަށް 9472727، 9972727 އަދި 9672727، 7483120 ގުޅާލުމުން ނުވަތަ ވައިބާރއަދި ނިއު އެޑިޝަންގެ ވެބްސައިޓުން ވެސް އޯޑަރު ކޮށްލެވޭނެއެވެ. އަދި އޮންލައިން ޓްރާންސްފާއިން ފައިސާ ދައްކާލެވޭނެއެވެ.