ދިރާގުން އެ ކުންފުނީގެ ކަސްޓަމަރުންނަށް އެޕަލް ބްރޭންޑުގެ އެންމެ ފަހުގެ އައިފޯން 11 އާއި އައިފޯން 11 ޕްރޯ ރަސްމީކޮށް ނެރެފިއެވެ.

ދިރާގުގެ ފަރާތުން އައިފޯން ރަަސްމީކޮށް ނެރެފައިވަނީ އަމީނީ މަގުގައި ހުންނަ ދިރާގުގެ ހެޑް އޮފީހުގައި، ކައުންޓްޑައުން އަކަށް ފަހު، ރޭ 00:00 ގައެވެ.

ދިރާގުގެ ފަރާތުން ކަސްޓަމަރުންނަށް އައިފޯން ޕްރީ އޯޑަރަށް ހުޅުވާލާފައިވަނީ މި މަހުގެ 10 ވަނަ ދުވަހުގައެވެ. ޕްރީ އޯޑަރަށް ދޫކުރަން ހަމަޖެއްސި ސްޓޮކް 24 ގަޑިއިރުވެސް ނުވަނީސް ހުސްވެފައި ކަމަށް އެ ކުންފުނިން މަޢުލޫމާތު ދީފައިވެއެވެ.

އެންމެ ފުރަތަމަ ކަސްޓަމަރެއްގެ ގޮތުން ދިރާގުގެ ފަރާތުން އައިފޯން 11 ޕްރޯ ލިބުމުގެ ޝަރަފު ހޯދީ ކިއޫ ގައި އެންމެ ފުރަތަމަ ހުރި ބޭފުޅާ ކަމަށްވާ އަހުމަދު ސަމާހް އިބްރާހީމް އެވެ.

އައިފޯން 11 ގެ ހުރިހާ މޮޑެލްތަކެއްގެ ފޯނުތައް ދިރާގުން ނެރެން ހަމަޖެހިފައިވާ އިރު، މިފަހަރުގެ އައިފޯން ވެސް ވަރަށް ތަފާތެވެ. އައިފޯން 11 ގެ ފޯނުތަކުގެ ކެމެރާ އަކީ މިފަހަރު އެ ފޯނަށް އެންމެ ބޮޑު ސަމާލުކަމެއް ލިބުނު އެއް ކަމެވެ. ކިތަންމެ އަނދިރި/ ފަނޑު އަލި ހުރި ތަނެއްގައި ނަގާ މަންޒަރަކަށް ވިއަސް، އަދި ދުރު ހިސާބަކަށް ޒޫމް ކޮށްގެން ނަގާ މަންޒަރަކަށް ވިއަސް އެ ފޮޓޯގެ ކޮލިޓީ ވަރަށް މޮޅު ކަމަށް ފޯނުތައް ދިރާސާކުރާ މާހިރުން އެއްބަސްވެއެވެ. އައިފޯން 11 ގެ ޑިސްޕްލޭ އާއި ޕްރޮސެސިންގް ޕަވާ، ބެޓެރީ ހިފަހައްޓާ ވަގުތު ވެސް ކުރީގެ ފޯނުތަކަށް ވުރެ ރަނގަޅެވެ.

ދިވެހިރާއްޖޭގެ މުވާސަލާތީ އެންމެ ބޮޑު، އަދި އެންމެ ގިނަ ކަސްޓަމަރުން ތިބި ކުންފުނި، ދިރާގަކީ އަބަދުވެސް ރައްޔިތުންނަށް ލުއި ފަސޭހަ ގޮތަކަށް، ބައިނަލްއަޤްވާމީ އެންމެ ފަހުގެ ޓެކްނޮލޮޖީ ޙިދުމަތްތައް އެ ކުންފުނީގެ ކަސްޓަމަރުންނަށް ފޯރުކޮށްދޭން އަބަދުވެސް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސައްދާމް

    ފައިސާއެއް ނުލިބެޔޯ ވަރަށް ނިކަމެއްޗޯ އުޅެނީ ވަރަށް ދަތިހާލުގަޔޯ. މިއޮތީ މިމީހުންގެ އިސްރާފުގެ މިންވަރު. މިހާރުބެލިޔަސް ކޮންމެ މީހެއްގެ އަތުގައި އޮންނާނެ އައިފޯން އެކްސް އެއް. ފުކެއް ބޮޑުވަރު. ހަމަ މިއީސްވެސް އިސްލާމްދީނުގެ އިންގަޑާއި މިންގަޑުގެ ރެތޭންދޯ.

    9
    1
  2. މޯޯދީ

    ދިވެހިން އަނގަޔާ އަތާ ދިމަނުވެޔޯ