ދިރާގު ޓީވީގެ ހިދުމަތާއި ދިރާގު ހައި ސްޕީޑް ފައިބަރ އިންޓަނެޓް ގެ ހިދުމަތް ގއ ވިލިގިލީގައި ތަޢާރަފްކޮށްފި އެވެ.

ދިރާގު ހައި ސްޕީޑް ފައިބަރ އިންޓަނެޓް އަދި ދިރާގު ޓީވީގެ ހިދުމަތް ގއ. ވިލިގިއްޔަށް ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން ކަމަށް ދިރާގުން މައުލޫމާތު ދެއެވެ. މި ދެ ހިދުމަތް ވިލިނގިލީގައި ތައާރަފް ކުރުމަށްޓަކައި އެ ރަށުގައި ޕްރޮމޯޝަނެއް ފަށާފައިވާ ކަމަށާއި އެގޮތުން ފައިބާ އަދި ދިރާގު ޓީވީ ގެ ހިދުމަތް އެއްވެސް އަގަކާނުލައި ގުޅައި ދިނުމާއި ދިރާގު ޓީވީ ބެލުމަށް ބޭނުންވާ ޖޯއިބޮސް ހިލޭ ފޯރުކޮށްދޭނެ ކަމަށް ދިރާގުން ބުނެފައިވެއެވެ، އަދި މި މަސް ނިމުމުގެ ކުރިން ހިދުމަތް ލިބިގަތުމަށް އެދޭ ފަރާތްތަކުގެ މެދުގައި ބާއްވާ ހާއްސަ ލަކީ ޑްރޯއެއް އޮންނާނެ ކަމަށާއި އޭގެން ގުރުވަތުން ހޮވޭ ފަރާތަކަށް 55 އިންޗްގެ ޓީވީ އަކާއި އަދި އެއް އަހަރުގެ ހިލޭ 1 އަހަރުގެ ހިލޭ ދިރާގު ޓީވީގެ ހިދުމަތް ލިބޭނެއެވެ. ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތެވެ.

ދިރާގުން ހާމަ ކުރާ ގޮތުގައި ދިރާގު ޓީވީމެދުވެރިކޮށް އެންމެ ފަހުގެ ހަބަރާއި މުނިފޫހިފިލުވުމުގެ ޗެނެލްތައް ބަލާލެވޭނެއެވެ. އަދި ފައިބަރ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ ކަމަށް ވުމާއެކު ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑު، 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލަވަންސްކަމުގައިވާ 1ޓީބީގެ ޕެކޭޖް އެކުލެވިގެންވާ ޚިދުމަތްކަމަށް ދިރާގުން ހާމަ ކުރެއެވެ.

ދިރާގުން މިހާތަނަށްވަނީ ދިރާގުގެ ފައިބަރ ޓު ދަ ހޯމް މާލެ، ވިލިމާލެ އަދި ހުޅުމާލެ ގެ އިތުރުން 38 އެހެން ރަށަކަށް ވަނީ ފޯރުކޮށްދީފައެވެ. އަދި އޭޑީއެސްއެލްގެ ހިދުމަތް ރާއްޖޭގެ އާބާދީ ބޮޑެތި ހުރިހާ ރަށަކުންލިބެން ހުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވާރޭވެހުނީމަ ކެނޑޭނެތަ؟
    ތިލައިންތަކަށް ފެންވަދެގެން މައްސަލަނުޖެހޭގޮތަށް އަޅުން އެދެން. މިހާރުވެސް ނަރު އަޅާއިގެންދޭ ހިދުމަތުގެ މައްސަލަ ބޮޑުވެފައި އޮތީ