މިދިޔަ ފެބްރުއަރީ މަހުގެ ފަހުން ދައުލަތުގެ ރިޒާވް މައްޗަށް ގޮސްފައި ނުވާކަމަށާއި، އަދިވެސް ރިޒާވް ދަށަށް ދާކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ތަފާސް ހިސާުތަކުން ދައްކައިފިއެވެ.

އެމްއެމްއޭގެ ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި ވޭތުވެ ދިޔަ ފަސް މަހުވެސް ރިޒާވް ވަނީ ދަށަށް ގޮސްފައެވެ. މިހާރު ދައުލަތުގެ ރިޒާވްގެ ގޮތުގައި ހުރީ 530.08 މިލިއަން ޑޮލަރު ކަމަށާއި ފެބްރުއަރީ މަހުން ފެށިގެން މިދިޔަ ސެޕްޓެމްބަރު މަހާއި ހަމަޔަށްވެސް ރިޒާވް ވަނީ ބޮޑުތަނުން ދަށަށް ގޮސްފައި ކަމަށް އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މިއަހަރު ދައުލަތުގެ ރިޒާވް އެންމެ މައްޗަށް ގޮސްފައި ވަނީ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެއީ 938 މިލިއަން ޑޮލަރަށެވެ.

އެއަދަދު އިތުރުވެފައި ވީނަމަވެސް މާޗް މަހުގެ ތެރޭގައި ރިޒާވް ވަނީ 776 މިލިއަން ޑޮލަރަށް ވެއްޓިފައެވެ. އަދި އޭގެ ފަހުން އޭޕްރީލް މަހުގެ ތެރޭގައި ރިޒާވް ހުރީ 778 މިލިއަން ޑޮލަރުގައެވެ. އެއީ އެންމެ ދެމިލިއަން ޑޮލަރުގެ ކުރިއެރުމެކެވެ.

ދައުލަތުގެ ރިޒާވް އާއި އެކު ޔޫސަބަލް ރިޒާވް ވެސް ވަނީ ދަށަށް ގޮސްފައެވެ. މިހާރު ޔޫސަބަލް ރިޒާވް ހުރީ 204 މިލިއަން ޑޮލަރުގައެވެ. މިދިޔަ މެއި މަހުގެ ތެރޭގައި ޔޫސަބަލް ރިޒާވް ހުރީ 251 މިލިއަން ޑޮލަރުގައެވެ. މޭ މަހާއި އަޅައި ބަލާއިރު މިއީ 47 މިލިއަން ޑޮލަރުގެ ވެއްޓުމެކެވެ.

ރިޒާވް އިތުރުކުރުމަށް މިސަރުކާރުން ވަނީ އިންޑިއާ އާއި އެކު 200 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕެއް ކޮށް 400 މިލިއަން އިތުރުކޮށްފައެެވެ. އެހެން ނަމަވެސް އެއީ ވަގުތީ ހައްލެކެވެ.

ދައުލަތުގެ ދަރަނި ބޮޑުވެ ރިޒާވް ދަށްވަމުން ދާއިރު އެމްއެމްއޭގެ ރިޕޯޓްގައި ވަނީ ގައުމުގެ އިޤުތިޞާދީ ދުވެލި ވެސް މަޑުޖެހިފައިވާ ކަމަށެވެ.

ސަރުކާރުގެ އިދާރާތަކުން އާއްމު ކުރަމުންދާ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރު އިމްޕޯޓް ވެސް ދަނީ މަހުން މަހަށް މަދުވަމުންނެވެ. ހޯލްސޭލް އަދި ރީޓޭލް ވިޔަފާރިތައް ވެސް ވަނީ މިއަހަރު ދަށަށް ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުސޭނުބޭ

    މި އަހަރަކީ އެބުނާހެން ވަރަށް ކާމިޔާބު އަހަރެއް! ......... ކަރަޕްޝަނުގެ ގޮތުން!

    13
  2. ދދދދދދ

    ނުދާނޭ މައްޗަކަށް. ލާރުއެއް ހޯދާނެ ގޮތެއް ނުދަންނަ ހާލުގަ ހުރި އެއްޗެއް ވިއްޔާ ދަވާލަނީ. ދެން ކޮން މައްޗަކަށްތަިޒާވް ދާނީ؟ ބޮޑު ވަގުންތަކެއް.

    11
  3. ދެންބާރައް އަތްޖަހާ

    ޤައުމުގެ ދުވަސްދަނީ ދައުލަތުގެ ދަރަނިބޮޑުވެ އިންޕޯޓު ދައްވެ ރީޓޭލްވިޔަފާރިދައްވެ ހޯލްސޭލްދައްވެ މިހާކައްވަރަކައް ދެންޤައުމެއް ދަށައްދާނީ ބައިތުލްމާލްދުވަހުންދުވަހައް ދަށައް އަދިވެސް ބެރުދުއްމާރީގަ މިޤައުމުހަލާކުކުރަން ވޯޓްދެއްވި ހުރިހާފަރާތްތަކައްޝުކުރިޔާ

    14
  4. ޤާރީ

    2019 ވަނަ އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 60 ބިލިޔަނަށް އަރާނެ! ހެވިފަ ތިބެބަލަ ގޮތް ދޫނުކޮށް!