ޒިއޯމީ ރެޑްމީ 8 އޭގެ ފޯންތަކަކީ ގިނައިރު ޗާޖް ހިފަހައްޓާ ދޭ މޮޅު ސްމާޓް ފޯނެކެވެ. ގިނައިރު ވަންދެން ޗާޖް ހިފަހައްޓާތީ މިއީ، ގިނަވަގުތު ބޭރުގައި އުޅޭ ފަރާތްތަކަށް ވަރަށް ހާއްސަ ފޯނަކަށް ވެގެން ދާނެއެވެ. މި ފޯންތައް އެންމެ ހެޔޮ އަގުގައި ލިބެން ހުންނާނީ ސުޕަރ މޯބައިލުންނެވެ.

އަތަށް ހެޔޮވަރު އަރާމު ފޯނެއް

188 ގްރާމް ހުންނަ މި ފޯނަކީ އަތަށް ފަސޭހަ ލުއި ފޯނެކެވެ. ދެ ސިމްވެސް ލެއްވޭގޮތަށް ފަރުމާކޮށްފައިވާ މި ފޯނަކީ 6.2 އިންޗީގެ ފޯނެކެވެ.

ހާޑްވެއާ

ރެޑްމީ 8 އޭގައި 4GB 3GB 2GB ރެމް ހުންނަ ފޯންތައް ހުރެއެވެ. އަދި 64GB ،32GBގެ ސްޓޯރޭޖެ މި ފޯނުގައި ވެއެވެ. މީގެ އިތުރުން މައިކްރޯ އެސްޑީ މެމޮރީ ކާޑު މިފޯނަށް ލެއްވޭނެއެވެ.

ފޯނުގެ ބެޓަރީ ވަރުގަދަ

މީގެ ތެރެއިން ވަކިން ހާއްސަކޮށް ރެޑްމީ 8 ގެ ފޯންތަކަކީ މަސްވެރިންނަށް ވަރަށް ރަނގަޅު ފޯނަކަށް ވެގެން ދާނެއެވެ. ސަަބަބަކީ މި ފޯނުގައި އިންނަނީ 5000 އެމްއޭއެޗްގެ ބެޓަރީއަކަށް ވާތީއެވެ. އޭގެ މާނައަކީ މި ފޯނަކީ ގިނައިރު ޗާޖް ހިފަހައްޓާދޭނެ ފޯންތަކަކަށް ވުމެވެ.

މޮޅު އާދަައިގެ ކެމެރާއެއް

މި ފޯނުގައި އިންނާނީ 12 މެގަޕިކްސަލް ކެމެރާއެވެ. މިއީ ފޮޓޯ ނަގާ ހިތްވާ ފަރާތްތަކަށްވެސް ބޭނުންކޮށްލެވިދާނެ ފޯނެކެވެ. އަދި މި ފޯނުގައި 8 މެގަޕިކްސަލް ސެލްފީ ކެމެރާއެއް އިންނައިރު، މިއީ އަބަދު ސެލްފީ ނެގުމުގައި އުޅޭ ފަރާތްތަކަށް ރަނގަޅު ފޯނަކަށް ވެގެން ދާނެއެވެ.

ރެޑްމީ 8އޭގެ ފޯނުތައް އެންމެ ހެޔޮ އަގުގައި ލިބެން ހުންނާނީ ސުޕަރ މޯބައިލުންނެވެ. އެ ފިހާރަ ހުންނާނީ އަލިކަލޭގެފާނު މަގު، ބޮޑުރަސްގެފާނު މަގު ކަންމަތީގައެވެ. އެ ފިހާރައާއި ގުޅޭނެ ނަމްބަރަކީ 7519966 އަދި 9918006 އެެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލަވްޔޫ ވަގުތު

    އިޝްތިހާރު ހަބަރު ލިޔުމަށްވެސް އަހަރެމެންގެ ވަގުތު ނޫސް ހަމަ ހަބޭސް. ކިހާ ސިންޕަލް ކޮށް މިއޮތީ ތާނަ އަކުރުން އެންމެނަށް އެނގޭހާ ފަސޭހައިން ލިޔެލާފައި.