ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އޮންލައިން ވިޔަފާރިކުރާ "ލިބޭ" އިން ރާއްޖެއަށް ތަޢާރަފްކޮށް ވިއްކަމުންދާ "ލޭންސްލޭ" ބްރޭންޑުގެ ބަނޑު ހިންދުމަށް ޚާއްސަ "ސްލިމިންގް ކޮފީ" އަދި ދިވެހިންގެ ތެރެއިން ގިނަ ބައެއްގެ މެދުގައި މަޤުބޫލުކަން ހޯދާފައިވާ ޖެނެޓް ބްރޭންޑުގެ ގިނަ ވައްތަރުތައް، ށ.ޅައިމަގުގައި ވިއްކަން ފަށައިފިއެވެ.

މިތަކެތި ލިބޭނީ ޅައިމަގު "މީޑް ކޯނަރ" އިންނެވެ. ބަނޑު ހިންދުމަށް ޙާއްޞަ ކޮފީ އަދި ޖެނެޓްގެ ވައްތަރުތައް، މާލެއާއި އެއް އަގެއްގައި އެ ފިހާރައިންވެސް ލިބޭނެ ކަމަށް އެ ފިހާރައިން މަޢުލޫމާތު ދެއްވައެވެ.

"ލޭންސްލޭ ސްލިމިންގ ކޮފީ، އަދި ޖެނެޓްގެ ގިނަ ޕްރޮޑަކްޓްތައް މި ފިހާރައިން މި ވިއްކަން ފެށީ. އިރާދަކުރެއްވިއްޔާ އަޅުގަނޑު މި ބަލަނީ، މި ތަކެތި ހުސްނުކޮށް، ކަސްޓަމަރުންނަށް ފޯރުކޮށްދެވޭތޯ. ދެން އަޅުގަނޑު ފާހަގަ ކޮށްލަން ބޭނުން، ޑެލިވަރީގެ ޚިދުމަތްވެސް މި ފިހާރައިން އެބަ ދެން. މިސާލަކަށް ފެން ކޭހެއް ބޭނުންވާ މީހާއަށް، އެމީހާ ގުޅާލީމަ، އެގެއަކަށް ފެން ކޭސް އެބަ ފޯރުކޮށްދެން. އަބަދުވެސް ވަރަށް ބޮޑަށް ބަލަން، ކަސްޓަމަރުންނަށް އެންމެ ލުއިފަސޭހަ ވާނެ ގޮތަކަށް މި ޚިދުމަތް ދެވޭތޯ." މީޑް ކޯނަރގެ އޯނަރ، އިއްސެ، "ވަގުތު" އަށް މަޢުލޫމާތު ދިނެވެ.

ލިބޭ އިން ވިއްކާ ލޭންސްލޭ ކޮފީ..

"ލިބޭ" އިން ރާއްޖޭގެ އެކި ރަށްތަކުގައި މި ކޮފީ ވިއްކަން ފަށާފައިވާއިރު، ގިނަ އަދަދެއްގެ ދިވެހިންގެ މެދުގައި ލޭންސްލޭ ކޮފީ ވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި މަޤުބޫލުކަން ހޯދާފައެވެ. މި ކޮފީއަކީ ބަނޑު ހިންދުމުގެ އިތުރުން ބައްޓަން ރީތިކޮށް ޒުވާންކަން ދެމެހެއްޓުމަށް އެހީވެދޭ ކޮފީއެކެވެ.

"ލޭންސްލޭ - ސްލިމިންގް ކޮފީ" އަކީ ބަނޑު ހިންދާލައި ޒުވާންކަން ދެމެހެއްޓުމުގެ އިތުރުންވެސް އިތުރު އެތައް ބޭނުމެއް ހިފޭގޮތަށް ތައްޔާރުކޮށްފައިވާ އިތުބާރުހުރި ކޮފީއެކެވެ. އެގޮތުން މީހާ އިތުރަށް "ފިޓް" ކޮށްލާ ހަށިގަނޑުގައި ހަކަތަ އިތުރު ކޮށްދިނުމުގައިވެސް މި ކޮފީގައި ހިމެނޭ ބައިތައް މުޙިންމު ރޯލެއް އަދާކުރެއެވެ. ހޯލްސޭލްކޮށް، އަދި ރީޓެއިލް ކޮށް މި ކޮޕީ ބައްލަވައިގަތުމަށް ބޭނުންވާ ފަރާތްތަކުން، 9946822 ނުވަތަ 7999681 ނަމްބަރު ފޯނާއި ގުޅުއްވުމަށް އެފަރާތުން އެދިލައްވައެވެ.

ލޭންސްލޭ ކޮފީ މިހާރު ވިއްކަމުންދާ ރަށްތައް:

އިހަވަންދޫ - ސެވަން ބްރަދާރސް

ހުޅުމާލެ - ސަމާ ސްޕޯޓްސް

ސ.ފޭދޫ - ފައިސް މާރޓް

ސ.މަރަދޫ - ނަފީ މާރޓް

މާލެ - ލިވް ހެލްތީ

ގދ.ތިނަދޫ - އޯޑަރދެއްވުމަށް ، 9180159

ލ.ގަން - މާފަތް މާރޓް

ކުޅުދުއްފުށި - ބަރާބަރު ފިހާރަ

ނ.ކުޑަފަރި - ކޮއިނޭޖް

ލ.މާބައިދޫ - ބާރަ ބާރަ

ނ.ހޮޅުދޫ - ރޯސް ލައިން އަދި ހޮރިޒޯން

ނ.މަނަދޫ - އާރތް

ށ.މާއުނގޫދޫ - ޗަމަން ޕްލަސް

ލިބޭ އިން ވިއްކާ ޖެނެޓްގެ ބައެއް ޕްރޮޑަކްޓްތައް ..

މީގެ އިތުރުން، ޖެނެޓްޓް ބްރޭންޑުގެ ޕްރޮޑަކްޓުތައް ރާއްޖެއަށް އެތެރެކޮށް މާކެޓްކުރާ "ލިބޭ" އިން ބުނެފައިވަނީ، ޖެނެޓް ބްރޭންޑުގެ ޕްރަޑަކްޓްސް، "ލިބޭ" އެކޭ އެއް އަގެއްގައި ޅައިމަގުންވެސް ލިބެން ހުންނާނެ ކަމަށެވެ. މީގެ ތެރޭގައި، ބޮލުން އިސްތަށި ފޭބުން ހުއްޓުވައިދޭ "ޖެނެޓް ހެއާފޯލް ޓްރީޓްމަންޓް ތެޔޮ، އަދި ޝޭމްޕޫ" އާއި، އިސްތަށިގަނޑުން ޑޭންޑްރަފް ފިލުވާލާ ދުޅަހެޔޮކޮށްދޭ "ޖެނެޓް ޑޭންޑްރަފް ކޮންޓްރޯލް އޮއިލް އަދި ޝޭމްޕޫ" ހިމެނެއެވެ.

މީޑް ކޯނަރގެ ބައެއް ހަރުތައް: ފޮޓޯ؛ މީޑް ކޯނަރ

"ޖެނެޓްގެ ޕްރޮޑަކްޓް ތަކަކީވެސް ލަންކާގެ މޮޅު އުފެއްދުމެއް. މީގެ ވަރަށް ގިނަ ވައްތަރުތައް މިހާރު މި ފިހާރައިން ލިބޭނެ. ޝޭންޕޫ، ކޮންޑިޝަނަރ، ތެޔޮ، ޝަވަރ ޖެލް، ފޭސް ވޮޝް، މިހެން ގޮސް ވަރަށް ގިނަ އެއްޗެހި މިހާރު ލިބޭނެ. މީގެ އިތުރުން، އާއްމު ދިރިއުޅުމުގެ ޟަރޫރީ ބޭނުންތަކަށް ބޭނުންވާ ހުރިހާ އެއްޗެއް ކަހަލަ ގޮތަކަށް ލިބެން ހުންނާނެ." އިއްސެ ބުންޏެވެ.

މީޑް ކޯނަރ އަކީ، ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ކަސްޓަމަރުންގެ އިތުބާރު ހޯދާފައިވާ ފިހާރައެކެވެ.