ފަސޭހަކަމާއި އެކު ކޮފީ ބޮއިގެން ބަނޑު ހިންދާލުން މިހާރު ދިވެހިންނަށް ވަރަށް ކަމުގޮސްފައި ވާއިރު، ”ލޭންސްލޭ - ސްލިމިން ކޮފީ“ ރާއްޖެ އެތެރެކޮށް ފުޅާ ދާއިރާ އެއްގައި މާލޭގެ އިތުރުން އަތޮޅުތެރޭގެެ ގިނަ ރަށްތަކަކަށް ހޯލްސޭލް އަދި ރީޓެއިލް ކުރަމުން އަންނަ ލިބޭ އެމްވީ އިން މި ކޮފީ ބައްލަވައި ގަންނަވާ ފަރާތްތަކަށް ޙާއްސަ ޕްރޮމޯޝަނެއް ހުޅުވާލައިފިއެވެ.

މިއަދު ”ލިބޭ އެމްވީ“ އިން ފެށި މި ޕްރޮމޯޝަނުގެ ދަށުން 1 ކޭސް ކޮފީ ބައްލަވައިގަންނަވާ ފަރާތްތަކަށް އަލްމުދިޝް ކިރު ކޭހެއް ހިލޭ ލިބިވަޑައި ގަންނަވާނެއެވެ. ލޭންސްލީ ކޮފީ ކޭހެއްގައި 48 ފޮށި ކޮފީ ހުންނައިރު އެއިން ކޮންމެ ފޮއްޓެއްގައި 10 ޕެކެޓު ކޮފީ ހުންނާނެއެވެ. އަދި ކޮފީ ކޭހާއި އެކު ދޫކުރާ އަލްމުދިޝް ކިރު ކޭހުގައި 24 ކިރު ޕެކެޓު ހުންނާނެއެވެ.

”ލިބޭ އެމްވީ“ގެ އޮފިޝަލަކު ވިދާޅުވެފައިވާ ގޮތުގައި މިހާރު ހުރި ކޮފީގެ ސްޓޮކު ހުސްވުމާއި ހަމައަށް މި ޕްރޮމޯޝަން ކުރިއަށް ދާނެ ކަމަށެވެ.

މި ކޮފީ ގަވާއިދުން ބޭނުން ކުރުމުން އަވަސް ބަދަލުތަކެއް ހަށިގަނޑުން ފެނިގެންދާ ކަމަށް ކޮފީ ބޭނުން ކުރައްވާ ފަރާތްތަކުން މައުލޫމާތު ދޭ އިރުގައި މި ކޮފީގައި ހުންނަ ވިޓަމިންސް އާއި ހަށިގަނޑުގެ ބަރުމިން ދަށްކޮށްދިނުމަށް އެހީއަކަށްވާ ކްރޯމިއަމް ޕިކޮލިނޭޓް އާއި ހަށިގަނޑުގައި ހަކަތަ އުފައްދައިދޭ ކާނައިޓައިންގެ އިތުރުން ފައިބާ އާއި ފަތްޕިލާވެއްޔާއި ގަސްތަކުގެ މުލުން ނަގާފައިވާ ހަށިގަނޑަށް ފައިދާކުރަނިވި މުޙިންމު ގިނަ މާއްދާތަކުގެ ސަބަބުން ހަށިގަނޑުގެ ހަންގަނޑު އޮމާންވެ ޒުވާންކަން ދަމަހައްޓައި ދިނުމަށްވެސް ބޮޑު އެހީއަކަށް ވެގެން ދެއެވެ.

އެއްވެސް ވަރަކަށް ހަކުރު ނުހިމެނޭ އަދި ބޯލަން މީރު މި ކޮފީ ބައްލަވައި ގަންނަން ބޭނުންފުޅުވާ ފަރާތްތަކުން "ލިބޭ އެމްވީ“ގެ ފޭސްބުކް ޕޭޖަށް މެސެޖު ކުރައްވައިގެން ނުވަތަ 9946822/7999681 ނަމްބަރު ފޯނަށް ގުޅުއްވައިގެން ކޮފީ އަށް އޯޑަރު ކުރެވޭނެއެވެ. މި ޕްރޮޑަކްޓު މާލެއިން ބައްލަވައިގަންނަވާ ފަރާތްތަކަށް އިތުރު އަގަކާއި ނުލައި ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް "ލިބޭ އެމްވީ" އިން ފޯރުކޮށްދޭ އިރުގައި އަތޮޅުތަކުން ބައްލަވައި ގަންނަވާ ފަރާތްތަކުން އެދިލައްވާ ބޯޓަކުން ކޮފީ އެރަށަކަށް ފޮނުވައިވެސް ދޭނެއެވެ.