"ހައިސެންސް" ގެ ޓީވީ ރެޑްވޭވްއިން މިހާރު ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ރެޑްވޭވުން ބުނީ، ހައިސެންސު ޓީވީ ރެޑްވޭވް ސިޓީ ސްކެއަރ، ރެޑްވޭވް ލިވިންގް، އަދި ރެޑްވޭވް އިލެކްޓްރޯނިކްސް އިން މިހާރު ލިބޭނެ ކަމަށެވެ. އަދި މީގެ އިތުރުން ރެޑްވޭވްގެ ހައިސެންސް ޝޯރޫމެއް ވަރަށް އަވަހަށް ހުޅުވުމަށް ވަނީ ނިންމާފައެވެ.

ބޮޑެތި އެޕްލަޔަންސް އާއި އިލެކްޓްރޯނިކްސް އުފެއްދުމުގައި 50 އަހަރު ދުވަހުގެ ތަޖުރިބާލިބިފައިވާ ހައިސެންސް އަކީ ދުނިޔޭގެ ނަންހިނގާ ބްރޭންޑެކެވެ. ރެޑްވޭވްއަކީ ހައިސެންސް ޓީވީގެ އޮތޮރައިޒްޑް ޑިސްޓިބިއުޓަރެވެ.

ރެޑްވޭވުން ރާއްޖޭގެ ބާޒާރަށް ތަޢާރަފްކޮށްފައި ވަނީ ހައިސެންސް ޓީވީގެ ތެރޭގައި ލެޑް ހެޖްޑީ، ފުލްއެޖްޑީ އަދި ޔޫލެޑް ޔޫއެޖްޑީގެ އިތުރުން ލޭޒަރ ޓީވީއެވެ. އެގޮތުން "32، "50، "65، "75 އަދި "100 އިންޗީގެ ހައިސެންސް ޓީވީ ރެޑްވޭވުން ވަނީ ތައާރަފްކޮށްފައެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވޭ އެއްމޮޑަލް އަކީ "100 އިންޗީގެ ހައިސެންސް ލޭޒާރ ޓީވީއެވެ. މިޓީވީ އަކީ 8.3 މިލިއަން ޕިކްސެލް ހިމެނޭ، 4ކޭ ޔޫ.އެޗް.ޑީގެ ސާފު މަންޒަރު މީންދުވަހަކު ޓީވީއަކުން ނުފެންނަފަދަ މޮޅުކޮލިޓީގައި ދައްކާލުމުގެ ޤާބިލްކަންލިބިފައިވާ ޓީވީއެކެވެ. މީގެ އިތުރުން، އަދި އިތުރު މޮޑެލްގެ ހައިސެންސް ޓީވީވެސް ތައާރަފްކުރެވިގެންދާނެ ކަމުގައި ރެޑްވޭވުން މައުލޫމާތު ދެއްވައެވެ.

ހައިސެންސް ޓީވީ ރެޑްވޭވުން ލިބޭނީ 1 އަހަރު ދުވަހުގެ ވޮރަންޓީއާއި އެކުއެވެ. އަދި ހައިސެންސް ޓީވީގެ ފުލްސާރވިސް ރެޑްވޭވުން ފޯރުކޮށްދޭގޮތަށްވަނީ ހަމަޖެހިފައެވެ.

ހައިސެންސްއަކީ 2018 ވަނަ އަހަރުގެ ފީފާ ވޯރލްޑްކަޕްގެ އޮފިޝަލް ސްޕޮންސަރެވެ. އަދި 2016 ވަނައަހަރު އަދި ކުރިއަށްއޮތް 2020 ވަނަ އަހަރުގެ ޔުއެފާ ޔޫރޯގެ އޮފިޝަލް ޕާރޓްނާރ ބްރޭންޑެވެ.