ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސުޕަރމާކެޓް ޗެއިން ހިންގަމުން އަންނަ ރެޑްވޭވްގެ 15 ފިހާރައިގައި މި އަހަރުގެ ރޯދަ މަހަށް ހާއްސަކޮށް ކުރިއަށް ގެންދިޔަ ފައިސާގެ އަގުބޮޑު އިނާމުތައް ލިބޭ ރޯދަ ސޭލް ޕްރޮމޯޝަން ލަކީޑްރޯގެ ގުރުއަތުލުމުގެ ހަފްލާ ބާއްވާފިއެވެ.

މިއަދު ހެނދުނު ރެޑްވޭވް މެގަމޯލްގައި ކުރިއަށް ގެންދިޔަ މި ލަކީޑްރޯގެ ގުރުއަތުލުމުގައި ޖުމްލަ 11 ނަސީބުވެރިން ވަނީ ހޮވާލާފައިއެވެ. ރެޑްވޭވްގެ ފޭސްބުކް ޕޭޖުން މި އިވެންޓް ވަނީ ވަގުތުން ދައްކާފައިއެވެ.

އެއްވަނައަށް ހޮވޭ ފަރާތަކަށް 100،000 ރުފިޔާގެ ފައިސާގެ އިނާމު ލިބިގެންދިޔައިރު ނަސީބުވެރި އިތުރު ފަސް ފަރާތަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމު ލިބުނެވެ.

އަދި މީގެ އިތުރުންވެސް ރެޑްވޭވްއިން ވިއްކާ ބްރޭންޑްތަކުން ގުރުއަތުން ހޮވާލެވުނު 5 ފަރާތަކަށް އަގުހުރި އެތައް އިނާމުތަކެއް ލިބިގެންދިޔައެވެ.

ރެޑްވޭވް ރޯދަ ސޭލް 2023 ލަކީ ޑްރޯ

އެގޮތުން، މި 5 ނަސީބުވެރި ފަރާތްތަކަށް ލިބުނު އިނާމްތަކަކީ ޝާރޕް އައިސް އަލަމާރި، ހައިސެންސް 12،000 ބީޓީޔޫ އޭސީ، މޮޑާރން ސޯފާ، ހައިސެންސް 55 އިންޗި ޓީވީއެވެ. މީގެ އިތުރުންވެސް، ހައިސެންސް އެއަރ ފްރައި ޓޯސްޓަރ ލިބުނު ފަރާތަށް ވަނީ ޝާރޕް މަލްޓި ޕަރޕޯސް ކުކަރއެއްވެސް ލިބިފައިއެވެ.

މިއީ މި ރަމަޟާން މަހުގައި ރާއްޖޭގެ ވިޔަފާރިތައް ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގެ ތެރެއިން އެންމެ އަގުހުރި ލަކީޑްރޯއެވެ. ކޮންމެ އަހަރެއްގައިވެސް ރެޑް ވޭވްއިން ވަނީ ބޮޑެތި އިނާމްތަކާއިއެކު ޕްރޮމޯޝަންތައް ބާއްވާފައިއެވެ. ނިމިދިޔަ ރަމަޟާން މަހުގައި އެ ކުންފުނިން ވަނީ ރޯދައަށް ޚާއްސަކޮށްގެން، ކުރިއަށް ގެންދެވުނު ސޭލް ޕްރޮމޯޝަންގައި ރޯދަ މަހަށް ބޭނުންވާނެ ކާބޯތަކެއްޗާއި ބަދިގެ ސާމާނާއި ފަރުނީޗަރާއި ހިފާ ގެންގުޅޭ ސާމާނާއި އަންނައުނުން ބޮޑެތި ޑިސްކައުންޓްތަކެއް ދީފައިއެވެ.

އެގޮތުން ނިމިިދިޔަ ރޯދަ މަހުގައި ބައެއް އައިޓަމްތަކުން 80 އިންސައްތައާއި ހަމައަށް އަގުތައް ތިރިކޮށްފައިވެއެވެ. ޕްރޮމޯޝަން ކުރިއަށްގެންގޮސްފައި ވަނީ 25 ޖަނަވަރީއިން ފެށިގެން 6 ރޯދައިގެ ނިޔަލަށެވެ.

ރެޑް ވޭވްއިން މައުލޫމާތުދީފައިވާ ގޮތުގައި މިއަހަރުގެ ރެޑްވޭވް ރޯދަ ސޭލް ވެގެންދިޔައީ ވަރަށް ކާމިޔާބު އަދި ކަސްޓަމަރުންގެ ފުރިހަމަ ތަރުހީބު ލިބިގެންދިޔަ ޕްރޮމޯޝަނަކަށެވެ.