ދިރާސީ އާ އަހަރަށް ސްކޫލްތައް ހުޅުވަން ތައްޔާރުވަމުންދާއިރު، މާލޭގައި ފުޅާ ދާއިރާއެއްގައި ވިޔާފާރި ކުރަމުން އަންނަ ރެޑްވޭވް އިން "ބެކް ޓޫ ސްކޫލް ޕްރޮމޯޝަން"ގެ ނަމުގައި ހާއްސަ ޕްރޮމޮޝަނެއް ފަށައިފިއެވެ.

ރެޑްވޭވްއަކީ ހުރިހާ ވައްތަރެއްގެ މުދާތައް ލިބެން ހުންނަ ފިހާރައެކެވެ. އެގޮތުން ކާބޯތަކެތީގެ ބާވަތްތަކުން ފެށިގެން، އަންނައުނާއި، އަދި ގޭތެރެއަށް ބޭނުންވާ ހުރިހާ ސާމާނެއް ރެޑްވޭވްގެ ފިހާރަތަކުން ލިބެން ހުންނާނެއެވެ.

ރެޑްވޭވްގެ އޮފިޝަލަކު ވިދާޅުވީ، ސްކޫލް ހުޅުވުމާއި ގާތްވަމުން އަންނައިރު، އެ ކުންފުނީގެ ފިހާރަތަކަށްވެސް މި ވަނީ ސްޓޭޝަނަރީސް އާއި ގުޅުން ހުރި ސާމާނުތައް ލިބޭނެ ގޮތް ހަމަޖައްސާފައެވެ.

ރެޑްވޭވްގައި ސްކޫލަށް ބޭނުންވާ ގިނަ ސާމާނު ލިބެން ހުންނާނެ

"މިފަހަރު އެބަ ހުރި ސްޓޭޝަނަރީސް އާއި ދަބަސް، އަދި އިންޓަވަލް ފުޅިވެސް، އަނެއްކާ ޑިސްކައުންޓް ލާފައި ވިއްކަމުން މި ދަނީ.". އޮފިޝަލް ވިދާޅުވިއެވެ.

ރެޑްވޭވްގައި ސްކޫލަށް ބޭނުންވާ ގިނަ ސާމާނު ލިބެން ހުންނާނެ

އޮފިޝަލް ފާހަގަކުރެއްވިގޮތުގައި ޑިސްކައުންޓްގެ ގޮތުގައި %10 އާ ހަމައަށް ލިބިގެން ދާނެއެވެ.

އެހެންކަމުން ހެޔޮ އަގެއްގައި ރެޑްވޭވް މެގާ މޯލް، ރެޑްވޭވް ޕެވީލަން، އަދި ރެެޑްވޭވްގެ އެހެނިހެން ފިހާރަތަކުންވެސް ސްކޫލަށް ބޭނުންވާ ސާމާނު ލިބިގެންދާނެެއެވެ.