ރާއްޖޭގައި ހުޅުވި އެންމެ ފުރަތަމަ އިންޓަނޭޝަނަލް ކޮސްމެޓިކްސް މޮނޯ ސްޓޯރް ކަމަށްވާ ނޯޓް މޮނޯ ސްޓޯއިން ސެލެބްރޭޓް ލަވްގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފިއެވެ. މި ޕްރޮމޯޝަންގައި ނޯޓް ކޮސްމެޓިކްސްގެ ބްރޭންޑްގެ ހުރިހާ ގިފްޓް ޕެކްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ.

ލޮނުޒިޔާރަތްމަގުގައި ހުންނަ ނޯޓް މޮނޯ ސްޓޯރުގައި މިޕްރޮމޯޝަން ކުރިއަށް ދާނީ 21 ފެބްރުއަރީގެ ނިޔަލަށްކަމަށް ނޯޓް ކޮސްމެޓިކްސް މޯލްޑިވްސްއިން ވަނީ މައުލޫމާތު ދެއްވާފައެވެ.

29 ޖެނުއަރީގައި ނޯޓް މޮނޯ ސްޓޯ ހުޅުވާފައިވާއިރު ގިނަ އަދަދެއްގެ މަޝްހޫރު ފަންނާނުންނާއި ރާއްޖޭގެ ނަން މަޝްހޫރު އަންހެން ވިޔަފާރިވެރިން މި ސްޓޯރް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވިއެވެ. ނޯޓް ސްޓޯރް ރަސްމީކޮށް ހުޅުވާ ދެއްވީ ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ އާއި ނޯޓް އިންޓަނޭޝަލްގެ ޖެނެރަލް މެނޭޖަރެވެ. ނޯޓް ގެ އެކި ބާވަތްބާވަތުގެ އުފެއްދުންތަކަކީ ދިވެހިންގެ ތެރޭގައި މިހާރުވެސް ވަރަށް މަޤުބޫލު އުފެއްދުންތަކެވެ.

ނޯޓް ކޮސްމެޓިކްސް މޯލްޑިވްސްގެ ޗީފް މާކެޓިންގ އޮފިސަރ އިސްމާއިލް އަޒްމީ އަދުނާން "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިހާއްސަ ޕްރޮމޯޝަންގައި ނޯޓްގެ 6 ވައްތަރެއްގެ ބްރޭންޑެޑް ގިފްޓް ޕެކް ލިބެން ހުންނާނެ ކަމަށެވެ. އޭގެތެރޭގައި "ނޯމޭކްއަޕް މޭކަޕް ސެޓް، ފޭސް ޓު ފޭސް ކިޓް، ސްމޯކީ އައި މޭކަޕް ކިޓް، ގެޓް ލިޕީ މޭކަޕް ކިޓް އަދި ސަން ޓަޗް މޭކަޕް ކިޓް" ހިމެނެއެވެ. މި ގިފްޓްޕެކް ތަކަކީ މިހާރުވެސް ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ގިފްޓް ޕެކްތަކެއްކަމަށް ނޯޓް އިން މައުލޫންމާތުދެއެވެ.

ނޯޓް ކޮސްމެޓިކްސް އަކީ އެންމެ ފުރަތަމަ ސްކިން ކެއަރ ޕްރޮޑަކްޓްގެ ބާވަތެއްގެ ގޮތުގައި އުފައްދަމުން އައި ބްރޭންޑެކެވެ. %100 ގުދުރަތީ މާއްދާތަކުން އުފައްދާފައިވާ މި ހަލާލު ޕްރޮޑަކްޓް ބޭނުންކުރުމުން ހަންގަނޑު ރީތިވެއެވެ. ހަމަށް ހާއްސަކޮށް ފުރަތަމަ އުފެއްދި ނޯޓް ބްރޭންޑް ފަހުން ވަނީ ކޮސްމެޓިކްސް ބްރޭންޑަކަށް ބަދަލުކޮށްފައެވެ. ނޯޓް ކޮސްމެޓިކްސްއިން ވަނީ ގިނަ ބާވަތްތަކެއްގެ ހަމަށް މިންގަންޑުތަކެއް ކަނޑައަޅާ، ގިނަ ބާވަތްތަކެއްގެ ނާޒުކު ހަމަށް، ކޮންމެ ވައްތަރެއްގެ ހަމަކަށް ތަފާތު ޕްރޮޑަކްޓެއް ވަނީ ތައާރަފްކޮށްފައެވެ. .

ނޯޓް ކޮސްމެޓިކްގެ އެންމެ ހާއްސް އެއް ކަމަކީ، ނޯޓް ގެ ހުރިހާ ޕްރޮޑަކްޓު ތަކަކީ ވެސް ހަލާލު ޕްރޮޑަކްޓުތަކަށްވުމެވެ. ވަރަށް ގިނަ މޭކަޕް ބްރޭންޑުތަކުގައި އޫރުގެ ބައެއް މާއްދާތައް ބޭނުންކޮށްފައިހުރެއެވެ. ނަމަވެސް ނޯޓް ކޮސްމެޓިކްސްގެ އެއްވެސް އުފެއްދުމެއްގައި މިފަދަ އެއްވެސް މާއްދާއެއް ބޭނުންކޮށްފައި ނުހުރެއެއެވެ. އެންމެ ފުރަތަމަ ހަލާލް މޭކަޕް ބްރޭންޑަށް ވުމުގެ އިތުރުން، ނޯޓް ކޮސްމެޓިކްސްގައި އެއްވެސް ނުރައްކާތެރި ކެމިކަލެއްވެސް ނުހިމެނޭކަން ފާހަގަކޮށްލެވެއެވެ.

މިހާރު ކުރިއަށް ދާ ޕްރޮމޯޝަނުގައި ހުރިހާ ގިފްޓް ޕެކަކުންވެސް %20 ޑިސްކައުންޓް ލިބޭ އިރު، މިއީ ހުރިހާ އިންޓަނޭޝަނަލް ނޯޓް ސްޓޯރ ތަކުގައި ހިންގާ ޕްރޮމޯޝަނެއްކަން ފާހަގަކޮށްލެވެއެވެ..

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ރިޝް

    ނޯޓް މައި ފޭވަރިޓް! ޝުކުރިއްޔާ

    5
    2
  2. ހިޝްމާ

    އޮން ދަ ވޭ،، ހުސްނުވެއްޖެޔާ ރަނގަޅު

    4
    1
  3. ކާރާ

    އައި ލަވް ދިސް

    3
    1
  4. މޯޑް

    ތީ ހަމަ ތަަފާތު ފިހާރައެއް! ހާދަ ސަޅިއޭ!!

    4
    1
  5. ޝާނީ

    މަމެން ރަށުގަވެސް ތިކަހަލަ ފިހާރައެއް ހުންނަނަމަ

  6. ޔޫޓޭ

    ގިފްޓް ރެޕް ކޮށްދެންތަ؟ މަވަރަށް ކަންނެތް އެކަމަކު ތިޕެކު ސަޅިހެން ހީވަނީ

    3
    2
  7. ފިޒް

    މިހާރުވެސް ތި ގަންނަން މިދަނީ

    4
    1