އެސްޓީއޯ ޕީޕަސް ޗޮއިސްއިން "ދޮވެ ހިއްކާ" ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެސްޓީއޯއިން ބުނީ ދޮވެ ހިއްކާ ޕްރޮމޯއަކީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ވިއްކާ ހިޓާޗީ ބްރޭންޑްގެ ދޮންނަ މެޝިނަށް ހާއްސަ ޕްރޮމޯޝަނެއް ކަމަށެވެ.

މި ޕްރޮމޯޝަން ކުރިޔަށް ގެންދަނީ މިއަދުން ފެށިގެން މި އަހަރުގެ ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ވެސް އެސްޓީއޯއިން ބުނެ އެވެ.

އެސްޓީއޯއިން ބުނީ މި ޕްރޮމޯޝަންގެ ދަށުން ހިޓާޗީ ބްރޭންޑްގެ ކޮންމެ މެޝިނަކުން 10 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށެވެ. އަދި ޕާސިލް ބެރޭންޑްގެ ޑިޓާޖެންޓް ތިން ފުޅި ހިލޭ ލިބޭނެ ކަމަށެވެ.

އަދި ހިޓާޗީ މެޝިން ގަންނައިރު ކޮންމެ 1000 ރުފިޔާއަކަށް ކޫޕަނެއް ލިބޭނެ ކަމަށާއި ކޮންމެ ހަފުތާއަކު ގުރުއަތުން ހޮވޭ ހަތް ފަރާތަކަށް ހިޓާޗީ ވެކިއުމް ކްލީނާއެއް ލިބޭނެ ކަމަށް ވެސް އެސްޓީއޯ އިން ބުނެއެވެ.

އެ ޕްރޮމޯޝަންގެ ދަށުން އެއްވަނައަށް ހޮވޭ ފަރާތަކަށް ހިޓާޗީ ފްރިޖެއް، ދެވައަށް ހޮވޭ ފަރާތްތަކަށް 12000 ބީޓީޔޫގެ ހިޓާޗީ އޭސީއެއް އަދި ތިންވަނައަށް ހޮވޭ ފަރާތަކަށް ހިޓާޗީ ހީޓަރަކާއި 32 އިންޗީގެ ޓީވީއެއް ލިބޭނެ ކަމަށް ވެސް އެސްޓީއޯއިން ބުނެ އެވެ.