ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޮލިޓީ ރަނގަޅު ޕްރޮޑަކްޓުތައް ހޯލްސޭލް އަދި ރީޓެއިލް ކުރަމުން އަންނަ ނިއު އެޑިޝަންގެ ހޯލްސޭލް ބޮޑު ޕްރޮމޯޝަނެއް ނޯތު ހާބަރުގައި ފަށައިފިއެވެ.

ނިއު އެޑިޝަން ހޯލްސޭލް ސެންޓަރުން މި އިވެންޓު ކުރިޔަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ 18 އަދި 19 އަދި 20 ފެބްރުއަރީ ހެނދުނު 10 އަކުން ހަވީރު 6 އަށެވެ. ބޮޑު ތަރުހީބެއް ލިބެމުން އަންނަ ނިއުއެޑިޝަން "އެއްކަލަ ހަބޭސް ރޯޑްޝޯ" ޕްރޮމޯޝަންގެ މާދަމާއަކީ ފަހުދުވަހެވެ.

މި ޕްރޮމޯޝަންގައި ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށްވެސް ޕްރޮޑަކްޓްތައް ލިބެންހުރެއެވެ. އަދި 2000ރ އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕްނެއް ލިބޭނެއެވެ، މިކޫޕަން ބޭނުންކޮށްގެން ނެގޭ ލަކީޑްރޯ އަކުން ނަސީބުވެރިފަރާތަކަށް ބޮޑު ޓީވީއެއް ލިބިގެންދާނެއެވެ. ޑްރޯނެގުން ހަމަޖެހިފައިވަނީ މިއަދު 6 ޖަހާއިރު ނޯތު ހާބަރު ސަރަހައްދުގައެވެ.

މި ރޯޑް ޝޯގައި ހާއްސަ ޑިސްކައުންޓް ރޭޓުތަކެއްގައި މުދާ ލިބެން ހުރިއިރު މިޕްރޮޑަކްޓް ބްރޭންޑް ތަކުގެތެރޭގައި ލިލީޑޯ ޕެރިސް، މެޖިކް ބޮޑު ފުޅި، ބްރޭންޑެޑް ޕާފިއުމް ސްޕްރޭ، ލޭޔާ ޝޮޓް، ވަޓަގާލް، މޮންޓާލޭ ކަލެކްޝަން، މެޖިކް އަދި ލޭޔާ ޝޯޓް ފާހަގަކޮށްލެވެއެވެ. މިހާރު ރާއްޖޭގައި އެންމެ ހެޔޮއަގުގައި ކޮލިޓީ ބޮޑީ ސްޕްރޭ ހޯލްސޭލް އަދި ރީޓެއިލް ކުރާ ފަރާތަކީ ނިއުއެޑިޝަންއެވެ. ދުނިޔޭގެ މަޝްހޫރު ބޮޑީ ސްޕްރޭ ބްރޭންޑެއް ކަމަށްވާ "ލިލީޑޯ ޕެރިސް" ރީޓެއިލްކޮށްް ފުޅިއެއް 38 ރުފިޔާއަށް ލިބެން ހުންނާނެއެވެ.

ނިއު އެޑިޝަނުން ބުނީ ރައްޖޭގެ މާކެޓުގައި އެކި ބްރޭންޑުގެ ބޮޑީ ސްޕްރޭ ލިބެން ހުންނައިރު ހެޔޮ އަގުގައި ލިބެން ހުންނަނީ ކޮލިޓީ ދަށް އެއްޗެހި ކަމަށެވެ. ނަމަވެސް ނިއު އެޑިޝަނުން ވިއްކާ ބޮޑީ ސްޕްރޭތަކަކީ ގްރޭޑް އޭ ކޮލިޓީގެ، ގިނަ އިރު ވަސް ހިފަހައްޓާ، އިތުބާރު ލިބިފައިވާ ބޮޑީ ސްޕްރޭތަކެކެވެ.

މި ޕްރޮމޯޝަންގެ މަޢުލޫމާތު ސާފު ކުރެއްވުމަށް 9672727 ނަންބަރަށް ގުޅާލުމުން އިތުރު މައުލޫމާތު ލިބޭނެ އަދި އެ ނަމްބަރުން އޯޑަރުވެސް ބަލައިގަންނާނެއެވެ. ނިއު އެޑިޝަނުން ބުނެފައިވާގޮތުގައި ހޯލްސޭލް ސެންޓަރުން އޮޑިއަށް ފްރީކޮށް ޑިލިވަރީވެސް ހަދައިދެއެވެ. އަދި އޮންލައިން އެކައުންޓް ޓްރާންސާކޮށްވެސް ޕޭމަންޓު ދައްކާލެވެއެވެ. ނިއު އެޑިޝަންގެ އަމާޒަކީ ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ހޯލްސޭލް މުދާ ފޯރުކޮށް ދިނުމެވެ.

ނިއުއެޑިޝަން ހޯލްސޭލް ސެންޓަރުން މައުލޫމާތުދިން ގޮތުގައި، މިޕްރޮމޯޝަންގެ އަމާޒަކީ އަތްފޯރާފަށުގައި ކޮލިޓީ ރަންގަޅު ބްރޭންޑް ތަކުގެ ޕްރޮޑަކްޓްތައް ގިނަބަޔަކަށް ވަސްބަލާލާ ޓެސްޓުކޮށްލުމާއި އަދި ހާއްސަ އަގުތަކެއްގައި ފޯރުކޮށްދިނުމެވެ. ނިއު އެޑީޝަން އަކީ މިހާރުވެސް އެތައް ބައެއް މަޤްބޫލްކަން ހޯދާފައިވާ ކޮލިޓީ ޕްރޮޑަކްޓްތަކެއްގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރއެވެ.

މި ރޯޑްޝޯވގައި ބައިވެރިވެ ނިއުއެޑިޝަންގެ ގިނަ ޕްރޮޑަކްޓްތައް ބަލާލުމަށް ޒިޔާރަތްކޮށްލުމަކީ ނިއުއެޑިޝަންގެ ވަރަށް ބޮޑު އެދުމަކެވެ. އަދި މި ރޯޑްޝޯވްއިން ވިޔަފާރިކުރައްވައިގެން ބޮޑު ޓީވީއެއްގެ އިތުރުން ގިނަ އިތުރު އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޜޮނާ

    މިދަނީ!!

  2. ސާލު

    ފައްކާ

  3. ހަމީދު

    ރަނގަޅު އަގުތައް، ދިޔައިން މިއަދު. ކުދިންވެސް މުދާވެސް ވަރަށް ރަނގަޅު