ޖަނަވަރީ ހިނގުމުގައި ދާދި ފަހުން ހުޅުވި ޕޮއިންޓް ކަލެކްޝަން ފިހާރައިން އަންހެނުންގެ ދުވަހަށް ހާއްސަ ގިފްޓް ޕެކެއް ވިއްކަން ފަށައިފިއެވެ.

މިއަދަކީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ އަންހެނުންގެ ދުވަހެވެ. އެ ދުވަހާއި ގުޅުވައިގެން އެ ފިހާރައިން ވިއްކާ ހާއްސަ ގިފްޓް ޕެކް އަގަކީ 300 ރުފިޔާ އެވެ. އެ ޕެކްގައި ހިމެނެނީ ޔޫރަޕްގެ މަޝްހޫރު އިމޯޝަން ބްރޭންޑުގެ ސެންޓު ފުޅިއަކާއި ބޮޑީ ސްޕްރޭ ފުޅިއެކެވެ.

މިއީ މިހާރުވެސް ދިވެހިންގެ ތެރޭގައި މަޝްހޫރު ބްރޭންޑެކެވެ. މި ބްރޭންޑުގެ ސެންޓާއި ބޮޑީ ސްޕްރޭ ދިވެހި އަަންހެނުންގެ ތެރޭގައި ހިނގައެވެ.

އެހެންކަމުން މިއީ އަނބިމީހާއަށް، ނޫނީ ލޯބިވެރިޔާއަށް ނޫނީ މަންމައަށް ނޫނީ ރަހުމަތްތެރިއަކަށް ދުވަހާއި ގުޅުވައިވައިގެން ދެވިދާނެ ވަރަށް ހާއްސަ ހަދިޔާއަކަށް ވެގެން ދާނެއެވެ.

ޕޮއިންޓް ކަލެކްޝަންއަކީ އެތައް ވައްތަރެއްގެ ކޮސްމެޓިކްސްތަކެއް ވިއްކަމުން އަންނަ ބައެކެވެ.

މި ފިހާރައިން ހޯލްސޭލްކޮށް ވިއްކާ ކޮސްޓެމިކްޓް ބާވަތްތަކުގެ ތެރޭގައި އިމޯޝަން، ބްލޭޑް، ޕްރައިވެސީ ފަދަ ބްރޭންޑްތަކުގެ ބޮޑީ ސްޕްރޭ އާއި ސެންޓުތައް ހިމެނެއެވެ. އަދި އާރްކޯ ބްރޭންޑްގެ ތުނބުޅި ބާލަން ހާއްސަ ބްލޭޑް، ފޯމް، އާފްޓާ ޝޭވް ފަދަ އެއްޗެހިވެސް ހޯލްސޭލްކޮށް ވިއްކަމުން ދާނެއެވެ.