ހެންވޭރު އަބަދަށްފަހު މަގުގައި ހިނގާދިޔަ އަލިފާނުގެ ހާދިސާގައި ގެއްލުންވި ކޮސްމެޓިކްސް ފިހާރަ، ޕޮއިންޓް ކަލެކްޝަން އެހެން ސަރަހައްދަކަށް ބަދަލުކޮށް، އަލުން ހުޅުވައިފިއެވެ.

މި ފިހާރަ މިހާރު ހުންނާނީ ޖަނަވަރީ ހިނގުމުގައެވެ. ދިވެހިންގެ ގިނަބަޔަކު ވިޔަފާރި ކުރަމުންދިޔަ ޕޮއިންޓް ކަލެކްޝަން ކުރިން ފިހާރައިން ލިބެން ހުރި ހުރިހާ ކޮސްމެޓިކްސްއަކާއި، އާ އެތައް ވައްތަރެއްގެ ކޮސްމެޓިކްސްތަކާއެކު އާ ފިހާރަ ހުޅުވާފައި ވަނީ ރޭގައެވެ.

ޕޮއިންޓް ކަލެކްޝަންގެ ފިހާރަ ހުޅުވުން - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

މި ފިހާރައިން މައުލޫމާތު ދިންގޮތުގައި، ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ކޮސްމްެޓިކްސް ވިއްކަމުން އަންނަ އެ ފިހާރައިން، މަޝްޙޫރު އެތައް ބްރޭންޑެއްގެ ސެންޓާއި ބޮޑީ ސްޕްރޭ ވިއްކަމުން ދެއެވެ. އޭގެ ތެރޭގައި ޔޫރަޕްގެ މަޝްހޫރު އެވިއެޕް ކުންފުނީގެ ބްރޭންޑްތައް މި ފިހާރައިން ލިބެން ހުންނާނެއެވެ. މިއީ އެ ބްރޭންޑްގެ ތަކެތި ހޯލް ސޭލްކޮށް އަދި ރީޓެއިލްކޮށް ޑިސްޓްރިބިއުޓްކުރާ ފިހާރައެވެ.

ޕޮއިންޓް ކަލެކްޝަންގެ ފިހާރަ - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

މި ފިހާރައިން ހޯލްސޭލްކޮށް ވިއްކާ ކޮސްޓެމިކްޓް ބާވަތްތަކުގެ ތެރޭގައި އިމޯޝަން، ބްލޭޑް، ޕްރައިވެސީ ފަދަ ބްރޭންޑްތަކުގެ ބޮޑީ ސްޕްރޭ އާއި ސެންޓުތައް ހިމެނެއެވެ. އަދި އާރްކޯ ބްރޭންޑްގެ ތުނބުޅި ބާލަން ހާއްސަ ބްލޭޑް، ފޯމް، އާފްޓާ ޝޭވް ފަދަ އެއްޗެހިވެސް ހޯލްސޭލްކޮށް ވިއްކަމުން ދާނެއެވެ.

ޕޮއިންޓް ކަލެކްޝަންގެ ފިހާރަ - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

މި ބްރޭންޑްތަކަކީ ޔޫރަޕްގެވެސް ވަަރަށް މަޝްހޫރު ބްރޭންތަކެއް ކަން ފާހަގަކޮށްލަން ޖެހެއެވެ.

ޕޮއިންޓް ކަލެކްޝަންގެ ފިހާރަ - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

އޭގެ އިތުރުން، ކޮސްމެޓިކްސްގެ ތަފާތު އެކި އެއްޗެހިތައް އެތަނުން ވިއްކަމުން ދާނެއެވެ.