ފަތުވެރިން ގޮވައިގެން ދަތުރުކުވޭ ފެންވަރުގެ ލަގްޒަރީ ލޯންޗެއް އަލް ޝާލި މެރިން އިން ފަރާތުން ރާއްޖޭގެ މާކެޓަށް ތައާރަފްކޮށްފިއެވެ.

"މެގްލާން 45" ނަމުން ނަން ދީފައިވާ ލޯންޗަކީ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ފަރުމާކޮށްފައިވާ ލޯންޗެކެވެ. 12 ޝީޓުގެ މި ލޯންޗަކީ ރާއްޖޭގެ ކަނޑުތަކަށް ހާއްސަ ލޯންޗެކެވެ. މި ލޯންޗް ބަދެފައި ވަނީ އަލް ޝާލީ މެރިން ދުބާއިންނެވެ.

ރާއްޖޭގެ މާކެޓަށް ތައާރަފްކުރި ލަގްޒަރީ ލޯންޗު - ވަގުތު އިމޭޖެސް: އަޝްހާދު އަބްދުﷲ

އަލް ޝާލް މެރިން މޯލްޑިވްސްގެ އޮޕަރޭޝަން މެނޭޖަރ ޝަރީފް ވިދާޅުވީ، މި ލޯންޗަކީ ރިޒޯޓްތަކުގެ ހައި އެންޑް ކާލްސްގެ ޓްރާންސްފާތައް ކުރުމަށްޓަކައި ތައްޔާރުކުރި ލޯންޗެއް ކަަމަށެވެ. ޝަރީފް ވިދާޅުވި ގޮތުގައި، މި ލޯންޗް ޑިޒައިންކޮށްފައި ވަނީ މަދު ގެސްޓުންނަށް ބޭނުން ކުރެވޭ ކަހަލަ ގޮތަކަށެެވެ.

"މީގެ ޕެސެންޖާ ބޯޓެއް އަޅުގަނޑުމެން މިހާރު މި ދަނީ ޑިޒައިންކޮށް ބޭލުމުގެ މަސައްކަތް ކުރަމުން މިދަނީ. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މީގެ ގިނަ މޮޑެލްތަކެއް ރާއްޖޭގެ މާކެޓަށް ނެރެ ބަންނަމުން ދާނަން". ޝަރީފް ވިދާޅުވިއެވެ.

އަލް ޝާލް މެރިން މޯލްޑިވްސްގެ އޮޕަރޭޝަން މެނޭޖަރ ޝަރީފް - ވަގުތު އިމޭޖެސް: އަޝްހާދު އަބްދުﷲ

ޝަރީފް ވިދާޅުވިގޮތުގައި، އެ ކުންފުނީގެ ފަރާތުން އަބަދުވެސް އާ ވައްތަރުގެ ތަކުގެ ލޯންޗްތަކާއި ބޯޓުތައް ނެރެމުން އަންނައިރު، މިފަަހަރު ތައާރަފްކުރި މި ލޯންޗަކީ ވަަރަށް ސްޓޭބަލްކޮށް ރާއްޖޭގެ ކަނޑަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ލޯންޗެެކެވެ. މިއީ އިޓަލީ ޑިޒައިންގެ ލޯންޗެކެވެ. އަދި މިއީ ވަރަށް ބޮޑަށް ސްޓެބިލިޓީއަށް ބަލައިގެން ފަރުމާކޮށްފައިވާ ބޯޓެއްކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

މި ލޯންޗްގައި ތިބޭއިރު، އެއްވެސް ވަރަކަށް ކަނޑަށް ބަލިވިމުގެ މައްސަލައެއް ދިމައެއް ނުވާނެއެވެ. އޭސީކޮށްފައިވާ މި ލޯންޗްގައި ދަތުރުކުރާއިރު، މީހާއަށް ވަރަށް އަރާމުކޮށް އިށީންދެލައިގެން އިނދެވޭނެއެވެ.

ރާއްޖޭގެ މާކެޓަށް ތައާރަފްކުރި ލަގްޒަރީ ލޯންޗު - ވަގުތު އިމޭޖެސް: އަޝްހާދު އަބްދުﷲ

މި މޮޑެލްގެ ފުރަތަމަ ލޯންްޗް ގެނެސްފައި ވަނީ ހުވަފެން ފުށި ރިސޯޓަށެވެ. އަދި އަމިއްލަ ފުއްޓަށްވެސް ތަފާތު ވައްތަރެއްގެ ލޯންޗެއް ގެނައުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ޝަރީފް ވިދާޅުވިއެވެ.

މި ލޯންޗް ހެދުމަށް ގާތްގަނޑަކަށް ހަތަރު މަސް ވަރު ޙޭދަވިކަމަށް އަލްޝާލް މެރިންއިން ބުންޏެވެ. އަދި ކުރިއަށް އޮތްތަނުގައި ޕްރޮޑަކްޝަން މިއަށްވުރެ އަވަސްވާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

ރާއްޖޭގެ މާކެޓަށް ތައާރަފްކުރި ލަގްޒަރީ ލޯންޗު - ވަގުތު އިމޭޖެސް: އަޝްހާދު އަބްދުﷲ

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މައިގަނޑު ޓާގެޓަކީ އަބަދުވެސް ބޭނުންވާ ފަރާތްތަކަށް ވީއެންމެ އަވަަހަަކަށް ޑެލިވަރީކޮށްދިނުން. އެގޮތުން މަދުވެގެން ތިން މަހާއި ހަަތަރު މަސް ތެރޭގައި ޑެލިވަރީކޮށްދެވޭތޯ މި ބަލަނީ". ޝަރީފް ވިދާޅުވިއެވެ.

އަލް ޝާލީ މެރިން އިން މައުލޫމާތު ދިންގޮތުގައި، ރާއްޖޭގައި ވަަރަށް އަވަހަށް ޔޮޓް ފަަހަރުތައް ބަނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އަލް ޝާލީ މެރިންއަކީ ރާއްޖޭގައި އެންމެ ކުރިއަރަމުން އަންނަ ދޯނިފަހަރު ބަންނަ އެއް ކުންފުންޏެކެވެ. އެ ކުންފުނިން އެކި ރޭންޖްތަކުގެ ލޯންޗާއި، ދޯނި ބަނުމުގެ އިތުރުން އެ ދާއިރާގެ ހުރިހާ ހިދުމަތްތަކެއް ދެމުން ގެންދެއެވެ. އަދި މިދިޔަ އަހަރަކީ އެ ކުންފުނިން ހުރިހާ ކެޓަގަރީތަކަކުން އެވޯޑް ލިބިގެންދިޔަ އަހަރެކެެވެ. އަދި މި އަހަރު ވެގެން ދާނީ އެ ކުންފުނިން ގިނަ ޑިޒައިންތަކެއްގެ ލޯންޗްތަކެއް ތައާރަފްކުރެވިގެންދާނެ އަހަރެއްކަމަށް އަލް ޝާލީ މެރިން އިން މައުލޫމާތު ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަރޭ

    ތިލޯންޗުގެ ގޮޑިތަށް ރީތި އެހެން ވީމަ ވަރަށް އަރާމު ވަނެ އެކަމަކު ރާޅު ތަކުގަ ދާއިރު ދެފަރާތުގަ ހުރި ގޮޑިތަށް ހުރި ގޮތު އެކަކު އަނެކަކު ގެ ގައިމަށްޗަށް ވެޢްޓޭނެ. އެހެންވީމަ ކާރީގަ ހުރި ގޮޑިތަށް ވަކިވަކި ގޮޑިތަކަކަށް ވަދަލު ކުރަން ޖެހެ. މިކަމަށް ވިސްނަން ޖެހޭ، މިރާްއްޖޭގ ލޯންޗު ދުއްވަނީ ކަނޑުގަ މިއީ ކޯރުތަކެއްނުން.

    • ޙަސަނު

      ޜިސޯޓު ތަކުގެ ވެރިންނަން ގެސްޓުން ރިސޯޓަށް ދެވެނިކޮން ނިމުނީ ތެޅޭ ހާލެެއް ނުބަލާނެ
      ލަގުޒަރީ ރިސޯޓު ތަކައް ގެސްޓުން އުފުލާނި އާދައިގެ ލޯންޗު ތާކުގަ

  2. ކާފު އަތޮޅު ރިސޯޓު

    ޥަރަށްހަބޭސް ލޯންޗެެއް ތީ އެކަމަކު މާލެ ކާރި ގިނަ 5ތަރީގެ ރިސޯޓު ތަކައް ގެސްޓުން ގެންދަނީކީ 5ތަރީގެ ސާވީސް ލޯންޗަކު ނޫންކަން ހިތާމަޔާއެކު ބުނެލަން
    ފުރަތަމަ ސާވިސް އަކީ ކަނޑު ދަތުރު މި ދަތުރު ތިކަހަލަ ލޯންޗަކުން ލިބޭނަމަ ގެސްޓުން ރިސޯޓަށް ފައިބާނި ވަރަށް ހިޡްހަމަ ޖެހިގެން